މަޖިލިސް އިންތިހާބަށް 61 މިލިއަން ރުފިޔާގެ ބަޖެޓެއް

ރައްޔިތުންގެ މަޖިލިސް އިދާރާ: އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބަށް 61 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައްޔިތުންގެ މަޖިލިސް އިދާރާ: އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބަށް 61 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 61 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިފި އެވެ.

މި ފެށޭ 2024 އަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ދައުލަތުގެ ބަޖެޓުގައި އިލެކްޝަންސް ކޮމިޝަނަށް 1.15 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ.

އޭގެ ތެރޭގައި މަޖިލިސް އިންތިހާބަށް 61 މިލިއަން ރުފިޔާއާއި އަންހެނުންގެ ކޮމިޓީތަކުގެ ބައިއިލެކްޝަންތަކަށް 1.5 މިލިއަން ރުފިޔާ ހިމެނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު "އަދަދު" އަށް ވިދާޅުވީ ބަޖެޓު ފޮތުގައި ކަނޑައަޅާފައިވަނީ އެ ކޮމިޝަނުން އެ ކަމަށް އެދިފައިވާ އަދަދަށް ކަމަށެވެ.

ކޮމިޝަނުން 20 ވަނަ މަޖިލީހަށް އެކުލަވާލި ރިޕޯޓުގައި 93 އިންތިހާބީ ދާއިރާއެއް ހިމެނެ އެވެ. އެއީ 19 ވަނަ މަޖިލީހުގައި ހިމެނޭ ދާއިރާތަކަށް ވުރެ އިތުރު ހަ ދާއިރާ ހިމެނޭ ގޮތަށެވެ.

އެންމެ ބޮޑު ބަދަލެއް އައިސްފައި ވަނީ އައްޑޫ ސިޓީ ފޭދޫ އަދި ހުޅުމާލެއަށެވެ.

ކުރިން ފޭދުއަށް އެއް ދާއިރާ އޮތް ނަމަވެސް އަންނަ އަހަރު ފޭދޫ އުތުރު އަދި ފޭދޫ ދެކުނު ދާއިރާ އުފައްދާފައިވެ އެވެ. ފޭދޫ އުތުރު ދާއިރާގައި، އެ ރަށާ އެއްފަސްގަނޑަކަށް އޮންނަ މަރަދޫފޭދޫ ވެސް ހިމަނާފައިވެ އެވެ. އެ ދާއިރާތަކަށް 45 ޝަކުވާއެއް ވެސް ކޮމިޝަނަށް ލިބިފައިވެ އެވެ.

ކުރިން ހުޅުމާލެ އެންމެ ދާއިރާއެއް އޮތް ނަމަވެސް މި ފަހަރު ތިން ދާއިރާ ހިމެނެ އެވެ. އެއީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުމާލެ މެދު ދާއިރާ، އަދި ހުޅުމާލެ ދެކުނު ދާއިރާ އެވެ.

އޭގެ އިތުރުން، ބ. އަތޮޅުގައި ހިތާދޫ ދާއިރާއެއް ވަނީ އިތުރުކޮށްފަ އެވެ. އެ ދާއިރާގައި ހިމެނެނީ ހިތާދޫގެ އިތުރުން އެ އަތޮޅު މާޅޮހާއި ދަރަވަންދޫ އެވެ. މީގެ ތެރެއިން މާޅޮހާއި ހިތާދޫއަކީ އޭދަފުށި ދާއިރާ އެވެ. ދަރަވަންދޫއަކީ ކެންދޫ ދާއިރާގެ ރަށެކެވެ.

ގއ. އަތޮޅުގައި ވެސް ދާއިރާއެއް އިތުރުކޮށްފައިވެ އެވެ. އެއީ ކުރިން ވިލިނގިލި ދާއިރާގައި ހިމެނޭ ކޮލަމާފުއްޓާއި ގެމަނަފުށި ދާއިރާގައި ހިމެނޭ ދެއްވަދޫ ހިމަނައިގެން ކޮލަމާފުށި ދާއިރާގެ ނަމުގައި އިތުރު ކުރި ދާއިރާ އެވެ.

ދެން ދާއިރާއެއް އިތުރުކޮށްފައިވަނީ ކ. އަތޮޅަށެވެ. އެއީ ގުރައިދޫ ދާއިރާގައި ހިމެނޭ ގުޅި އާއި ތުލުސްދޫ ދާއިރާގައި ހިމެނޭ ހުރާ އާއި ހިންމަފުށި ހިމަނައިގެން ހުރާ ދާއިރާގައި ނަމުގައި އިތުރުކޮށްފައިވާ ދާއިރާއެކެވެ.

އަންނަ އަހަރުގެ އިންތިހާބަށް 61 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، 2019 ގައި ބޭއްވި މަޖިލިސް އިންތިހާބަށް 89 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވެ އެވެ.

ކޮންމެ އިންތިހާބީ ދައުރަކަށް ފަހު މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާތީ އެ އަދަދު ހިފެހެއްޓުމުގެ މަގުސަދާ ވެސް އެކު މަޖިލީހުގެ އެކުލެވުން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލަށް ވެސް ހުށަހެޅިފައިވެ އެވެ. މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސްއިން ހުށަހެޅި އެ ބިލު މަޖިލިސް އިންތިހާބުގެ ކުރިން ފާސްކޮށްފިނަމަ އިންތިހާބުކުރާ ދާއިރާތަކަށް އަނެއްކާ ވެސް ބަދަލުތަކެއް އަންނާނެ އެވެ.

މިހާރު އިންތިހާބީ ދާއިރާތައް އެކުލަވާލާފައިވާނީ އާބާދީގެ ކޮންމެ 5،000 މީހަކު ތަމްސީލުކުރެވޭ ގޮތަށް އަދި އެ އަދަދަށް ނުހިމެނޭ ކޮންމެ އަތޮޅަކު ދެ މެންބަރަކު ހިމެނޭ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox