މާހިރުންގެ ކަންބޮޑުވުމަކީ ފޫނުބެއްދޭ ހަރަދު؛ އަމީރުގެ ބަހަނާއަކީ ކޮވިޑު

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މި ސަރުކާރުން އާމްދަނީ ހޯދަން އިތުރު ފިޔަވަޅުތަކެއް އެޅި ނަމަވެސް، ހަރަދުތައް ފޫނުބެއްދޭކަން ފާހަގަކުރައްވާ އިގުތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސަންގު ޓީވީގެ "ޓޯކިން އިކޮނޮމީ: ވޯލްޑް ބޭންކުން ރާއްޖޭގެ އިގުތިސާދާ މެދު މި ކިޔަނީ ކީކޭ؟" ގެ ނަމުގައި ބޭއްވި ކޮންފަރެންސްގައި މި ކަންބޮޑުވުން ފާޅުކުރެއްވީ އެމްއެމްއޭގެ ކުރީގެ ގަވަނަރު ފަޒީލް ނަޖީބް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދެވެ. މި ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ބައިވެރިވެވަޑައިގަތެވެ.

މިއީ "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް، ބެޓެން ޑައުންޑް ދަ ހެޗަސް" ގެ ނަމުގައި ވޯލްޑް ބޭންކުން އޮކްޓޯބަރު 3، ގައި ނެރުނު ރިޕޯޓާއި ގުޅިގެން މަޝްވަރާކުރުމަށް ބޭއްވި ކޮންފަރެންސް އެކެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ދިވެހި އިގުތިސާދާ ބެހޭގޮތުން ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އޭގެ ތެރެއިން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު ވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެ، އެ ސިނާޔަތުން ލިބޭ އާމްދަނީގެ އިތުރުން، ޓެކްސް ބޮޑުކުރުމާއި، ޕްލާސްޓިކް ކޮތަޅުން ފީ ނެގުން ފަދަ ފިޔަވަޅުތަކުން މިއަހަރުގެ އާމްދަނީ އިތުރުވީކަން ފާހަގަކޮށްފަ އެވެ.

ނަމަވެސް، ލިބުނު އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުގެ ސަބަބުން އާމްދަނީ އިތުރުވުމުގެ މަންފާ ރާއްޖެއަށް ނުލިބޭކަމަށް އަހުމަދު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ނުކުތާތަކުގެ ތެރޭގައި:

  • 2022 ގެ ޖެނުއަރީން އޭޕްރީލަށް ވުރެ މިއަހަރުގެ އެ މުއްދަތުގެ ހަރަދު 33.5 އިންސައްތަ އިތުރު
  • ހަރަދު މައިގަނޑު ގޮތެއްގަ އިތުރުވެފަ ވަނީ އާސަންދަ، ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރުން، ދަރަނީގެ އިންޓްރެސްޓް އަދި ހިފެހެއްޓުމެއް ނެތި ކޮށްފައިވާ ކެޕިޓަލް ހަރަދުގެ ސަބަބުން.

އެމްއެމްއޭގެ ކުރީގެ ގަވަނަރު ފަޒީލް ވެސް ވަނީ ވޯލްޑް ބޭންކުގެ ރިޕޯޓާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފަ އެވެ. އެގޮތުން, ރާއްޖޭގެ ޖީޑީޕީ ކުރިއަރާ މިންވަރަށް ވުރެ ބޮޑަށް ދަރަނީގެ ރޭޓު އިތުރުވަމުންދާކަން ފަޒީލް ފާހަގަކުރެއްވި އެވެ.

މާހިރުންގެ މި ކަންބޮޑުވުމާއި ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ، 2020 ގައި އާމްދަނީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ކަމަށެވެ. ނަމަވެސް، ކޮވިޑާ ގުޅިގެން ލިބުނީ 14 ބިލިއަން ރުފިޔާގެ އާމްދަނީ އެއްކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނަ ޗެލެންޖަސްތަކާ ކުރިމަތިލާން ޖެހުނު. 2020 ގަ ބަޖެޓު ހެދީ ފަތުރުވެރިން ވެސް އަންނާނެ ކަމަށް ބަލާފައި. ކޮވިޑާ ދިމާވީ އެއީ އަޅުގަނޑުމެން އެކަކު ވެސް ވިސްނައިގެން ހުރި ހާލަތެއް ނޫން. 30 ބިލިއަން ރުފިޔާގެ އާމްދަނީ އިން ކުރަން ނިންމި ހަރަދު 14 ބިލިއަނުން ނުކުރެވޭނެކަން ވިސްނާލި ކޮންމެ މީހަކަށް ވެސް އެނގޭނެ،" އަމީރު ވިދާޅުވި އެވެ.

އެގޮތުން ދަރަނި އިތުރުވެ، ޖީޑީޕީ ދަށްވުމަކީ ކޮވިޑުން ސަލާމަތްވުމަށް އެޅި ފިޔަވަޅުތަކުގެ "ސައިޑް އެފެކްޓްސް"ގެ ގޮތުގައި އަމީރު ސިފަކުރެއްވި އެވެ. އަދި 2021 ވަނަ އަހަރު ވެސް ކޮވިޑާ ގުޅިގެން ދައުލަތަށް ލިބުނު އާމްދަނީ މަދުވި ކަމަށާއި، އެ އަހަރު ދަރަނި އިތުރުވީ އެކަމުގެ ސަބަބުން ކަން ފާހަގަކުރެއްވި އެވެ.

"ކޮންޓްރޯލެއް ނެތް ކަންތައްތަކެއްގެ ސަބަބުން ރާއްޖޭގެ އިގުތިސާދުގެ ދަރަނި އިތުރުވެގެން މިދިޔައީ. މިހާރު ރާއްޖޭގެ އިގުތިސާދު އޮތް ހިސާބަކަށް ނުގެނެވޭނެ އަޅުގަނޑުމެން އޭރު އެ ފިޔަވަޅުތައް ނޭޅިނަމަ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުމުން އަރައިނުގަނެވިގެން އުޅެނިކޮށް ރަޝިއާ އަދި ޔޫކްރޭންއާއި ދެމެދު ފެށުނު ހަނގުރާމައިގެ ސަބަބުން ވެސް ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މި އަހަރު އޮތް ރިޔާސީ އިންތިހާބުގެ ސަބަބުން ދައުލަތުގެ ހަރަދު އިތުރުވާން މެދުވެރިވި ކަމަށް ވެސް އަމީރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަހުމަދު ވިދާޅުވީ އިސްކަން ދޭންޖެހެނީ ޒިންމާދާރުވުމަށް ކަމަށެވެ. އަދި, 2023 އަކީ އިލެކްޝަން އަހަރުކަމުން އިތުރު ހަރަދު ހިނގާނެކަން ގަބޫލުކޮށް ބަޖެޓު ހުށަހެޅުމަކީ ޒިންމާދާރު ގޮތް ކަމަށް ވިދާޅުވި އެވެ.

"އިސްކަން މި ދޭން ޖެހެނީ ޒިންމާދާރުވުމަށް. 2023 ވަނަ އަހަރަސް ބަޖެޓު ހުށަހެޅިއިރު ބައެއް ކަހަލަ ހަރަދު ކުޑަވާނެކަމަށް ލަފާކޮޑްފަ އެބަހުރި. ފަހުން މި ވިދާޅުވަނީ އިލެކްޝަން އަހަރަކަށް ވިމާ ހަރަދު އިތުރުވީއޭ، އިލެކްޝަން އަހަަރުގަ ހަރަދުތައް ހިނގާނެކަމަށް ގަބޫލުކުރައްވާ ބަޖެޓު ހުށަހެޅުއްވިނަަމ އެއީ ޒިންމާދާރު ގޮތަކީ،" އަހުމަދު ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox