މާލޭ ފިހާރައެއް ތެރެއަށް ވަދެ، އެ ތަނުގެ ކައުންޓަރުގައި ހުރި ބިދޭސީ މީހާގެ ކަރުގައި ވަޅި އެޅި އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
މި މައްސަލާގައި އިއްޔެ ހައްޔަރު ކުރީ 29 އަހަރުގެ އަންހެނެކެވެ. ފުލުހުުން މިއަދު ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި އަންހެންމީހާ ފިރިހެނަކަށް ވަޅިން ހަމަލާ ދިނީ ފިހާރައެއްގެ ތެރޭގަ އެވެ. ހަމަލާ އަމާޒުކުރީ އެ މީހާގެ ކަރަށެވެ.
އެ ވީޑިއޯއިން ފެންނަ ބިދޭސީ މީހާއަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން އިއްޔެ ފަރުވާދީ، މިހާރު ދޫކޮށްލާފައިވެ އެވެ.












