ހިޔާ ޓަވަރުން ވެއްޓުނު ކުއްޖާ ކާރަށް އަރުވަން ދެކޮޅު ހެދި ކަމަށް ބުނާ ޑްރައިވަރުގެ މައްސަލަ ބަލަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހުންނަ ހިޔާގެ ޓަވަރަކުން ވެއްޓުނު ކުއްޖާ ކާރަށް އަރުވަން ދެކޮޅު ހެދި ކަމަށް ބުނާ ޓެކްސީ ޑްރައިވަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހިޔާ އެޗު-6 ޓަވަރުގެ 12 ވަނަ ފަންގިފިލާގެ 15 ވަނަ އެޕާޓްމަންޓުން މަގުމައްޗަށް އެ ކުއްޖާ ވެއްޓުނީ ހޮނިހިރު ދުވަހުގެ ރޭ 11:45 ހާއިރު އެވެ. ވެއްޓުމާއެކު އެ ސަރަހައްދުގައި އެވަގުތު ތިބި ޒުވާނުންތަކެއް އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ނަމަވެސް، އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އެހީއަށް އެދުނު ފުރަތަމަ ކާރުގެ ޑްރައިވަރު އެކަމަށް އިންކާރުކުރި ކަމަށް އެ ސަރަހައްދުގައި ތިބި މީހުން މި ނޫހަށް މައުލޫމާތު ދެ އެވެ. ލޭ އުނގުޅި ކާރުގެ ސީޓު ހަޑިވެދާނެ ކަމަށް އެ ކާރުގެ ޑްރައިވަރު ބުނި ކަމަށް، ނިޔާވި ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްދިން ޒުވާނުން ބުނެ އެވެ.

އެކަމާ ގުޅޭގޮތުން "އަދަދު" ނޫހުން ސުވާލު ކުރުމުން ފުލުހުންގެ މީީޑިއާ އޮފިޝަލަކު ބުނީ އިހުމާލުވި ޑްރައިވަރުގެ މައްސަލަ ވެސް، އެ ކުއްޖާ ޓަވަރުން ވެއްޓުނު މައްސަލައިގެ ތެރެއިން ބަލަމުން އަންނަ ކަމަށެވެ.

"އެ މައްސަލައިގެ ތެރެއިން ބަލަމުން އަންނަނީ. ހުރިހާ މައްސަލައެއް ވެސް ތަހުގީގު ކުރަމުން ދަނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޓަވަރުން ވެއްޓުނު ކުއްޖާއަށް ލިބުނު އަނިޔާތަކުގައި އޭނާ ނިޔާވިކަން ހުޅުމާލެ ހޮސްޕިޓަލުން ކަށަވަރު ކޮށްދިނީ ވެއްޓުނުތާ ގަޑިއެއްހާއިރު ފަހުން 12:45 ގަ އެވެ.

އެ ހާދިސާގައި އެ ކުއްޖާގެ ބޮލަށާއި ފަޔަށް ވަރަށް ބޮޑެތި ޒަހަމުތަކެއް ލިބުނު ކަމަށް މަންޒަރު ދުށް މީހުން މި ނޫހުގެ ނޫސްވެރިންނަށް ކިޔައިދިނެވެ. އެ ކުއްޖާ ވެއްޓިފައި އޮތް ތަނުގައި ވެސް ވަރަށް ބައިވަރު ލޭ އޮހުރިފައި އޮތެވެ.

ހއ. ދިއްދޫއަށް އުފަން އެ ކުއްޖާގެ ޖަނާޒާ ބާއްވާފައި ވަނީ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox