މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މެންދުރު 1:00އާ ހަމައަށް 144347 މީހުން ވޯޓުލައިފި އެވެ.
ސެޕްޓެމްބަރު މަހު ނުވައެއްގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރުގައި ވޯޓުލާ މީހުންގެ އަދަދު އިތުރެވެ. އެގޮތުން ހެނދުނު 8:00 އިން ފެށިގެން މެންދުރު 1:00 އާ ހަމައަށް 144347 މީހުން ވޯޓުލާފައި ވާއިރު، ފުރަތަމަ ބުރުގެ އެ ވަގުތުގައި ވޯޓުލީ 129،975 މީހުންނެވެ.
މިހާތަނަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 70,391 އަންހެނުންނާއި 73,956 ފިރިހެނުންނެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ޖުމްލަ 225,484 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ އާބާދީގެ 80 ޕަސެންޓު މީހުންނެވެ.
ފުރަތަމަ ބުރުގައި ބެހެއްޓި 574 ވޯޓު ފޮށީގެ އިތުރަށް މި ބުރުގައި 12 ފޮށި ބަހައްޓާނެ އެވެ. އެއީ އަތޮޅުތަކުގައި 319 ފޮށި، މާލެ ސަރަހައްދުގައި 187 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި 9 ފޮށި، ޖަލުތަކުގައި 5 ފޮށި، އަދި، ސިނާއީ ސަރަހައްދެއްގައި ބެހެއްޓޭ ފޮށްޓެކެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރިމަތިލާއިރު، ފުރަތަަމަ ބުރުގައި ތިންވަނަ، ހަތަރުވަނަ، އަދި ފަސްވަނައަށް ދިޔަ ކެންޑިޑޭޓުން އަދި ޕާޓީތަކުން ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ސަޕޯޓު ނުކުރުމަށް ނިންމާފަ އެވެ. ޕީއެންސީއާއެކު އެމްއެންޕީއިން ކޯލިޝަން ހެދިއިރު އެމްޑީއޭއިން ވަނީ އެމްޑީޕީ ދޫކޮށް ޑރ. މުއިއްޒު އަށް ތާއީދުކޮށްފަ އެވެ.