ފުވައްމުލައް، ހިމޭން ގޯޅިތަކާއި ތިރި ފާރުތަކުގެ ޖަޒީރާ

ފުވައްމުލަކުގެ ވެކި މަގެއް: ބޮޑެރި ހުރިހާ މަގެއްގައިހެން މިހާރު ވަނީ ތާރު އަޅާފައި -- އަދަދު ފޮޓޯ އަހުމަދު ސައީދު

ފުވައްމުލަކުގެ ވެކި މަގެއް: ބޮޑެރި ހުރިހާ މަގެއްގައިހެން މިހާރު ވަނީ ތާރު އަޅާފައި -- އަދަދު ފޮޓޯ އަހުމަދު ސައީދު

ޔުނެސްކޯ އިން ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅަފައިވާ މި ރަށަކީ ހިސާބު ނަންބަރު އަށެއްގެ ބައްޓަމަށް، ގުދުރަތީ ގޮތުން މުޅިން އެކަހެރިކޮށް އޮންނަ 491 ހެކްޓަރުގެ ބޮޑު ރަށެވެ. ރަށުގެ ވަށައިގެން ރުއް ހެދިފައިވާ، ފެހިކަން ގަދަ މި ރަށުގެ ދެކޮޅުގެ މެދު، އަޑިވެގެން އުފެދިފައި ވަނީ ހިތްގައިމު ދެ ކުޅި އެވެ.

މި ރަށާއި ބެހޭ ގޮތުން މީހުން ބުނާނީ މިއީ ރީތި ދެ ކުޅި އާއި ރާއްޖޭގައި އޭގެ ދެވަނައެއް ނެތް ތުނޑިއެއް އޮންނަ ރަށެއް ކަމަށެވެ. މި ރަށުގައި އެނޫން ވެސް އިތުރު ހިތްގައިމު ސިފަތައް އެބަ ހުއްޓެވެ.

މި ރަށުގެ 80 ޕަސެންޓް މަގުގައި ވަނީ ތާރު އަޅާފަ އެވެ. ތޭރަ ހާހަށްވުރެ ބޮޑު އާބާދީ އެއް އޮތަސް، އެއްވެސް ވަރަކަށް މަޑު ކުރަން ނުޖެހި، ތާރު މަގު ތަކުގައި ސައިކަލު ދުއްވާލެވެ އެވެ.

Advertisement

އެހެން ރަށްރަށާއި ހިލާފަށް، މިރަށުގެ ގިނަ ގޭގެ އަކީ މަގު ފާރު އުސްކޮށް ދޮރާށި ބަހައްޓާފައި ހުންނަ ގޭގެ އެއް ނޫނެވެ. ގޭގެ ހުންނަނީ މަގުމަތިން ހިނގާފައިދާ މީހުން ފެންނަ ގޮތަށް، ދެތިން ފުޓޫ އުސްކޮށް ފާރުބުރި ރާނާފަ އެވެ. ތިރިކޮށް ފާރު ހުރުމުން ގޭގައި ހުންނަ ޖޯލި ފަތީގައި ނޫނީ އުނދޯލި ގޭގައި ތިބޭއިރު، މަގުމަތިން ދާ މީހުން ފެނެ އެވެ.

ފުވައްމުލަކުގެ ގެއެއް: ގިނަ ގޭގޭގަެއި ފާރު ހުންނަނީ ތިރިކޮށް -- އަދަދު ފޮޓޯ/ އަހުމަދު ސައީދު
ފުވައްމުލަކުގެ ގެއެއް: ގިނަ ގޭގޭގަެއި ފާރު ހުންނަނީ ތިރިކޮށް -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ފުވައްމުލަކުގެ ގެއެއް: ގިނަ ގޭގޭގަެއި ފާރު ހުންނަނީ ތިރިކޮށް -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

"ކުރިން ފެށިގެން ވެސް މިރަށުގެ ގޭގޭގައި ހުންނާނީ ތިރި ފާރު، ފާރު ރޭނީމަ ވަރަށް ފަޅުވާނެ ދޯ! މަގުމަތިން ދާ މީހަކު ވެސް ނުފެންނާނެ، މީހަކާ ދިމަލެއް ވެސް ނުވާނެ،" ގެއެއްގެ ފާރުބުރި ކައިރީ މަގުމަތި ބަލަން ހުރި ފާތުމަތު ސާރާ ބުންނެވެ.

ގިނަ ގޭގޭގައި ފާރު ކައިރީގަ އާއި ފާރުބުރި މަތީގައި މާ ގަސް ހައްދާފައި ހުރެ އެވެ. ފައިވާނާއި ބޫޓާއި ހިއްކަން އަޅާފައި ހުންނަ އަންނައުނާއި، ދޮންނަ މެޝިނާއި ސައިކަލް ފަދަ ތަކެތި ހުންނަނީ ގޭތެރޭގައި މަގަށް ހާމަ އަށެވެ. މިރަށުގައި ވެސް މަސްތުވާ އެއްޗެހި ބޭނުންކުރާ މީހުންނާއި ވަގުން އުޅޭނެކަން ޔަގީނެވެ. އެމީހުންގެ އުނދަގޫ އެހާ ބޮޑެއް ނޫނެވެ.

ސައިކަލުގައި މަގުމަތީގައި ތަޅުދަނޑި ޖަފާފައި ހުއްޓަސް މީހަކު ނުބެހޭނެ، ޑްރަގް ބޭނުން ކުރާ ކުދިން ވެސް އުޅެނީ އަމިއްލަ އަށް ލާރި ހޯދައިގެން، އަދި އެއްޗެއް ވަގަށް ނެގިއަސް އެނގޭނެ އެ ނަގާނީ ކާކުކަން،" ރަށުގެ އަމާން ކަމާ ބެހޭ ގޮތުން މުހައްމަދު ވަލީދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަގު ފާރު އުސްކުރުމަކީ ގޭގެ ރީތިކަން ގެއްލި އަވަށްޓެރިންނާއި ގުޅުން ކެނޑޭނެ ކަމެކެވެ. އޭނާގެ އަންހެނުން، މަގަށް ވާގޮތަށް ގޭތެރޭގައި ސިމެންތި އަށްޓެއްގެ ކައިރީ ސްކޫލް ކުދިންގެ ބޫޓު ދޮންނަށް ހުއްޓެވެ.

މަގުމަތިން ދާ މީހުންނާއި ވާހަކަ ދައްކާލަން ފާރުބުރި ކައިރީ ތިބޭ މަންޒަރު ބުނެދެނީ ރަށުގެ ރައްޔިތުންގެ މެދުގައި އޮތް ގާތްކަމާއި އެކުވެރި ގުޅުމެވެ.

ފުވައްމުލަކުގެ ގެއެއް: އެކަހެރިކޮށް ހުންނަ ގިނަ ގޭނެ ވަށާ ފާރެއް ނުހުރޭ -- އަދަދު ފޮޓޯ/ އަހުމަދު ސައީދު
ފުވައްމުލަކުގެ ގެއެއް: އެކަހެރިކޮށް ހުންނަ ގިނަ ގޭނެ ވަށާ ފާރެއް ނުހުރޭ -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ފުވައްމުލަކުގެ ގެއެއް: އެކަހެރިކޮށް ހުންނަ ގިނަ ގޭނެ ވަށާ ފާރެއް ނުހުރޭ -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

އުމުރުން، 74 އަހަރުގެ އަބަދުލް ކަރީމް (ކަރީމްބެ) ބުނީ މިރަށުގައި އެންމެ ފުރަތަމަ މަގު ފާރު ރޭނީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދައުރުގައި ސަރުކާރުން އަންގައިގެން ކަމަށެވެ. އޭރު ސަރުކާރުން އެންގީ ތިން ފޫޓަށް ފާރު ރޭނުމަށް ކަމަށް އޭނާ ބުންޏެވެ.

"އެންމެ ކުރިން ފާރެއް ނުހުރޭ، ސަރުކާރުން އެންގީމަ ރައްޔިތުން ނުކުމެ، ފާރު ރޭނުމުގެ މަސައްކަތް ކުރީ، އޭރު ވަރަށް ފޯރީގައި އެކަން ކުރި،" ކަރީންބެ ބުންނެވެ. "ލޮލާއި ލޯ ސިދާ ވުމަކީ ވެސް ކިހާ ސާވާބު ލިބޭ ކަމެއްކަން ނޭނގޭ މީހުން ފާރު އުސް ކުރަނީ."

އުސް އިމާރާތައް މަދު، މި ރަށުގައި ގިނައީ 5،000 އަކަފޫޓަށްވުރެ ބޮޑެތި ގޯތި ތަކެވެ. ދިހަ ހާސް އަކަފޫޓު ހުންނަ ވަރުގެ ގޭގެ ވެސް ހުރެ އެވެ. ގޯތީގެ ހުސްތަން އޮންނީ ބަނބުކޭލާއި އަނބާއި އެނޫން ބާވަތްތަކުގެ ގަހުން ހިޔާވެފަ އެވެ. ޗަކަ ބިން ބޮޑު ރަށަކަށް ވުމުން، ބައެއް ގޯތި ތަކުގައި ގެ އަޅާފައި ފުރަގަހަށް އޮންނަނީ އަލަ ހައްދާފައިވާ ސަރަހައްދު ތަކެވެ.

ގޯލިއަކުން ވަދެގެން ދާއިރު، އެކަހެރި ހިސާބެއްގައި ހުރި ގެއެއް: ވަށައިގެން އޮތީ އަލަ ހެދިފައިވާ ސަރަހައްދު-- އަދަދު ފޮޓޯ/ އަހުމަދު ސައީދު
ގޯލިއަކުން ވަދެގެން ދާއިރު، އެކަހެރި ހިސާބެއްގައި ހުރި ގެއެއް: ވަށައިގެން އޮތީ އަލަ ހެދިފައިވާ ސަރަހައްދު-- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ގޯލިއަކުން ވަދެގެން ދާއިރު، އެކަހެރި ހިސާބެއްގައި ހުރި ގެއެއް: ވަށައިގެން އޮތީ އަލަ ހެދިފައިވާ ސަރަހައްދު-- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ބޮޑެތި މަގުތަކާއި ގުޅިފައިވާ ހަނި ގޯޅިތައް ރަށުގައި ގިނަ އެވެ. ކަށިވެއްޔަށް ވުރެ ފުށް ބޮޑު، ހިމުން އަކިރިން ބިންމަތި އަލިކޮށްފައިވާ މި ގޯޅި ތަކަކީ 'ނިމުމެއް ނެތް' ގޯޅި ތަކެކެވެ. ގޯޅިއަކަށްް މީހަކު ވަދެގެން އަންނަކަން، ބިން މަތީގައި ފައި އެޅިމަ ކިޔާ މުރަނަ އަޑުން މާދުރަށް އިވޭނެ އެވެ. ހަމަހިމޭން މި ގޯޅި ތަކުގައި ހުންނަ ގެ ތަކުގައި އިންފާރެއް ނުހުރެ އެވެ. ރޭގަނޑު އަނދިރިކޮށް އޮންނަ މިގޯޅިތަކުން ފެންނަނީ ގޭގޭގެ ބޭރުގައި ހުނަން އަލިކަން އެކަންނެވެ. މަގު ފާރެއް ނުހުންނަ، މިފަދަ ބައެއް ގޭގޭގެ ވަށައިގެން ބޮޑު ސަރަހައްދަކަށް އޮންނަނީ އަލަ ބިމެވެ.

"ވަރަށް ހިތް ފަސޭހަ ފިނި ހިސާބެއް މީ، ވަރަށް ހަމަަ ހިމޭން ވާނެ،" ހާމައަށް ހުރި ގޭގެ ބޭރުގައި ހުރި ޖޯލިފަތީގައި އެކަނިމާ އެކަނި އިން، ހަދީޖާ އަހުމަދު ބުންޏެވެ. "ވަރަށް އެކަނި ފިލާ ބޭރުން ދާ މީހުން ފެނާތީ،"

ފަޅުރަށެއްގައި ދިރިއުޅުމުގެ އިހުސާސް ގެނުވާ މި ގެތަކާއި ގުޅިފައިވާ ގޯޅިތަކާއި ގޯތި ތެރޭގައި، ފުއްޓަރަށް ލައްގާ ކަހަލަ ހުދު އަކިރި ލައިފަ އޮތުމުން، ރާއްޖޭގެ ޖަޒީރާ ވަންނަކަން ސިފަކޮށްދެ އެވެ.

ފުވައްމުލަކު ގޯއްޗެއްގެ ތެރެ: ގޯރިތެރެ ރީތިކޮށް ބޭއްވުމުމަށް ހުދުވެލި ލައި-- އަދަދު ފޮޓޯ/ އަހުމަދު ސައީދު
ފުވައްމުލަކު ގޯއްޗެއްގެ ތެރެ: ގޯރިތެރެ ރީތިކޮށް ބޭއްވުމުމަށް ހުދުވެލި ލައި-- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ފުވައްމުލަކު ގޯއްޗެއްގެ ތެރެ: ގޯރިތެރެ ރީތިކޮށް ބޭއްވުމުމަށް ހުދުވެލި ލައި-- އަދަދު ފޮޓޯ/ އަހުމަދު ސައީދު

"ކުރިން ކޮންމެ ރޯދަ މަހެއް އަންނަންވާއިރަށް ކުރާކަމެއް އެއީ ވެލި ލުމަކީ، އަގަކަށްނޫން އެކަން ކުރަނީ، ވެލިނެގީމަ ކާން ލިބޭނެ، މުޅޯށީގަ އެއްގަމަށް އަރުވާ ގާޑިއަލުގަ ގެންނާނީ،" ކުރިން ވާހަކަ ދެއްކި ކަރީމްބެ ބުނީ ކުރިން ލިބޭހާ ރީތި ހުދު ވެލި މިހާރު ނުހުންނަ ކަމަށެވެ.

ދިވެހިންނަށް ކަނޑު އަޑީގެ ރީތިކަމެއް ނޭނގޭނެ އެވެ. ތެޔޮ ހޭނުމުގެ ބޭނުމުގައި ބޮޑެތި މިޔަރު ހިފުމަކީ މިރަށުގެ މީހުން ކޮށް އުޅުނު ކަމެކެވެ. މިހާރު 24 ގެސްޓު ހައުސް އާއި ޑައިވް ސެންޓަރުތައް ހުންނަ މިރަށުގައި ޓޫރިޒަމް ފުޅާވަމުން އަންނަނީ މިޔަރު ބަލަން އަންނަ މީހުންގެ ސަބަބުންނެވެ.

ފުވައްމުލަކަށް ޒިޔާރަތްކުރި ދެ ޓޫެރިސްޓުން: އެމީހުން އައީ މިޔަރު ބަލަން -- އަދަދު ފޮޓޯ އަހުމަދު ސައީދު
ފުވައްމުލަކަށް ޒިޔާރަތްކުރި ދެ ޓޫެރިސްޓުން: އެމީހުން އައީ މިޔަރު ބަލަން -- އަދަދު ފޮޓޯ އަހުމަދު ސައީދު

ފުވައްމުލަކަށް ޒިޔާރަތްކުރި ދެ ޓޫެރިސްޓުން: އެމީހުން އައީ މިޔަރު ބަލަން -- އަދަދު ފޮޓޯ އަހުމަދު ސައީދު

"ގޫގްލް އިން ބަލައިގެން މިރަށް ފެނުނީ، ޓައިގާ ޝާކް ބަލަން މި އައީ،" ހަތް ދުވަހުގެ ޗުއްޓީ އެއްގައި ލޯބިވެރިއާއެކު، މިރަށަށް އައިސްހުރި ސްޕޭނުގެ ޖާވިއާ ބުންޏެވެ.

އޭނާ ބުނީ މިރަށުގެ މާހައުލާއި މީހުންނާއި ކެއުންބުއީމާއި ހުރިހާ ކަމެއް ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

އިތުރަށް ބިން ބޮޑުކުރެވެން ނެތް، މިރަށުގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ ރަށުގެ ތަރައްގީއަށް ކޮންމެ ކަމެއް ކުރާއިރު ވެސް، ތިމާވެށި ހިމާޔަތް ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

"ކުޅި ހިމެނޭ ސަރަހައްދާ އެކު ޗަކަބިމުގެ ވަރަށް ބޮޑު ސަރަހައްދެއް ހުހަށް ބާއްވާފައި ވާނެ، ބިން ނެތީމަ، މައްޗަށް ނަގަން ޖެހޭ، ތިމާވެށި ކޮންޕްރައިސް ކުރިއަސް ވަރަށް ބޮޑަށް އިސްކަންދެން، ތިމާވެއްޓަށް،" އިސްމާއިލް ވިދާޅުވި އެވެ.

ފުވައްމުލަކު ބަންޑާރަ ކުޅި ސަރަހައްދު: އުސް އިމާރާތަތައް ނެތުމުން ކުޅީގެ ރީތިކެމެއް ނުގެއްލޭ -- އަދަދު ފޮޓޯ/ އަހުމަދު ސައީދު
ފުވައްމުލަކު ބަންޑާރަ ކުޅި ސަރަހައްދު: އުސް އިމާރާތަތައް ނެތުމުން ކުޅީގެ ރީތިކެމެއް ނުގެއްލޭ -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ފުވައްމުލަކު ބަންޑާރަ ކުޅި ސަރަހައްދު: އުސް އިމާރާތަތައް ނެތުމުން ކުޅީގެ ރީތިކެމެއް ނުގެއްލޭ -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ބީއްސާވެލީގެ ހިތްގައިމު ތުނޑިއަށް ހުސް ފުޅި އާއި ދަޅުފަދަ ތަކެތި އުކައެއް ނުހަދަ އެވެ. ރަށުގެ ހުރިހާ ހިސާބެއް ވެސް ފެންނަނީ ފެހިކޮށް ސާފު ކޮށެވެ. ބަނޑާރަ ކުޅި ކައިރީ ހުރެ ބަލާއިރު، ދިގު އެންޓަނާ އެއް ފިޔަވައި ވަށައިގެން ފެންނަނީ ފެހި ކަމެވެ. ބިން ހިއްކައި ބޮޑު ހިލަ ޖަހައި ރާއްޖޭގެ ގިނަ ރަށްތަކެއް ހަލާކުކޮށްލާފައި ވިޔަސް، މިރަށް އަދި އޮތީ ފެހިކަން ގަދަ ރީތި ރަށެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox