ހުލާސާކޮށް އިއްޔެ: ޔާމީންގެ ހިތްހަމަނުޖެހުން ސުޕްރީމް ކޯޓަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝަރުތު އެ މަނިކުފާނުގެ ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ކަނޑައެޅި "ނުރައްކާތެރި އުސޫލެއް" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ޔާމީން އަށް ލިބިވަޑައިގަތަސް އިންތިހާބުގައި ވާދަ ނުކުރެއްވުނީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ނަގައި، ފައިސާ ލޯންޑަކުރިކަން ސާބިތުވެ އިއްވާފައި އޮތް 11 އަހަރުގެ ޖަލު ހުކުމާއި، ކޮށްފައިވާ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ސަބަބުންނެވެ. އެހެންވެ، އީސީން ޔާމީންގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ކަނޑައެޅި އެވެ.

އެ ނިންމުން ބަދަލު ކޮށްދިނުމަށް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައި ނުކުތާއަކީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ ޅ. ގައި އޮންނަ ޝަރުތުގައި ބަޔާންކުރާ ހުކުމަކީ ނިހާއީ ހުކުމެއް ގޮތަށް ސުޕްރީމް ކޯޓުން މާނަކޮށްދިނުމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތާއީދު ކުރެއްވި، ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވަނީ ޔާމީނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށެވެ. އަދި, ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) އިތުރަށް މާނަ ކުރަން ނުޖެހޭ ކަމަށެވެ. އެހެންވެ، ޔާމީންގެ ކެންޑިޑެސީ އީސީން ބާތިލުކުރީ ރަނގަޅަށް ކަމަށް ހުކުމް އިއްވި އެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމާމެދު ހިތްހަމަޖެހިވަޑައިނުގެން ޔާމީން ވާހަކަ ދެއްކެވީ މިދިޔަ ބުދަ ދުވަހުގެ ރޭ އެ މަނިކުފާނު ދިރިއުޅުއްވާ، ހ. ދޫވެހި ކައިރިއަށް އެއްވި ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކައިގަ އެވެ. ކުޑަ ދޮރުކައިރީގައި ހުންނަވައި ބޭރަށް ބޯ ދިއްކުރައްވައިގެން ޔާމީން ދެއްކެވި ވާހަކައިގައި، ވ. އާރަށުގެ މައްސަލައިގެ އިސްތިއުނާފު ނުނިންމައި ހައިކޯޓުން ދިގު ދަންމާލީ ސަރުކާރުގެ ނުފޫޒުން ކަމަށް ތުހުމަތު ކުރެއްވި އެވެ.

"ސަރުކާރުން އަތް ބާނައިގެން އިސްތިއުނާފު ލަސްކޮށް، ސުޕްރީމް ކޯޓާ ހަމައިން އަޅުގަނޑުގެ އިސްތިއުނާފީ ހައްގު ވަނީ ކަޓުވާލާފައި،" ޔާމީން ވިދާޅުވި އެވެ.

"ބައެއް ބޭފުޅުންނަށް ހީފުޅުވަނީ ކަންނޭނގެ އަޅުގަނޑު ވަރަށް ހިތާމަކުރާނޭ ސުޕްރީމް ކޯޓުން އަޅުގަނޑުގެ ގޮނޑި ކަޓުވާލެއްވީމާ. މިއީ އިއްތިފާގެއްތޯ ތިޔަ ބޭފުޅުން ބައްލަވާ ލައްވާ."

ސުޕްރީމް ކޯޓަށް ހުށަހެޅީ ކެންޑިޑެސީ ލިބޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއްގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލަ ނިންމި ގޮތުން ނަތީޖާއަކީ، ވެރިކަމުގައި ހުންނަވާ ބޭފުޅަކު ބޭނުންވެގެން، އެހެން ކެންޑިޑޭޓުންގެ މައްޗަށް ހުކުމެއް ކޮށް އިންތިހާބީ ހައްގު ގެއްލުވާލަން ފުރުސަތު ލިބިގެން ދިޔަ ކަމަށް ޔާމީން ފާހަގަ ކުރެއްވި އެވެ.

"މިހާރު ދިވެހިރާއްޖޭގައި މިއޮތީ ވަަރަށް ނުރައްކާތެރި ޕްރެސިޑެންޓެއް ސުޕްރީމް ކޯޓުން ގާއިމު ކޮށްފައި. ވެރިއަކަށް ހުންނަ މީހަކު، ދެން ވާދަކުރާ މީހާ ކޮންމެ ވެސް ގޮތަކަށް ދަށު ކޯޓަކުން ކޮންމެވެސް ކަމެއްގެ ތުހުމަތުގައި އެެމީހާގެ މައްޗަށް ހުކުމެއް އަންނަންވީ. ދެނެއް ނެތް އޭނާއަށް ކުރިމަތިލެވޭނެ ގޮތެއް، ވަރިހަމަ ކުށެއް ކުރިޔަސް ނުކުރިޔަސް. ހަމަ ދަށު ކޯޓުން ހުކުމެއް އަންނަންވީ އޭނާއަށް އިސްތިއުނާފީ މުއްދަތު ހަނިވާ ގޮތަށް،" އެ މަނިކުފާނަށް މި ފަހަރު އިންތިހާބުގައި ވާދަ ނުކުރެއްވުމުން އެކަމުގެ ދިފާއެއްގެ ގޮތުގައި، ސަޕޯޓަރުންނަށް ވިދާޅުވި އެވެ.

ޔާމީންގެ ކެންޑިޑެސީ ދިފާއުގައި ސުޕްރީމް ކޯޓުގައި ދެއްކެވި އެއް ވާހަކަ ބުދަ ދުވަހުގެ ރޭ އެ މަނިކުފާނު ތަކުރާރު ކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މެދު ހެންވޭރު ދާއިރާއަށް ވާދަކުރެއްވި ހަސަން ޝިޔާމްގެ ކެންޑިޑެސީ ފޯމް އީސީން ބަލައި ނުގަތް މައްސަލަ ސުޕްރީމް ކޯޓުން ބާތިލްކުރީ، ނިހާއީ ހުކުމެއް ނެތުމުންން ކަމަށެވެ.

"މިފަހަރު އަޅުގަނޑާ ހަމައަށް މިކަން އައިމާ، އަދި އަޅުގަނޑު މި ވާހަކަ ކޯޓުގައި ދެއްކީމަ އަޅުގަނޑަށް ދެއްވާފައި އޮތް ޖަވާބަކީ ތިމަންނަމެން މިހާރު ތި އުސޫލުތަކާ ދުރަށް ދިޔައީ އޭ. އެއީ ކީއްވެތޯ، ކޮންމެ ފަހަރަކު ކަމެއް ދިމާވީމަ ކުރީގެ ނިންމާފައިވާ އުސޫލާ ދުރަށް މި ދަނީ،" ޔާމީން ވިދާޅުވި އެވެ.

"އެ ހުރިހާ ކަމެއް ކޮށްގެން ވެސް މި ސަރުކާރުން ހީކުރީ ކަންނޭނގެ މި ސަރުކާރު ވެރިކަމަށް އަންނާނޭ."

އެ މަނިކުފާނު ވިދާޅުވީ ލިބިވަޑައިގެންނެވި އެންމެ ބޮޑު އުފަލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުކަށް އައުން ކަމަށާއި އިސްތިއުނާފީ މަރުހަލާތައް ނިންމުމަށް ފަހު ނުކުންނަވާނީ މައުސޫމު މީހެއްގެ ގޮތުގައި ކަމަށެވެ.

މުހިންމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox