ކެމްޕޭނަށް ކުރި ހަރަދުތައް ނުބެލޭތީ އީޔޫގެ ކަންބޮޑުވުން

ރިޔާސީ އިންތިހާބާ ގުޅޭގޮތުން އީޔޫގެ އޮބްޒާވަރުން އިއްޔެ ބޭއްވި ޕްރެސް ކޮންޕަރެންސްގެ ތެރެއިން ---- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރިޔާސީ އިންތިހާބާ ގުޅޭގޮތުން އީޔޫގެ އޮބްޒާވަރުން އިއްޔެ ބޭއްވި ޕްރެސް ކޮންޕަރެންސްގެ ތެރެއިން ---- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކެންޑިޑޭޓުންނަށް ލިބޭ ފައިސާ އާއި ކުރާ ހަރަދާ ބެހޭ މައުލޫމާތު ދެފުށްފެންނަ ގޮތަކަށް ފެންނާން ނުހުނަ ކަމަށާއި ކެންޑިޑޭޓުންގެ ހަރަދުތަކުގެ ރިޕޯޓުތައް އޮޑިޓު ކުރުމުގެ ގާބިލުކަން އިލެކްޝަންްސް ކޮމިޝަނުގައި ނެތް ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ގުޅޭގޮތުން އީޔޫގެ އޮބްޒާވަރުންނަށް ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް އެކުލަވައިލި ވަގުތީ ރިޕޯޓުގައި ބުނެފައިވާ ގޮތުން މުވައްޒަފުންގެ ދަތިކަމާއެކު ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބާ ގުޅޭ އިންތިޒާމުތައް ފުރިހަމައަށް ކުރިއަށްގެންގޮސްފަ އެވެ.

އަދި ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރީ ވަކި ފަރާތަކަށް ނުޖެހި ޕްރޮފެޝަނަލްކޮށް ކަމަށާއި ނަމަވެސް ކެންޑިޑޭޓުން ކެމްޕޭނު ކުރުމުގެ ތެރެއިން ކަންބޮޑުތަކެއް ފާހަގަކުރެވުނު ކަމަށް ބުނެފައިވެ އެވެ.

އެ ކަންބޮޑުވުންތަކުގެ ތެރޭގައި އީޔޫއިން ފާހަގަކޮށްފައިވާ އެއް ކަމަކީ ދެފުށްފެންނަ ގޮތަކަށް ކެމްޕޭނުގެ ހަރަދުތައް ކުރުމާއި އެކަން ބެލޭނެ ހަރުދަނާ ނިޒާމެއް ނެތުމެވެ.

އީޔޫ ރިޕޯޓުގައި ބުނެފައިވާގޮތުން ކެމްޕޭނަށް ހަރަދުކުރުމުގެ ކަންތައްް ބެލެހެއްޓުން ތަފާތު އެކި ގާނޫނީ މިންގަނޑުތަކުގެ މައްޗަށް ބެހިފައި އޮތުމުން ކެމްޕޭނުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް އެކަންކަމާ ބެހޭ މައުލޫމާތު ހޯދަން ވަނީ އުނދަގޫ ކަމަކަށެވެ. އަދި ކޮންމެ ކެންޑިޑޭޓަކަށްވެސް ހަރަދުކުރެވޭނީ ގިނަވެގެން 564 މިލިއަން ރުފިޔާ ކަމަށްވިޔަސް ގިނަ ކެންޑިޑޭޓުންނާއި މަދަނީ މުޖުތަމައު ދެކޭ ގޮތުގައި އެއީ ގަބޫލުކުރެވޭފަދަ މިންވަރަކަށްވުރެ މަތީ އަދަދެއް ކަމަށް ވަނީ ބުނެފަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާގޮތުން އެ އަދަދަށްވުރެ އިތުރަށް ކެންޑިޑޭޓުން ހަރަދުކުރި ނަމަވެސް ނުވަތަ އިންތިހާބު ނިމޭތާ 60 ދުވަސްތެރޭ ހަރަދުގެ ތަފްސީލު އީސީ އަށް ނުފޮނުވި ނަމަވެސް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅެ އެވެ. އަދި ހަރަދުކުރިގޮތުގެ ރިޕޯޓު އީސީ އަށް ހުށަހަޅަންޖެހޭއިރު އެ ރިޕޯޓުތައް އޮޑިޓުކޮށް ރަނގަޅަށް ބެލެހެއްޓުުމުގެ ގާބިލުކަން އެ ކޮމިޝަނުގައި ނެތް ކަމަށް ވަނީ ބުނެފަ އެވެ.

އީޔޫ އިން ބުނީ މި ނިޒާމަކީ ރަނގަޅަށް މަސައްކަތް ނުކުރާ އަދި އިންތިހާބުގައި ޝާމިލުވާ ފަރާތްތަކުން އިހުތިރާމުވެސް ނުކުރާ ނިޒާމެއް ކަމަށެވެ.

ރިޕޯޓުގައި ފާހަގަކޮށްފައި އިތުރު ކަންބޮޑުވުންތަަކުގެ ތެރޭގައި ދައުލަތުގެ މީޑިއާއިން ރައީސް އަށް ހާއްސަ ސަމާލުކަމެއް ދިން އިރު ބޮޑެތި ބްރޯޑްކާސްޓަރުން ތިބީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހިފައި ކަމަށް ބުނެފައި ވެއެވެ. އަދިި ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގެ ތުހުމަތު އާއްމުކޮށް ކުރެވުނު ކަމަށާއި އެކަމާ ގުޅޭ ގިނަ މައްސަލަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނުކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެެ.

އީޔޫ އިން ބުނީ ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންތައް ހިނގާފައިވަނީ މައިގަނޑުގޮތެއްގައި ތަރުތީބުން ފުރިހަމައަށް ކަމަށެވެ.

ނަމަވެސް ވޯޓިން ބޫތު ބަހައްޓާ ގޮތައް ގެނައި ބަދަލާއެކު ވޯޓުގެ ސިއްރުކަން ގެއްލޭކަމުގެ ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށާއި ވޯޓިން މަރުކަޒުތައް ކައިރީގައި ސިޔާސީ ޕާޓީތަކުގެ މޭޒުތައް ބަހައްޓާފައި ހުރުމުގެ ސަބަބުން ވޯޓުލާ މީހުންގެ ހިތްތަކުގައި ފަސްޖެހުމާއި ބިރުވެރިކަން އުފެދުމުގެ ޖާގަ އޮތް ކަމަށް ބުނެފައިިވެ އެވެ. އީޔޫއިން ބުނާ ގޮތުގައި އެއީ މިނިވަންކަމާއެކު ވޯޓުލުމަށް އޮތް ހުރަހެކެވެ.

އޭގެ އިތުރުން ވޯޓިން މަރުކަޒުތައް ހުންނަ ސަރަހައްދުގައި ކެމްޕޭނު ހަރަކާތްތައް ކުރިއަށްގެންދިއުމާއި ސިޔާސީ ޕާޓީތަކުގެ މޮނީޓަރުން އީސީގެ އޮފިޝަލުންނަށް ޕްރެޝަރު ކުރުންވެސް ފާހަގަކުރެވުނު ކަމަށް އީޔޫގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެެވެ.

ކެމްޕެއިނަށް ކެންޑިޑޭޓުން ކުރާ ހަރަދުގެ ތަފްސީލު ހޯދުމަށް މި ނޫހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ އަށް ކެންޑިޑޭޓުންނަށް ވެސް ސިޓީ ފޮނުވި އެވެ. ނަމަވެސް އެ ސިޓީތަކަށް އެއްވެސް ކެންޑިޑޭޓެއްގެ ފަރާތުން ޖަވާބެއް ދީފައި ނުވާއިރު ޕީއެންސީ، އެމްޑީޕީ އަދި ޑިމެކްރެޓްސް އާ ވަކިވަކިން ސުވާލުކުރުމުން ހަރަދުތަކުގެ ތަފްސީލު ހާމަކުރާނީ އިލެކްޝަންސް ކޮމިޝަނަށް ކަމަށް ވަނީ ބުނެފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އޮބްޒާވް ކުރުމުގައި އީޔޫގެ 40 އޮފިޝަލުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފަ އެވެ. އެގޮތުން ވޯޓުލުމުގެ ކަންތައް ކުރިއަށްދާގޮތް ބެލުމަށް ރާއްޖޭގެ 52 ރަށެއްގައި ހުރި 124 ވޯޓިން ސްޓޭޝަންތަކަށް އެ އޮބްޒާވަރުން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox