އިންޑިއާއިން ފަލަސްތީނުގެ ރައްޔިތުންނަށް 38 ޓަނުގެ އެހީ ފޮނުވައިފި

އިންޑިއާއިން ފަލަސްތީނަށް ފޯރުކޮށްދޭ 38 ޓަނުގެ އެހީ މިސްރަށް ފޮނުވަން ތައްޔާރުވަނީ - ފޮޓޯ: އިންޑިއާ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ

އިންޑިއާއިން ފަލަސްތީނަށް ފޯރުކޮށްދޭ 38 ޓަނުގެ އެހީ މިސްރަށް ފޮނުވަން ތައްޔާރުވަނީ - ފޮޓޯ: އިންޑިއާ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި ހާލުގައި ޖެހިފައިވާ ގާޒާގެ ރައްޔިތުންނަށް އިންޑިއާއިން 38.5 ޓަނުގެ އިންސާނީ އެހީ ފޮނުވައިފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެހީ ހިފައިގެން ދާ އިންޑިއާގެ އަސްކަރީ ވައިގެ އުޅަނދު މިހާރު ދަތުރުކުރަމުންދަނީ މިސްރުގެ އަލް އަރިޝް އެއާޕޯޓަށް ކަމަށެވެ. ގާޒާއަށް އެހީ ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދަނީ މިސްރުގެ ރަފާހު ބޯޑަރެވެ.

އެގޮތުން، އިއްޔެ އިންސާނީ އެހީ ހިފައިގެން ދިޔަ 20 ޓްރަކެއް ވަނީ ގާޒާއަށް ވަދެފަ އެވެ. މިއީ މި މަހުގެ ހަތްވަނަ ދުވަހު އިޒްރޭލުން ދޭން ފެށި ހަމަލާތަކަށްފަހު އެ ރަށަށް ލިބުނު ފުރަތަމަ އެހީ އެވެ.

އިޒްރޭލުން ވަނީ ގާޒާއަށް ދެމުންދިޔަ ކަރަންޓާއި ފެން ކަނޑާލާއި އެހީ ލިބޭނެ ދޮރުތައް ބަންދުކޮށްފަ އެވެ. ރަފާހު ބޯޑަރު ހުރަސްކޮށް އެހީ ފޯރުކޮށްދޭ އުޅަނދުތަކަށް ހަމަލާދޭނެ ކަމަށްވެސް އިޒްރޭލުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެކި ގައުމުތަކާއި ޖަމާއަތްތަކުން ފޯރުކޮށްދީފައިވާ އެހީ ހިފައިގެން އުޅަނދުތައް ވަނީ އެ ބޯޑަރު ކައިރިއަށް ތޮއްޖެހިފަ އެވެ.

އިންޑިއާއިން ގާޒާއަށް ފޮނުވި އެހީގެ ތެރޭގައި ހިމެނެނީ 6.5 ޓަނުގެ ބޭސްފަރުވާގެ އެހީ އާއި ކާރިސާތަކަށް ބޭނުންވާ 32 ޓަނުގެ އެހީ އެވެ. އޭގެ ތެރޭގައި މުހިންމު ބޭހާއި، ސާޖަރީތަކަށް ބޭނުންވާ ސާމާނާއި، ޓެންޓު، ސްލީޕިން ބޭގު، ފެން ސާފުކުރާ ސާމާނު ފަދަ މުހިންމު އެހީ ހިމެނޭކަމަށް އިންޑިއާއިން ވަނީ ބުނެފަ އެވެ.

މިފަދަ އެތައް އެހީއެއް މިސްރަށް ފޮނުވި ނަމަވެސް، ގާޒާއަށް މި އެހީތައް ލިބޭނީ ރަފާހު ބޯޑަރު އަލުން ހުޅުވި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަމަލާތައް މެދުކަނޑާލައިގެންނެވެ. އެފަދައިން އަމަލުކުރުމަށް އެދި އދ. ގެ ސަލާމަތީ ކައުންސިލަށް ރަޝިއާ އަދި ބްރެޒިލް އިން ހުށަހެޅި ގަރާތުތައް އެމެރިކާއިން ވަނީ ބޭރުކޮށްލާފަ އެވެ. އަދި އިއްޔެ މިސްރުގައި ބޭއްވި ސުލްހައިގެ މަހާސިންތާގައި ވެސް އެމެރިކާ އަދި އިޒްރޭލުން ބައިވެރިވެފައެއް ނުވެ އެވެ.

މި މަހުގެ ހަތް ވަނަ ދުވަހު ފެށި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 4،400 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވެ އެވެ. ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1400 އަށްވުރެ މައްޗަށް އަރާފައިވާއިރު ހަމާސްއިން ވަނީ އިޒްރޭލުން 200 އަށްވުރެ ގިނަ މީހުން ރަހީނުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox