ހުޅުމާލޭ ހިޔާ ފްލެޓުން ވެއްޓުނު ކުޑަ ފިރިހެން ކުއްޖާ ނިޔާވެއްޖެ އެވެ.
އުމުރުން 15 އަހަރުގެ އެ ކުއްޖާ ނިޔާވިކަން ފުލުހުން ކަށަވަރުކޮށް ދިނެވެ.
މިރޭ 12:00 ހާއިރު ހިޔާ ފްލެޓުގެ 6 ވަނަ ޓަވަރުގެ 12 ވަނަ ފަންގިފިލާއިން އެ ކުއްޖާ ވެއްޓި، ބޮލަށް އަދި ހަށިގަނޑުގެ އެހެން ބައެއް ގުނަވަންތަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ.
"ފުރަތަމަ ވެއްޓި ޖެހުނީ ކާރު ބޮނެޓު މަތީގައި. ބޮނެޓު އޮތީ ބަނޑިވެފައި،" މަންޒަރު ފެނުނު މީހަކު ބުންޏެވެ.
އެ ކުއްޖާ ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލްގަ އެވެ.

ކުއްޖާ ވެއްޓެން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.













