ޓޯކުރި ކާރެއް ވެރިފަރާތައް ނާންގައި ނައްތާލުމުން ފުލުހުން އޭގެ ބަދަލުދޭން ކޯޓުން ހުކުމްކޮށްފި

ޓޯކުރި ކާރެއް ވެރިފަރާތައް ނާންގައި ނައްތާލުމުން ފުލުހުން އޭގެ ބަދަލުދޭން ކޯޓުން ހުކުމްކޮށްފި

ފުލުހުން ޓޯ ކުރި ކާރެއް އޭގެ ވެރިފަރާތައް ނާންގައި ނައްތާލުމުން އޭނާއަށް 250،000ރ. ގެ ބަދަލެއް ދިނުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލާގައި ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައި ބުނެފައިވާ ގޮތުން ފުލުހުން އެ ކާރު ނައްތާލާފައިވަނީ އެކަމަށް ހެދިފައި އޮތް ގާނޫނާ ހިލާފަށެވެ.

ފުލުހުން ނައްތާލި ކާރު ޓޯ ކުރީ ޖުލައި 16، 2019 ގައި އެވެ. އެ އަހަރުގެ މެއި 5، ފެށިގެން މެއި 24، އާ ހަމައަށް ކާރުގެ ވެރިފަރާތް ހުރީ މޯލްޑިވްސް ކަރެކްޝަން ސާވިސަސްގެ ބެލުމުގެ ދަށުގަ އެވެ.

ޓޯ ކުރާ އުޅަނދުތައް ނައްތައިލުމުގެ ކުރިން އުޅަނދުގެ މައުލޫމާތު އާންމު ކުރަންޖެހޭނެ ކަމަށް އެއްގަމު ދަތުރުފަތުރާބެހޭ ގާނޫނުގައި ބުނާއިރު، ކާރު ޓޯކޮށް އެކަން އެންގުމަށް ފުލުހުންގެ ވެބްސައިޓުގައި އިއުލާނުކުރީ ކާރު ނައްތާލިތާ 13 ދުވަސް ފަހުން، އޮކްޓޯވަރު 15، 2019 ގައި ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ގާނޫނު ބުނާ ގޮތުން އުޅަނދެއް ޓޯ ކުރާތާ 24 ގަޑިއިރުތެރޭގައި އެ އުޅަނދެއްގެ މައުލޫމާތު ފަސޭހައިން ފެންނަ ގޮތައް ފުލުހުން އިއުލާނު ކުރަންޖެހޭނެ އެވެ. އަދި އުޅަނދު ނައްތާލުމުގެ ކުރިން އުޅަނދާއި ހަވާލުވާން އޭގެ ވެރިފަރާތައް 60 ދުވަހުގެ މުހުލަތެއް ދޭން ޖެހޭނެ އެވެ.

އެހެންކަމުން އެ ކާރާ ހަވާލުވުމަށް ކާރުގެ ވެރިފަރާތަށް ފުރުސަތު ލިބިފައި ނުވާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ. އަދި ފުލުހުންގެ އެ އަމަލުގެ ސަބަބުން ކާރުގެ ވެރިފަރާތަށް އޭނާގެ މުދަލެއް ގެއްލިފައި ވާއިރު، އެ ކާރުގެ މައުލޫމާތު ފުލުހުން އާންމު ކުރި ނަމަ އެކަން އެ ގޮތަށް ދިމާވުމުގެ ފުރުސަތު ނެތީސް ކަން ފާހަގަ ކޮށް އެކަމުގެ ބަދަލު ފުލުހުން ދޭން ޖެހޭނެ ކަމަށް އެ ހުކުމުގައި ވަނީ ބުނެފަ އެވެ.

އެގޮތުން ކާރުގެ ވެރިފަރާތުން ކޯޓުގައި އެދުނީ އެ ބްރޭންޑްގެ ކާރެއް ނުވަތަ އޭގެ އަގު ހޯދުމަށް ކަމަށް ވާތީ އާއި އޭގެ އަގު ސާބިތުކުރަން ހެކި ހުށަހަޅާފައި ވާތީ ކޯޓުގެ ހުކުމުގައި ވަނީ އެ ބްރޭންޑްގެ ކާރެއްގެ އަގު ކަމަށްވާ 250،000ރ. އެއް މަސް ތެރޭގައި ކޯޓަށް ދެއްކުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox