ނިޒާމީ ގަރާރު އީސީ އަށް ލިބި، ގާނޫނީ މަޝްވަރާތައް ފަށައިފި

ނިޒާމީ ގަރާރު އީސީ އަށް ލިބި، ގާނޫނީ މަޝްވަރާތައް ފަށައިފި

އޮކްޓޯބަރު 30 ވަނަ ދުވަހުގެ ކުރިން ވެރިކަން ކުރުމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ގަރާރަށްް އިލެކްޝަންސް ކޮމިޝަނުން މަޝްވަރާ ކުރަން ފަށައިފި އެވެ.

އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މިއަދު ވިދާޅުވީ މަޖިލީހުން އެ ގަރާރު ފާސްކުރި ކަން މިއަދު އީސީ އަށް ރަސްމީކޮށް އަންގާފައިވާ ކަމަށެވެ.

އަދި އެކަމާއި ގުޅިގެން އެކޮމިޝަނުން އަމަލުކުރަންޖެހޭ ގޮތުގެ ގާނޫނީ ލަފާ މިހާރު ހޯދަމުންދާ ދާ ކަމަށް ވިދާޅުވި އެވެ.

އޮކްޓޯބަރު 30 ވަނަ ދުވަހުގެ ކުރިން ވެރިކަން ކުރުމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ. ގަރާރު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މަޖިލީހުގެ 35 މެންބަރުން ބައިވެރިވެގެން ގަރާރު ފާސްކުރިއިރު މަޖިލީހުގައި 87 މެންބަރުން ތިއްބަވަ އެވެ.

ގަރާރުގެ މަސައްކަތް މަޖިލީހުގައި ފެށީ، މަޖިލީހުގެ މެންބަރުން ތަމްސީލްކުރާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކޮށް، އެ ހުރިހާ ޕާޓީއެއްގެ ރުހުން އެ ކަމުގައި ހޯދުމަށް ފަހުގަ އެވެ.

އިލްޔާސް ގަރާރު ހުށަހެޅުއްވި އިރު ވޯޓު ނެގުމަށް ހިމަނާފައިވާ ތާރީހަކީ ނޮވެމްބަރު 30، ގެ ކުރިންނެވެ. އެ ތާރީހު އޮކްޓޯބަރު 30، ގެ ކުރިއަށް ގަރާރު އިސްލާހުކުރީ ކޮމިޓީ މަރުހަލާގައި އިލްޔާސް ހުށަހަޅުއްވައި، ކޮމިޓީން އެ ގޮތަށް ފާސްކުރުމަށް ފަހު އެވެ.

ޑިމޮކްރެޓްސް އިން ވަކާލާތު ކުރަމުން އަންނަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް ބުނަނީ ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ބޭއްވި އެއްވެސް ރިޔާސީ އިންތިހާބެއްގެ ފުރަތަމަ ބުރުން ރައީސަކު އިންތިހާބު ނުވެ، ޕާޓީތަކުން ކޯލިޝަން ހަދަން ޖެހިފައި ވާއިރު ކޯލިޝަން ހެދުމަކީ ބަރުލަމާނީ ސިފަޔަކަށް ވުމެވެ.

ރައްޔިތުންގެ މަޖިލީހުގައި ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފާސްކޮށްފައި މިވަނީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ޑިމޮކްރެޓްސްއިން ހޯދާ ދެވަނަ ބުރުގެ ތާއީދު ދިނުމަށް އެމްޑީޕީއަށް އެ ޕާޓީން އެ ޝަރުތު ވެސް ހުށަހަޅާފައިވަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox