ޅ. ނައިފަރުން ގެއްލިގެން ހޯދަމުން ދިޔަ 13 އަހަރުގެ ކުއްޖާ އެ ރަށުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ ކުއްޖާ އެންމެ ފަހުން ފެނުނީ މިދިޔަ ސެޕްޓެމްބަރު 28، ގަ އެވެ. އޭނާ ގެއްލިގެން އުޅޭކަން ފުލުހުން އިއުލާން ކުރީ ރޭގެ ވަގުތެއްގަ އެވެ.
ފުލުހުން ދެންމެ ބުނީ މިއަދު ހަވީރުގެ ވަގުތެއްގައި ނައިފަރުން އެ ކުއްޖާ ފެނިފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަނީ ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ނަމަކަށް ކިޔާ ކުއްޖެކެވެ. އެ ކުއްޖާ މިއަދު މި ފެނުނީ ގެއްލުނުތާ ފަސް ވަނައަށްވި ދުވަހެވެ.
ނައިފަރުން "އަދަދު" ނޫހަށް މިއަދު ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ ރަށުގެ އުތުރު ހުރަސް ބޮޑު މަގުގައި އެ ކުއްޖާއާއެކު ފުލުހުން ތިބި ތަން ފެނިފައިވާ ކަމަށެވެ.

މި ކަމުގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.












