ބޭރުގެ ސަފާރީތަކާއި ކްރޫޒްލައިނާ އޮޕަރޭޓުކުރަން ނަގާ ފީތަކަށް ބަދަލުގެނެސް އާ ގަވާއިދެއް ނެރެފި

ބޭރުގެ ސަފާރީތަކާއި ކްރޫޒްލައިނާ އޮޕަރޭޓުކުރަން ނަގާ ފީތަކަށް ބަދަލުގެނެސް އާ ގަވާއިދެއް ނެރެފި

ރާއްޖެއަށް އަންނަ ބޭރުގެ ސަފާރީތަކާއި ޔޮޓް އަދި ކްރޫޒްލައިނާތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާ ބެހޭ އާ ގަވާއިދެއް ނެރެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުުރި "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވުމާއި ބަނދަރުކުރުމާބެހޭ ގަވާއިދު" އާއެކު ބޭރުގެ ޓޫރިސްޓު އުޅަނދުތަަކަށް ރާއްޖޭގައި ކްރޫޒިން ޕާމިޓް ދޫކުރާ މުއްދަތާއި އެކަމަށް ދައްކަންޖެހޭ ފީތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

އެގޮތުންް 20 މީޓަރަށްވުރެ ކުދި ބޭރުގެ ޓޫރިސްޓު އުޅަނދުފަހަރުތަކަށް އެއްވެސް ފީއަކާ ނުލައި ރާއްޖޭގެ ސަރަހައްދުގައި 90 ދުވަސްވަންދެން ދުއްވައި ބަނދަރުކުރެވޭނެ އެެވެ. އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނަމަ 90 ދުވަސް ހަމަވުމުން މުއްދަތު އިތުރުކުރާ ކޮންމެ ދުވަހަކަށް 50 ޔޫއެސް ޑޮލަރުގެ ފީއެއް ދައްކާގޮތައް 275 ދުވަހާ ހަމަޔަށް ކްރޫޒިން ޕާމިޓްގެ މުއްދަތު އިތުުރުކުރެވޭނެ އެެވެ.

އެއާ ހިލާފަށް 20 މީޓަރަށްވުރެ ދިގު އުޅަނދުތަކަށް ކްރޫސިން ޕާމިޓް ދޫކުރާނީ 1،000 ޔޫއެސް ޑޮލަރުގެ ފީއެއް ދެއްކުމުންނެވެ. މި ޕާމިޓުގެ މުއްދަތަކީ އިންވާޑް ކްލިއަރެންސް ދޭ ދުވަހުން ފެށިގެން 90 ދުވަހެވެ. މި އުޅަނދުތައް ރާއްޖޭގެ ސަރަހައްދުގައި ދުއްވައ،ި ބަނދަރުކޮށްހަދާ މުއްދަތަށް، ދުވާލަކަށް 100 ޔޫއެސް ޑޮލަރުގެ ފީއެއް ދައްކަންޖެހޭނެ އެވެ.

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގައި ރަޖިސްޓްރީކޮށްފައިވާ 20 މީޓަރަށްވުރެ ދިގު އުޅަނދެއް ނަމަ ކްރޫޒިން ޕާމިޓް އެއް އަހަރަށް އިތުރުކުރެވިދާނެ އެވެ. ނަމަވެސް އެ ހުއްދަ އެއް އަހަރަށްވުރެ އިތުރުކުރާ ނަމަ 3،500 ޔޫއެސް ޑޮލަރުގެ ފީއެއް ދައްކަންޖެހޭނެ އެވެ.

މި އާ ގަވާއިދާއެކު "ޗާޓަ ލައިސެންސް" ދޫކުރާ އަގުތަކަށް ވެސް ވަނީ ބަދަލުގެނެސްފަ އެވެ. އެގޮތުން:

  • 20 މީޓަރާއި އެއަށްވުރެ ކުދި އުޅަނދުތައް - ދުވާލަކު 100 ޔޫއެސް ޑޮލަރު
  • 21-35 މީޓަރުގެ އުޅަނދުތައް - ދުވާލަކަށް 250 ޔޫއެސް ޑޮލަރު
  • 36-45 މީޓަރުގެ އުޅަނދުތައް - ދުވާލަކަށް 400 ޔޫއެސް ޑޮލަރު
  • 46-75 މީޓަރުގެ އުޅަނދުތައް - ދުވާލަކަށް 550 ޔޫއެސް ޑޮލަރު
  • 76-100 މީޓަރުގެ އުޅަނދުތައް - ދުވާލަކަށް 700 ޔޫއެސް ޑޮލަރު
  • 101 މީޓަރަށްވުރެ ދިގު އުޅަނދުތައް - ދުވާލަކަށް 850 ޔޫއެސް ޑޮލަރު

އާ ގަވާއިދާއެކު ކުރިން އަމަލުކުރަމުން އައި "ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމާބެހޭ ގަވާއިދު" ވަނީ އުވާލާފަ އެވެ.

އެ ގަވާއިދާ ހިލާފުވާ އުޅަނދުފަހަރުތައް ޖޫރިމަނާ ކުރާނެ އަދަދުތައް ވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ފުރަަތަަމަ ފަހަރަށް 1،000 ޔޫއެސް ޑޮލަރު އަދި ދެވަނަ ފަހަރަށް 2،000 ޔޫއެސް ޑޮލަރުން ޖޫރިމަނާ ކުރާނެ އެވެ. އަދި ދެ ފަހަރަށްވުރެ އިތުރަށް ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 6,000 ޔޫއެސް ޑޮލަރުން ޖޫރިމަނާ ކުރާނެ އެވެ.

މީގެ ފަހުން އަމަލުކުރާނީ ބުރާސްފަތި ދުވަހު ގެޒެޓު ކުރި އާ ގަވާއިދަށެވެ. އަދި މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ރާއްޖޭގެ ސަރަހައްދުގައި ދުއްވައި ބަނދަރުކުރުމަށް ހުއްދަ ދީފައިވާ އުޅަނދުތަކުގެ މައްޗަށް މި ގަވާއިދު ހިނގަން ފަށާނ،ީ އެ އުޅަނދަކަށް ކުރިން ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox