ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ އާދީއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރަން ނިންމާފައި ވާއިރު، އެ މައްސަލަ ކުރިޔަށް ނުގެންގޮސް ލަސްކޮށްފާނެ ކަމުގެ ކަންބޮޑުވުން، މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީއަށް އެބަ އޮތެވެ. އެހެންވެ، އެ ޕާޓީން އިއްޔެ މުހިންމު ނިންމުންތަކެއް ނިންމި އެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގައި ވޯޓަށް ނާހައި އާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު އުއިއްޒު ކުރާ ހުވާ ސަައްހަ ނުވާނެ ކަމަށެވެ. އެއީ ނަޝީދުގެ މައްސަލަ މަޖިލީހުގެ މެޖޯރިޓީ މެމްބަރުންގެ އިތުބާރު ނެތުމުންނެވެ. އެހެންވެ އެ މަނިކުފާނުގެ ކެބިނެޓަށް ރުހުން ނުދޭނެ ނިންމި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު، ގަދަ ބާރުން މަޖިލީހުގެ ރިޔާސަތުގައި ނަޝީދު ހުންނަވާ ކަމަށް ތުހުމަތުކުރައްވަމުން، ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ނެތް ރައީސަކަށް ނުހުރެވޭނެ ކަމަށެވެ. އަދި, މަޖިލީހުގެ ރައީސަށް މެމްބަރުންގެ އިތުބާރު އޮންނަން ޖެހޭ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ނަޝީދުގެ މައްސަލައިގައި ވޯޓަށް އަހަން ޖެހޭ ކަމަށެވެ.
"މީގަ ރަނގަޅު ގޮތަކީ ދެންވެސް ވީހާވެސް އަވަހަކަށް މަޖިލީހުގެ މެމްބަރުންގެ އިތުބާރު އޮއްތޯ ނެތްތޯ ބެލުން ވޯޓަށް އަހާފައި. ނެތް ކަމަށް ވަންޏާމުން ދުރަށް ވަޑައިގެންފަ، ދެން އެހެން ބޭފުޅަކަށް އެ ފުރުސަތު ލިބުން" ނާޝިޒް ވިދާޅުވި އެވެ.
"ލިބިގެން އެއާ އެކީގައި އަޅުގަނޑުމެން ކުރިއަށް ގޮސްގެން މިކަން ކުރިއަށް ގެންދެވޭނީ"

އެމްޑީޕީގެ މެމްބަރުން ބުނަމުން އަންނަ ގޮތުގައި އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކޮށް ދިގުދެންމުމުގެ މަގުސަދަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާގައި އިންނަވަން ނަޝީދު ޖައްސަވާ މަޅިއެކެވެ. މިކަމާ ގުޅުވައި ނާޝިޒް ވިދާޅުވީ، ނަޝީދު އެގޮތަށް ކަންކުރައްވައިގެން ހުވާކުރައްވާ ޖަލްސާގައި އިންނެވުމުން މުޅި ޖަލްސާގެ ގާނޫނީ ހައިސިއްޔަތު ގެއްލޭ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން 17 ނޮވެމްބަރު 2023 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނަވައިގެން، އިތުބާރު ނެތް ކަމަށް ހުށަހެޅިފައި އޮތް މައްސަލައާ މެދު ވަކި ގޮތެއް ވޯޓުން ނުނިންމައި އިންނަވައިގެން އެ ޖަލްސާ ކުރިއަށް ގެންދަވެން އޮތް ގާނޫނީ ޖަލްސާއެއް ކަމަކަށް," އޭނާ ވިދާޅުވި އެވެ.
ނާޝިޒު ވަނީ ޖަލްސާ މިގޮތަށް ބާއްވައިފި ނަމަ، މިހާރު ވެސް މަޖިލީހުގައި އެންމެ ގިނަ މެމްބަރުން ތިބި، އެމްޑީޕީން ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ނުދޭނެ ކަމަށްް ވަރަށް ސާފުކޮށް ވިދާޅުވެފަ އެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ފޮޓޯ

މޭ 6، 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެ މަނިކުފާނު އޭޑިކޭ ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދިންއިރު ތުރުކުރައްވި ބަލި މީހުން ލާ ހެދުމާއި އަތުގައި އެޅުވި ބޭންޑު ފްރޭމްކޮށް ހަނދާނަށް އިއްޔެ ދެއްވަނީ. ތާރީހަށްޓަކައި މި ހަނދާން އެ މަނިކުފާނާ ހަވާލުކޮށް ދެއްވީ އޭޑީކޭ ގްރޫޕުގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޝިދު. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު











