ޖުޒާމް ބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ

ރާއްޖޭގެ މި ކާމިޔާބީއަށް މަރުހަބާ ކިޔާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް އެރުވި ހާއްސަ ފިލާ - ފޮޓޯ: ހެލްތު މިނިސްޓްރީން

ރާއްޖޭގެ މި ކާމިޔާބީއަށް މަރުހަބާ ކިޔާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް އެރުވި ހާއްސަ ފިލާ - ފޮޓޯ: ހެލްތު މިނިސްޓްރީން

ޖުޒާމް ބަލި ނުވަތަ ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައަޅައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް މަރުހަބާ ކިޔައިފި އެވެ.

މި ކާމިޔާބާ ގުޅިގެން ހެލްތު މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ މި ލަނޑުދަނޑިއަށް ހާސިލްވުމަށް މިހާރު އަދި މާޒީގައި ސިއްހީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ހުރިހާ މަސައްކަތްތެރިންނަށް ޝުކުރު އަދާކޮށްފަ އެވެ.

މި ފާހަގަކުރުމުގެ ގޮތުން ޑަބްލިޔޫއެޗްއޯއިން ރާއްޖެއަށް ދިން ފިލައާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމު އެވެ.

Advertisement

ޖުޒާމް ބަލި މުޅިން ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަށް މަސައްކަތް ފެށީ 2019 ވަނަ އަހަރު އެވެ.

ޖުޒާމްބައްޔަކީ ގައިންގަޔަށް އަރާ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. މި ބައްޔަށް ހާއްސަ ފަރުވާއެއް ނެތް ދުވަސްވަރު ރާއްޖޭގައި ބަލި ޖެހުނު މީހުން، އެކަހެރިކޮށް ރަށުގެ ވަކި ސަރަހައްދެއްގައި، އަދި ބައެއް މީހުން ފަޅުރަށްތަކެއްގައި ގެންގުޅެމުން ދިޔަ އެވެ.

ޖުޒާމް ބަލި ޖެހުނު މީހުން ގެންގުޅުނު ރަށްތަކަކީ މާލެ އަތޮޅު ވިލިވަރާއި ބިޔާދޫ އަދި ހުވަދު އަތޮޅު ހަވޮއްޑާ އާއި ފޮނަދޫ އެވެ.

ރާއްޖެއިން މެލޭރިއާ އާއި ފައިލޭރިއާ ފަދަ ބަލިތައް ނައްތައިލެވުނީ އާއްމުންނާއި ސިއްހީ ހިދުމަތްތެރިންނާއި ކަމާ ގުޅުން ހުރި އިދާރާތަކުގެ އެއްބާރުލުން ލިބިގެން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox