ހުލާސާކޮށް އިއްޔެ: ޔާމީން ސަޕޯޓަރުންނާ ބައްދަލުކުރެއްވުން

Oct 30, 2023, 2:29 AM
ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް ރައީސް ޔާމީން މިރޭ އެ ޕާޓީގެ އޮފީހަށް ވަޑައިގެން ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު

ޕީޕީއެމްގެ ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް ރައީސް ޔާމީން މިރޭ އެ ޕާޓީގެ އޮފީހަށް ވަޑައިގެން ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު

ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ބަންދަށް ސަރުކާރުން ލުއި ދެއްވުމާއެކު ރޭ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރެއްވެވި އެވެ.

ކުއްލި ގޮތަކަށް ޕީޕީއެމްގެ އޮފީހަށް ވަދެވަޑައިގެން އެ މަނިކުފާނު ވަނީ އެތަނުގައި ތިއްބެވި ސަޕޯޓަރުންނާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ޔާމީން ވަރަށް ދިގުކޮށް ވާހަކަފުޅު ދައްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް މިއޮތް ފަސް އަހަރަކީ ހަމަޖެހިގެން ތިބެންވީ ފަސް އަހަރު ނޫން ކަމަށާއި މިހާރުން ފެށިގެން ޕާޓީ ވަރުގަދަ ކުރުމަށް މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.

މަސައްކަތް ކުރަމުން އައި ގޮތް ބަދަލުކޮށް ޒުވާނުންނަށް އިސްކަން ދީގެން، އެ ކުދިންނާ ވާހަކަ ދައްކައިގެން، ހުރި ކަންބޮޑުވުންތައް ދެނެގަނެ އެކަންކަމުގެ ތެރެއިން އެ ކުދިންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށް ސަޕޯޓަރުންގެ ކިބައިން ރައީސް ޔާމީން އެދިވަޑައިގެންނެވި އެވެ.

"ކޮންމެ ބޭފުޅަކު އަޅުގަނޑަށް ޔަގީންކަން ދެއްވާ، ކޮންމެ ބޭފުޅަކު 50 ނުވަތަ 40 ކުދިން ގޮވައިގެން، ކޮފީއަކަށް އަރާލައިގެންވިޔަސް އެކުދިންނާ ވާހަކަ ދައްކައިލައި ހަދަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ނިމިދިޔަ އިންތިހާބުގެ ނަތީޖާއާ މެދު އުފާ ކުރައްވާ ކަމަށެވެ. ނަމަވެސް, އިންތިހާބުގައި ވާދަކުރި ޑިމޮކުރެޓްސްއިން އެމްޑީޕީއާ ގުޅުނު ނަމަ ނަތީޖާ ބަދަލުވީސް ކަމަށާއި ބޭނުންވަނީ އެފަދަ ހާލަތަކަށް ނުގޮސް އިންތިހާބެއް ކާމިޔާބު ކުރެވޭނެ ވަރަށް ތައްޔާރުވުން ކަމަށެވެ.

"އިންތިހާބެއް ކުރިމަތިވީމާ އެކަންޏެއް ނޫން ދެއްތޯ މަސައްކަތް ކުރަން ޖެހެނީ؟ އަބަދުވެސް އެ މަސައްކަތް ކުރަން އެބަޖެހޭ، ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލު ވާން ވެއްޖެއްޔާ ކޮބައިތޯ ހަމަޖެހުމެއް؟،" ޔާމީން ވިދާޅުވި އެވެ.

އަލަށް އުފެދޭ ޑރ. މުއިއްޒުގެ ސަރުކާރުގެ ވާހަކައަށް އަލިއަޅުވާލައި ޔާމީން ވިދާޅުވީ އެ ވެރިކަމުގައި މިނިސްޓަރުންނަށް ވެވަޑައިގަންނަވާ ބޭފުޅުންނަށް ގޮންޖެހުންތައް އިދިކޮޅު ޕާޓީ ކުރިމަތި ކުރާނެ ކަމަށެވެ. ނަމަވެސް އެ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކޮށްލުމުގެ ހިތްވަރު ހުންނަން ޖެހޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ބަންދަށް ސަރުކާރުން އެންމެ ފުރަތަމަ ލުޔެއް ދީ ގޭބަންދަށް ބަދަލުކުރީ މިމަހުގެ އެއްވަނަ ދުވަހު އެވެ. އެއަށްފަހު ރޭގައި ވަނީ ކަރެކްޝަންސްގެ އޮފިސަރަކާ ނުލައި ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުން ފަދަ ކަންކަން ކުރެވޭ ގޮތަށް ލުއިތަކެއް ދީފަ އެވެ.

ރައީސް ޔާމީން އެންމެފަހުން ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވާހަކަދައްކަވައިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 23 ގައި އޮތް ޖަލްސާއެއްގަ އެވެ. އާރަށުގެ މުއާމަލާތުގެ މައްސަލައިގައި އެ މަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރީ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިޔަށް ގެންދަން އިއްޔެ އެޖެންޑާކުރި ޖަލްސާ މަޖިލީހުގެ ނައިބު ރައީސް، ނަޝީދުގެ ދެބޭންގެދެދަރި ކޮއްކޮ، އީވާ އަބްދުﷲ ވަޑައިނުގަތުމުން ޖަލްސާ ކުރިޔަށް ނުގެންދެވުމުން، އެމްޑީޕީގެ މެމްބަރުން ނުރުހުން ފާޅުކުރުމުގެ ތެރޭގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ރިޔާސަތުގެ މޭޒުކައިރީގައި.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިޔަށް ގެންދަން އިއްޔެ އެޖެންޑާކުރި ޖަލްސާ މަޖިލީހުގެ ނައިބު ރައީސް، ނަޝީދުގެ ދެބޭންގެދެދަރި ކޮއްކޮ، އީވާ އަބްދުﷲ ވަޑައިނުގަތުމުން ޖަލްސާ ކުރިޔަށް ނުގެންދެވުމުން، އެމްޑީޕީގެ މެމްބަރުން ނުރުހުން ފާޅުކުރުމުގެ ތެރޭގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ރިޔާސަތުގެ މޭޒުކައިރީގައި.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އިއްޔެ އެޖެންޑާކުރި ޖަލްސާގެ ކުރިއަށް ނުގެންދިޔުމުން އެމްޑީޕީގެ މެމްބަރުން ނުރުހުން ފާޅުކުރުމުގެ ތެރޭގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ރިޔާސަތުގެ މޭޒުކައިރީގައި. އިއްޔެގެ ޖަލްސާ ކުރިއަށް ނުގެންދެވުނީ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަންޖެހޭ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ ހާޒިރުވެވަޑައިނުގަތުމުން.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox