އެނގުން މުހިންމު؛ ވޯޓު ސައްހަ އަދި ބާތިލު ވަނީ ކިހިނެއް؟

އިންތިހާބުގެ ފުރަތަމަ ބުރުގައި ލާފައިވާ ބާތިލް ވޯޓެއް -- ފޮޓޯ: އިޔާން/އަދަދު

އިންތިހާބުގެ ފުރަތަމަ ބުރުގައި ލާފައިވާ ބާތިލް ވޯޓެއް -- ފޮޓޯ: އިޔާން/އަދަދު

ރިޔާސީ އިންތިހާބުގައި ވޯޓު ލާން ދާއިރު، ތިމާ ލާ ވޯޓު ބާތިލު ވެދާނެ ގޮތްގޮތާއި، ވޯޓު ސައްހަވަނީ ކިހިނެއްކަން އެނގުން މުހިންމެވެ.

އިލެކްޝަން ކޮމިޝަން އޮފް މޯލްޑިވްސް (އީސީ) އިން ވަނީ ވޯޓު ބާތިލު އަދި ސައްހަވާ ގޮތުގެ މިސާލުތަކާއެކު އެ ކޮމިޝަނުގެ އިރުޝާދު ކަރުދާސް އާންމުކޮށްފަ އެވެ.

ވޯޓު ބާތިލު ވާނެ ހާލަތުތައް

  • އީސީން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސް ނޫން އެހެން ކަރުދާހެއްގައި ވޯޓު ދިނުން
  • ގާނޫނާ ހިލާފަށް ދީފައިވާ ވޯޓަކަށްވުން
  • އެއްވެސް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ހެޔޮ ފާހަގަ ޖަހާފައި ނުވާ ވޯޓު ކަރުދާސް
 ވޯޓު ކަރުދާހުގައި އެއްވެސް ފާހަގަ އެއް ނުޖަހައި
ވޯޓު ކަރުދާހުގައި އެއްވެސް ފާހަގަ އެއް ނުޖަހައި

ވޯޓު ކަރުދާހުގައި އެއްވެސް ފާހަގަ އެއް ނުޖަހައި

  • ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާއި ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އެހެން ފާހަގައެއް ޖަހާފައިވާ، ނުވަތަ ލިޔުމެއް ލިޔެ އަދި ކުރެހުމެއް ކުރަހާފައިވާ ވޯޓު ކަރުދާސް

ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން އިތުރު ނިޝާނެއް ޖަހާފައިވާ ވޯޓު ކަރުދާހެއްގެ މިސާލެއް

  • އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާއި ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް
އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑެޓުންގެ ނަމާއި ދިމާޅުގައި ފާހަގަ ޖަހާފައި
އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑެޓުންގެ ނަމާއި ދިމާޅުގައި ފާހަގަ ޖަހާފައި

އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑެޓުންގެ ނަމާއި ދިމާލުގައި ފާހަގަ ޖަހާފައި

  • ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާއި ދިމާލުގައި އެއް ރަނގަޅު ފާހަގައަށް ވުރެ ގިނަ ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް

އެއް ރަނގަޅު ފާހަގައަށް ވުރެ ގިނަ ރަނގަޅު ފާހަގަ ޖަހާފައި

  • ވޯޓު ދޭ މީހާ ވޯޓު ދޭ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭ ގޮތަށް ދީފައިވާ ވޯޓު
ވޯޓު ދީފައިވަނީ ކޮން ކެންޑިޑެޓެއްކަން ކަށަވަރު ނުވާ ވޯޓު
ވޯޓު ދީފައިވަނީ ކޮން ކެންޑިޑެޓެއްކަން ކަށަވަރު ނުވާ ވޯޓު

ވޯޓު ދީފައިވަނީ ކޮން ކެންޑިޑެޓެއްކަން ކަށަވަރު ނުވާ ވޯޓު

  • ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާއި ދިމާލުގައި އާދައިގެ ކަޅު ނުވަތަ ނޫ ކުލައިގެ ދެލީގެ ގަލަމެއް ފިޔަވައި، އެހެން ކުލައެއްގެ ދެލީގެ ގަލަމަކުން ނުވަތަ އެއްޗަކުން ފާހަގަޖަހާފައިވުން.
އާދައިގެ ކަޅު ނުވަތަ ނޫ ކުލައިގެ ދެލި ހުންނަ ގަލަން ނޫން އެހެން ކުލައެއްގެ ގަލަމަކުން ފާހަގަ ޖަހާފައި
އާދައިގެ ކަޅު ނުވަތަ ނޫ ކުލައިގެ ދެލި ހުންނަ ގަލަން ނޫން އެހެން ކުލައެއްގެ ގަލަމަކުން ފާހަގަ ޖަހާފައި

އާދައިގެ ކަޅު ނުވަތަ ނޫ ކުލައިގެ ދެލި ހުންނަ ގަލަން ނޫން އެހެން ކުލައެއްގެ ގަލަމަކުން ފާހަގަ ޖަހާފައި

ވޯޓު ސައްހަވާނެ ހާލަތުތައް

  • އެއް ކެންޑިޑޭޓްގެ ނަމާއި ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު
އެއް ކެންޑިޑެޓަކާއި ދިމާލުގައި އެއް ރަނގަޅު ފާހަގަ ޖަހާފައި
އެއް ކެންޑިޑެޓަކާއި ދިމާލުގައި އެއް ރަނގަޅު ފާހަގަ ޖަހާފައި

އެއް ކެންޑިޑެޓަކާއި ދިމާލުގައި އެއް ރަނގަޅު ފާހަގަ ޖަހާފައި

  • އެއް ކެންޑިޑޭޓެއްގެ ނަމާއި ދިމާލުގައި ޖަހާފައިވާ ފާހަގައަކީ ރަނގަޅު ފާހަގައެއްކަން ދެނެގަނެވޭނެ ވޯޓު

ރަނގަޅު ފާހަގައެއްކަން ދެނެގަނެވޭނެ ވޯޓު

  • ފާހަގަ ޖެހުމުގެ ތަފާތު މިސްރާބަކަށް ޖަހާފައިވާ ނުވަތަ ފާހަގަޖެހުމުގެ ބައްޓަމަށް ތަފާތު ބަދަލު އައިސްފައި ހުރި ނަމަވެސް، އެއް ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ޖަހާފައިވާ ފާހަގައަކީ ރަނގަޅު ފާހަގައެއްގެ ވައްތަރެއް ކަމުގައި ދެނެގަނެވޭ ވޯޓު

އިދިކޮޅަށް ފާހަގަ ޖެހާފައި

  • ފާހަގަޖެހުމަށް ހާއްސަކޮށްފައިވާ ގޮނޑީގައި ނޫން ނަމަވެސް، އެއް ކެންޑިޑޭޓެއްގެ ނަމާއި ދިމާލުގައި ނުވަތަ، އެއް ކެންޑިޑޭޓުގެ ނިޝާނުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު

ކެންޑިޑޭޓުގެ ޕާޓީ ނިޝާން ކައިރީ ފާހަގަޖަހާފައި

ސެޕްޓެމްބަރު 9، ގައި އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވީ 282،395 މީހުންނަށެވެ. އިންތިހާބުގައި ވޯޓު ލީ 225،486 މީހުންނެވެ. އެއީ ވޯޓު ލެވޭ މީހުންގެ 79.85 އިންސައްތަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސައްހަ 220،651 ވޯޓެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ލާފައިވާ ބާތިލު ވޯޓުގެ އަދަދު 4،835 އަށް އަރަ އެވެ.

ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ 101،635 ވޯޓު ހޯއްދެވިއިރު އެއީ ވޯޓުލީ މީހުންގެ 46.06 ޕަސެންޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39.05 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ މާލޭގެ މޭޔަރަކަށް މިހާރު ހުންނެވި މުއިއްޒާއި ރައީސް ސޯލިހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox