ވާގޮތް: ގިނަ ކުދިން ހިސާބު ދެކެ ފޫހިވަނީ ކީއްވެ؟

ވާގޮތް: ގިނަ ކުދިން ހިސާބު ދެކެ ފޫހިވަނީ ކީއްވެ؟

ނަންބަރުތަކެވެ. ނަންބަރުތަކާއި ނަންބަރުތަކަށް ބަދަލު ގެންނަ ނިޝާންތަކާއި އަކުރުތަކެވެ. މިއީ ދުނިޔޭގެ އެންމެ މުހިންމު ހޯދުންތަކުގެ އެންމެ މުހިންމު އެއް އަސާސެވެ. ކައުނުގެ ބަހުރުވަ ގޮތުގައި ސައިންސްވެރިންނާއި އިލްމުވެރިން ދެކޭ އެއްޗެކެވެ. ހިސާބު ނުވަތަ އިނގިރޭސި ބަހުން ނަމަ "މެތަމެޓިކްސް" އެވެ. ނަމަވެސް ގިނަ ދަރިވަރުންނަށް ހިސާބަކީ ފޫހިކަމާއި ނިމުމެއް ނެތް މާޔޫސްކަމުގެ މާއްދާއެއްގެ ގޮތުގައި ދެމިއޮވެ އެވެ. ކުދިންނަށް އަދަދުތަކާއި އަދަދުތަކުގެ އޮޕަރޭޝަންތައް ތައާރަފު ކުރެވޭ ހިސާބުން ފެށިގެން ގިނަ ކުދިންނަށް މި މާއްދާއާ މެދު ތަޖުރިބާ ކުރެވެނީ މިފަދަ އިހުސާސްތަކެކެވެ. އެކަމަކު މިއީ ކީއްވެގެން ހެއްޔެވެ؟

ތައުލީމުގެ ކުރީކޮޅު

ތައުލީމުގެ ކުރީކޮޅު ކުދިންނަށް އަސާސީ ހިސާބުތަކާއި އާދައިގެ މައްސަލަތައް ހައްލު ކުރާނެ ގޮތްތައް އުނގަންނައިދޭން ފަށަ އެވެ. ހިތާމައަކީ މިއީ ގިނަ ދަރިވަރުން ހިސާބަށް ނަފުރަތު އުފެދެން ފަށާ ވަގުތުކަމަށް ވުމެވެ. ގުނަކުރުމުގެ ތާވަލުތައް ހިތުދަސްކުރުމާއި، ފްރެކްޝަންތައް ދަސްކުރުމާއި، އަލްޖީބްރާ ފަދަ ކޮންސެޕްޓްތައް ފަހުމުވުމަށް ކުރާ ޕްރެޝަރަކީ ބޮޑު ޕްރެޝަރެކެވެ. ނަތީޖާއެއްގެ ގޮތުން ހިސާބުގެ ރީތިކަން ވަޒަންކުރުމުގެ ފުރުސަތު ނުލިބި ގިނަ ދަރިވަރުންނަށް ހިސާބާމެދު ދަތި ކަމުގެ އިހުސާސް ކުރެވެ އެވެ.

ހިސާބަކީ ބޭކާރު އެއްޗެއްގެ ގޮތުގައި ވިސްނުން

ހިސާބަށް އުފެދޭ ނަފުރަތުގެ ފަހަތުގައިވާ އެންމެ ބޮޑު އެއް ސަބަބަކީ، ކިޔަވައިދޭ ފިލާވަޅުތަކުން އާންމު ދިރިއުޅުމަށް ވާނެ ފަސޭހައެއް ނެތް ކަމަށް ހީވުމެވެ. ބޮޑެތި އީކުއެޝަންތައް ހައްލުކުރުމާއި، ފަންކްޝަންތައް ގްރާފްކުރުމާއި، ނުވަތަ ޕްރޮބަބިލިޓީތައް ހިސާބުކުރުމަކީ އަމަލީ ގޮތުން ބޭނުންކުރެވޭނެ ކަމެއްގެ ގޮތުގައި ދެކުމަށް ގިނަ ކުދިންނަށް އުނދަގޫވެ އެވެ. ހިސާބުގެ ކޮންސެޕްޓްތަކާއި ދިރިއުޅުމުގެ ބޭނުންތަކާއި ދެމެދު އޮންނަ މި ގުޅުން ކެނޑުމުން ނުރުހުމާއި، ސްކޫލުން ބޭރުގައި ހިސާބަކީ ބޭކާރު އެއްޗެއްގެ ގޮތުގައި ދެކެވެ އެވެ.

Advertisement

ކިޔަވައިދިނުމުގެ އުސޫލުތަކާއި ތައުލީމީ ދާއިރާގެ ފަރާތުން ކުރާ އަސަރު

ހިސާބު ކިޔަވައިދޭ ގޮތަކީ ދަރިވަރުން އެ މާއްދާއާ މެދު ދެކޭގޮތް ބައްޓަންކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ހިތާމައަކީ ކިޔަވައިދިނުމުގެ ސަގާފީ އުސޫލުތަކުގެ ސަބަބުން މި މައްސަލައަށް އިތުރަށް ބާރުދޭ ކަމެވެ. އަދުގެ ތައުލީމީ ސިސްޓަމަށް ތަބާވުމުން ކުދިން އެއްޗެތި ދަސްކުރަނީ "ރޯޓު މެމޮރައިޒޭޝަނުން" ނެވެ. މިއީ އިމްތިހާނެއް އޮތުމުން އެކަމަށް ދަސްކުރުމަށް ފިލާވަޅުތައް ތަކުރާރުކޮށް ބަލަބަލާ ދަސްވެގެން އިމްތިހާނު ހެދުމަށް ފަހު ހަނދާން ނެތުމެވެ. އަނެއްކާވެސް އިމްތިހާނެއް އޮތުމުން އެގޮތަށް އަމަލުކުރާ ނިމުމެއް ނެތް ބުރެކެވެ. ހަގީގީ ދުނިޔޭގެ ކޮންޓެކްސްޓް ނެތުމުން ހިސާބު ހެދުމަކީ ދެކޮޅުނުޖެހޭ އަރަތެއް ކަމުގައި ހީވެދާނެ އެވެ. ޝައުގުވެރިކަން އުފެއްދުމާއި ހިސާބުގެ ރީތިކަން ދައްކަން ނާކާމިޔާބުވުމުން، ތައުލީމީ ދާއިރާގެ ފަރާތްތަކަށް ނޭނގި ނަމަވެސް އެ މާއްދާއާ މެދު ނަފްރަތު އުފެދިދާނެ އެވެ.

ނާކާމިޔާބީގެ ބިރުވެރިކަން

ނާކާމިޔާބުވުން ނުވަތަ "ދަށް ކުއްޖެއްގެ" ގޮތުގައި ލޭބަލް ވުމުގެ ބިރަކީ ވެސް ހިސާބުން ދުރުހެލިވުމަށް މަގުފަހިވާ ކަމެކެވެ. ގިނަ ބަޔަކު ދެކެނީ ހިސާބުގައި ގޯސްތައް ހެދުމަކީ އެމީހުންގެ ބުއްދި ނުވަތަ ގާބިލުކަމުގެ އުނިކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައެވެ. ނާކާމިޔާބީގެ މި ބިރަކީ ހާސްކަމާއި، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވުމާއި، ހިސާބު އިލްމާ މެދު ނައްސި ތަސައްވުރެއް އުފެދިދާނެ ކަމެކެވެ.

ހިސާބަށް ކުރާ ނަފްރަތާ މެދު ވިސްނާ ފިޔަވަޅުއެޅުން

ހިސާބު ކިޔެވުމަށް ގިނަ ބަޔަކު ގަޔާނުވުމަކީ ތައުލީމީ ނަތީޖާތަކާއި ކެރިއަރުގެ ފުރުސަތުތަކަށް އަސަރުކުރާ ފަދަ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ތައުލީމީ ދާއިރާގެ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ސަމާލުކަންދޭން ޖެހެ އެވެ. ހިސާބު ދަސްކުރެވޭނެ ފަސޭހަ އަދި ދެމެހެއްޓިނިވި، އާންމު ދިރިއުޅުމާއި ގުޅުންހުރި، އަދި ޝައުގުވެރިވާ ގޮތްތަކެއް ހޯދުމަށްޓަކައެވެ. އަމަލީ ބޭނުންތައް މަންހަޖުގައި ހިމެނުމާއި، "ގްރޯތް މައިންޑްސެޓް" އަކަށް އިސްކަންދިނުމާއި، "ސަޕޯޓިވް ލާނިން" މާހައުލެއް އުފެއްދުމަކީ މިފަދައިން އެޅޭނެ ބައެއް ފިޔަވަޅުތަކެކެވެ.

ހިސާބަށް ގަޔާވާ މުޖުތަމައުއެއް ބިނާކުރުން

ހިސާބަށް ގަޔާވާ މުޖުތަމައުއެއް އުފެއްދުމަށްޓަކައި ހިސާބާއި މެދު ގެންގުޅޭ ވިސްނުން ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހިސާބުވެރިންގެ ކާމިޔާބީތައް ފާހަގަކުރުމާއި، އާންމު ދިރިއުޅުމާއި ހަގީގީ މައްސަލަތައް ހައްލުކުރުމުގައި ހިސާބުގެ ދައުރު ފާހަގަކުރުމާއި، ހިސާބުގެ އުސޫލުތަކާއި ކޮންސެޕްޓްތަކުގެ ރީތިކަން ދައްކާލުމަކީ ދަރިވަރުންގެ ވިސްނުން ބަދަލުކުރެވޭނެ ގޮތްތަކެވެ. މީގެ އިތުރުން ހިސާބަކީ ހަމައެކަނި ހިޔާރުކުރެވޭ މަދު "ޖީނިއަސް" ތަކެއް ކަމަށް ބުނާ ވާހަކަ ދޮގުކޮށް، ކެތްތެރިކަމާއި މަސައްކަތުގެ މުހިންމުކަމަށް ބާރުއެޅުމަކީ ހިސާބާ ގުޅުންހުރި ނުރުހުމުން އަރައިގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox