ދައުލަތަށް ވަންނަ ކޮންމެ 100ރ. އަކުން 22ރ. ދަރަނި ދައްކަން ހަރަދުވާނެ

ފިނޭންސް މިނިސްޓްރީ -- 2023 ނިމޭއިރު، ދައުލަތުގެ ޖުމުލަ ދަރަނި ގާތްގަޑަކަށް 120 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ. އަދި ދަރަނި ދައްކަން 7.4 ބިލިއަނަށް އަރާނެ-- ފޮޓޯ: އަދަދު

ފިނޭންސް މިނިސްޓްރީ -- 2023 ނިމޭއިރު، ދައުލަތުގެ ޖުމުލަ ދަރަނި ގާތްގަޑަކަށް 120 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ. އަދި ދަރަނި ދައްކަން 7.4 ބިލިއަނަށް އަރާނެ-- ފޮޓޯ: އަދަދު

އަންނަ އަހަރު ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ވަންނަ ކޮންމެ 100ރ. އަކުން 22ރ. ދަރަނި ދައްކަން ހަރަދުވާނެ ކަމަށް 2024 އަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓުގައި ލަފާކޮށްފި އެވެ.

އަންނަ އަހަރު ދަރަނި އަނބުރާ ދެއްކުމަށް 2.2 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވާއިރު، ދަރަނީގެ އިންޓްރެސްޓް ދެއްކުމަށް 5.2 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ދައުލަތުގެ ސީދާ ދަރަނި

މިއަހަރު ނިމޭއިރު، ދައުލަތުގެ ސީދާ ދަރަނި 104.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވާއިރު، މިއީ 2022 ވަނަ އަހަރާއި އަޅާ ބަލާއިރު 15.5 އިންސައްތް އިތުރުވުމެކެވެ.

އޭގެ އިތުރުން މިއަހަރު ނޮމިނަލް ޖީޑީޕީ 12 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ސަބަބުން މި އަހަރު ތެރޭގައި ޖީޑީޕީގެ ނިސްބަތުން ދަރަނި، 98.4 އިންސައްތައަށް އަރާނެ ކަމަށް ބެލެވެ އެވެ.

އަންނަ 2024 ނިމޭއިރު، ދައުލަތުގެ ސީދާ ދަރަނި 117.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި، 2026 ނިމޭއިރު ސީދާ ދަރަނީގެ ސްޓޮކް 138 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

މިއާއެކު، ޖީޑީޕީގެ ނިސްބަތުން ދަރަނި 99.7 އިންސަައްތައަށް އަރައި، 2026 ގެ ނިޔަލަށް ދައުލަތުގެ ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 95 އިންސައްތައަށް ވުރެ ތިރިކުރުމަށް ކަނޑައަޅާފައިވާ ފިސްކަލް އަމާޒު ހާސިލު ނުވާނެ ކަމަށް ބެލެވެ އެވެ.

ގެރެންޓީ ދީފައިވާ ދަރަނި

2023 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި ދަށްވާނެ ކަމަށް ބަޖެޓުގެ އަދަދުތަކުން ދައްކަ އެވެ. 2020 ވަނަ އަހަރު ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި 19.9 ބިލިއަނަށް އެރި އެވެ. ނަމަވެސް, މިއަހަރު ނިމޭއިރު މި އަދަދު 15.3 ބިލިއަން ރުފިޔާއަށް ދަށްވާނެ ކަމަށް ލަފާކުރެވެ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 14.4 އިންސައްތަ އެވެ.

އޭގެ އިތުރުން 2024 ވަނަ އަހަރު ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނީގެ އަދަދު އިތުރަށް ދަށްވެ 13.2 ބިލިއަން ރުފިޔާ، ނުވަތަ ޖީޑީޕީގެ ނިސްބަތުން 11.5 އިންސައްތައަށް ތިރިވާނެ ކަމަށް ދައުލަތުގެ ބަޖެޓުން ހާމަވެ އެވެ.

2022 ނިމުނު އިރު ދައުލަތުގެ ޖުމުލަ ދަރަނި ހުރީ 106 ބިލިއަން ރުފިޔާގަ އެވެ. މިއަހަރު ނިމޭއިރު މި އަދަދު އިތުރުވެ ދައުލަތުގެ ޖުމުލަ ދަރަނި ގާތްގަޑަކަށް 120 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

މިއާއެކު، މިއަހަރުގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން ޖުމުލަ ދަރަނި ހުންނާނީ 112.8 އިންސައްތައިގަ އެވެ. އަދި މި އަދަދު އިތުރުވެ 2024 ގައި 114.3 އިންސައްތައަށް މަތިވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox