ވޯޓުލާ ބޫތުގެ ޑިޒައިން އަށް ބަދަލު ގެނެސް، ދެވަނަބުރަށް އިތުރު އޮފިޝަލުން ތަމްރީނުކުރަނީ

ވޯޓުލާ ބޫތުގެ ޑިޒައިން އަށް ބަދަލު ގެނެސް، ދެވަނަބުރަށް އިތުރު އޮފިޝަލުން ތަމްރީނުކުރަނީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ބަހައްޓާ ބޫތުތަކުގެ ޑިޒައިނަށް ބަދަލުގެނެސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

މީގެ ކުރީގެ އިންތިހާބުތަކާ ހިލާފަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ބޫތު ބަހައްޓާފައިވަނީ ވޯޓުލާ މީހާގެ ހަރަކާތްތައް އޮބްޒާވަރުންނާއި މޮނީޓަރުންނަށް ފެންނަ ގޮތަށެވެ. އޭގެ ސަބަބުން ވޯޓު ސިއްރު ވުމާމެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ. އެހެންވެ ބޫތު ބަހައްޓާ ގޮތައް ބަދަލުތަކެެއް ގެންނާނެ ކަމަށް އީސީން ކުރިން ވެސް ބުންޏެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް "އަދަދު" އަށް މިއަދު ވިދާޅުވީ ފުރަތަމަބުރުގައި އެކި ފަރާތްތަކުން ލިބުނު ޝަކުވާތަކަށް ބެލުމަށްފަހު ވޯޓުލާ ބޫތުގެ ޑިޒައިންއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެ ބޫތު ތަކުގެ އެންމެ ތިރިން ބައެއް ކަނޑާލައި ދެ އަަރިމަތިން ބޮޑަށް ނިވާ ވާ ގޮތައް ހަދާފައިވާނެ ކަމަށް ވިދާޅުވި އެވެ.

މިހެން ހެދުމުން ވޯޓުލާ މީހާއަށް ބޫތުގެ ތެރެއަށް ކޮންމެވެސް ވަރަކަށް ވަދެވޭނެ އެވެ. ނަމަވެސް ބޫތުތައް އަދިވެސް ބަހައްޓާނީ ވޯޓުލާ މީހާގެ ހަރަކާތްތައް އޮބްޒާވަރުންނާއި މޮނީޓަރުންނަށް ފެންނަ ގޮތަށެވެ.

ބޫތުގެ ޑިޒައިނަށް ބަދަލުގެނެސްފަ ހުންނާނީ. ދެން ފާހަގަ ޖަހާ ތަނުގެ މަތީގައި ބްރިޓްސްލް ބޯޑެއްވެސް ބާއްވާފައި އޮންނާނީ. ފަސޭހަވާނެ ފާހަގަޖަހަން. ދެން ގަލަން ހުންނާނީ އާ ގަލަން" އޭނާ ވިދާޅުވި އެވެ.

ހަބީބު ވިދާޅުވި ގޮތުގައި ވޯޓުލުމުގެ ކަންތައްތައް އަވަސް ކުރުމުގެ ގޮތުން އިތުރު އޮފިޝަލުންވެސް ނަގައި ތަމްރީނުކުރުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރު ދަނީ ކުރަމުންނެވެ.

"ރިޒާވް ޕޫލްގައި ތިބި ފުދޭވަރަކަށް ރަނގަޅު އޮފިޝަލުން. އޭގެން އޮފިޝަލުން ނަގައި ތަމްރީނުކުރުމުގެ މަސައްކަތް އިއްޔެއިން ފެށިގެން އަޅުގަނޑުމެން މިދަނީ ކުރަމުން" ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 500 މީހުންނަށްވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ފޮށިތައް ބަހައްޓާފައި ހުންނަ މަރުކަޒުތަކުގެ ޖާގަ ބޮޑު ނަމަ ވޯޓު ކަރުދާސް ދޫކުރަންވެސް ދެ އޮފިޝަލުން ތިބޭނެ ކަމަށެވެ. އަދި ކިއު މެނޭޖުކުރުމަށްވެސް އިތުރު އޮފިޝަލުން ހަރަކާތްތެރިވަމުން ދާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox