ހުލާސާކޮށް އިއްޔެ: "ސްކީލާން" ޑޮކިއުމެންޓަރީއަށް ބޮޑު ސަމާލު ކަމެއް ލިބުމާއި މުއިއްޒުގެ ރައްދު

Sep 27, 2023, 4:02 AM
ސްކީލާން ހުސައިން

ސްކީލާން ހުސައިން

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ، އަވަށްޓެރި ސިލޯނަށް އުފަން، ޖީ ސްކީލާން ހުސެއިން، ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް ބްލެކްލިސްޓުކޮށް ޑީޕޯޓުކޮށްލުމާ ގުޅޭ ގޮތުން އަދަދު ނޫހުން ހެދި ތަހުގީގީ ޑޮކިއުމެންޓަރީ އިއްޔެ ރިލީޒްކުރުމާއެކު، ގިނަ ބައެއްގެ ސަމާލުކަން ލިބި، އެކަމަށް މުއިއްޒު ރައްދު ދޭންޖެހިވަޑައިގަތެވެ.

މުއިއްޒުގެ ބައްޕަ، ޝެއިޚް ހުސައިން އަބްދުއްރަހުމާން 2015 ވަނަ އަހަރު ނިޔާވުމަށް ފަހު، ހުވަފަތް އަނބިކަނބަލުން ސްކީލާން ރާއްޖެ ދޫކޮށް ދާންޖެހުނު ގޮތާއި އޭނާ ބްލެކްލިސްޓްކުރި ގޮތާއި ކުރެވޭ ތުހުމަތު، ހެއްކާއި، އެ އަންހެން މީހާގެ އިންޓަވިއުއާއެކު ޑޮކިއުމެންޓަރީގައި ގެނެސްދީފައިވެ އެވެ.

އިއްޔެ މެންދުރު ޑޮކިއުމެންޓްރީ ނެރުމާއެކު މުއިއްޒަށް ފާޑުކިޔުމާއި ނުރުހުން ސޯޝަލް މީޑިއާގައި އޮއްސާލިއިރު، މުއިއްޒުގެ ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުކުރީ އަދަދު ނޫހަށެވެ.

ޑޮކިއުމެންޓަރީގެ ހުލާސާ

  • ސްކީލާން އާއި ޝެއިޚް ހުސައިން އަބްދުއްރަހުމާން ކައިވެނި ބައްލަވައިގެން 13 އަހަރު އުޅުއްވި
  • ޝެއިޚު ހުސައިން އަވަހާރަވީ ސެޕްޓެމްބަރު 29، 2015 ގައި
  • ތަރިކައިގެ މައްސަލަ ފެމިލީ ކޯޓަށް ހުށަހެޅީ އޮކްޓޯބަރު 11، 2015
  • މައްސަލަ ނިންމީ ނޮވެމްބަރު 29، 2015 ގައި
  • ސްކީލާން ރާއްޖޭން ފުރީ ޖެނުއަރީ 12، 2016
  • އެނބުރި ރާއްޖެ އައީ މާޗް 4، 2016 ގައި (އޭގެ ދެ ދުވަސް ކުރިން މާޗް 2، 2016 ބްލެކްލިސްޓްކުރި)
  • ސްކީލާން ތުހުމަތު ކުރަނީ މުއިއްޒުގެ މައްޗަށް
  • ސްކީލާން ބްލެކްލިސްޓު ކުރީ، ގާނޫނާ ހިލާފަށް ވަގުފާރީގެ ތުހުމަތުގައި
  • އެ ބޮޑު ތުހުމަތުގެ އެއްވެސް ތަހުގީގެއް ނެތް
  • އެކަމާ ގުޅޭ އެއްވެސް ލިޔުމެއް އިމިގްރޭޝަންގައި ވެސް ނެތް
  • ސްކީލާން ސިލޯނަށް ދިޔަ ފަހުން މުއިއްޒުގެ އާއިލާ އޭނާއާ ގުޅުން ކަނޑާލި ކަމަށް ބުނޭ. މުވާސަލާތީ ހުރިހާ ވަސީލަތަކުން އޭނާ ބްލޮކްކުރި ކަމަށް ބުނޭ
  • މަރު ދުވަހާ ހަމައަށް ބަލާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް އެހީއެއް ނުލިބޭ ކަމަށް އޭނާ ބުނޭ

މި ތުހުމަތުތައް ކޮށްފައި ވަނިކޮށް، ކެމްޕޭނުގައި މުއިއްޒު ފުވައްމުލަކަށް ވަޑައިގެން ރޭ ވިދާޅުވީ އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކުވެސް އަރައިގަނެފައި ނޯންނާނެ ކަމަށެވެ.

މުހިންމު ބައެއް ހަބަރުތައް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox