މޫސުމީ ބަދަލުތަކާއި ގުޅިގެން ހިނގި ކާރިސާތަކަށް، މިއަހަރުގެ މިހާތަނަށް 146 މިލިއަން ހަރަދުކޮށްފި

ވިއްސާރައިގެ ސަބަބުން މާލެ މަގުމަތީގައި ފެން ބޮޑުވެފައި -- ފޮޓޯ: އަދަދު

ވިއްސާރައިގެ ސަބަބުން މާލެ މަގުމަތީގައި ފެން ބޮޑުވެފައި -- ފޮޓޯ: އަދަދު

މިއަހަރު އެކަނި ވެސް މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ގިނަ ރަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. ގެތަކަށް ފެން ވަނުމާއި ރަށްރަށުގައި ފެންބޮޑުވެ ވަގުތީ ހިޔާތަކަށް މީހުން ބަދަލުކުރަންޖެހުނެވެ. މިފަދަ ކާރިސާތަކާއި ކުރިމަތިވަމުން ދާއިރު، އެ ކަންކަމުން އަރައިގަތުމަށް ކުރަންޖެހޭ ހަރަދާއި މެދު ވެސް ވިސްނާލަންޖެހެ އެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ދިވެހިރާއްޖެއަށް މާލީ ގޮތުން ތަފާތު ހިރާސްތައް ކުރިމަތިވަމުން އަންނަ ކަން ފައިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ފިސްކަލް ހިރާސްތަކުގެ ބަޔާން 2023" ގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް އެ ރިޕޯޓުގައި ވަނީ ކިޔައިދީފަ އެވެ.

އޭގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އުފުލުމާއި، މުރަކަ ހުދުވުން އަދި ރަށްގިރުން ފަދަ މައްސަލަތައް ހިމެނެ އެވެ. އަދި މިފަދަ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ 60 ޕަސެންޓު ހިއްސާކުރާ ފަތުރުވެރިކަމުގެ ސިނާޔަތަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ބުނެފައިވެ އެވެ.

އެގޮތުން މި ގަރުނު ނިމޭއިރު، ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު އެއް މީޓަރަށް އުފުލޭނެ ކަމަށް އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން ކޮށްފައިވާ ދިރާސާގެ ސަބަބުން ރާއްޖޭގެ އެއާޕޯޓުތަކާއި ބަނދަރުތަކަށް އަސަރު ފޯރާނެ ކަމަށް މި ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ސަބަބުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރަންޖެހޭ ހަރަދު އިތުރުވެގެން ދާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މިއަހަރުގެ މިހާތަނަށް މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ހިނގާފައިވާ ކާރިސާތަކަށް 146.3 މިލިއަން ހަރަދުކޮށްފައިވާކަމަށް ފައިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ހާދިސާތަކަށް އެތައް ބިލިއަނެއް ހަރަދުކޮށްފައިވާކަން ތަފާސްހިސާބުތަކުން އެނގެ އެވެ.

ގްރެފިކްސް -- ރައްޔާން މުހައްމަދު
ގްރެފިކްސް -- ރައްޔާން މުހައްމަދު

ގްރެފިކްސް -- ރައްޔާން މުހައްމަދު

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހާދިސާތަކުގެ އިތުރުން، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށް ވެސް ދައުލަތުން ކޮންމެ އަހަރު އެތައް ފައިސާއެއް ހަރަދު ކުރެ އެވެ. އެގޮތުން މިއަހަރު އެކަނި ވެސް، ތިމާވެށި ރައްކާތިކުރުމަށް 2،017.2 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ދައުލަތުގެ ބަޖެޓުގައި ހިމަނާފަ އެވެ. ތިމާވެށި ރައްކާތެރިކުރުމަކީ، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެކެވެ.

ގުދުރަތީ ހާދިސާތަކުން ކުރިމަތިވާ މިފަދަ މާލީ ގޮންޖެހުންތައް ކުޑަކޮށް، ނައްތައިލުމަށްޓަކައި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ހުއްޓުވުމަށްޓަކައި ފޮސިލް ފިއުލް ބޭނުންކުރެވޭ މިންވަރު ކުޑަކޮށް ސޯލާ އެނާޖީއަށް އިންވެސްޓް ކުރާ މިންވަރު އިތުރުކުރަންޖެހޭ ކަމަށް "ފިސްކަލް ހިރާސްތަކުގެ ބަޔާން 2023" ގައި ބުނެފައިވެ އެވެ. އަދި ކާބަން ޓެކްސް ފަދަ ޓެކްސަތައް ތައާރަފުކުރެއްވިއްޖެ ނަމަ، މި ހިރާސް ކުޑަކުރެވޭނެ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox