މާލޭގެ ގެއެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި ކަމަސް ތުހުމަތު ކުރެވޭ އިންޑިއާގެ މެއިޑަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މާލޭގެ ގެއެއްގައި މަސައްކަތް ކުރާ 22 އަހަރުގެ އިންޑިއާ އަންހެނަކު ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ މިދިޔަ އަންގާރަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
"މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 22 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވޭ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައި،" ފުލުހުން ބުންޏެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.













