ޖުމްލަ ގޮތެއްގައި އިންތިހާބު ދިޔައީ ރަނގަޅަށް: ޓްރާންސްޕޭރެންސީ

 ޖުމްލަ ގޮތެއްގައި އިންތިހާބު ދިޔައީ ރަނގަޅަށް: ޓްރާންސްޕޭރެންސީ

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ދިޔައީ ރަނގަޅަށް ކަމަށާއި ނިޒާމީ ލެވެލެއްގައި ވޯޓުލުމުގައި އޮޅުވާލުމުގެ މައްސަލައެއް ނުވަތަ ވޯޓުގެ ސައްހަ ނަތީޖާއަަށް އަސަރުކުރާ ވަރުގެ ކަމެއް ނުހިނގާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޓްރާންސްޕޭރެންސީގެ އޮބްޒާވަރުން ހޯދި އިންތިގާލީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އިންތިހާބުގެ ހުރިހާ މަރުހަލާއެއްގެ ކަންތައްތައް ޖުމްލަ ގޮތެއްގައި ގޮސްފައިވަނީ ރަނގަޅަށެވެ.

އަދި އިންތިހާބާ ގުޅޭ ކުދި ކުދި މައްސަލަތަކެއް ފާހަގަކުރެވުނު ކަމަށާއި ނަމަވެސް ވޯޓުގެ ސައްހަކަމަށް ސުވާލު އުފެދޭވަރުގެ މައްސަލައެއް ފާހަގަނުކުރެވޭ ކަމަަށް އެ ރިޕޯޓުގައި ބުންޏެވެ.

އެފަދަ ކުދި މައްސަލަތަކުގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެއް ކަމަކީ ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމާއި އީސީން ދޫކުރާ ކަރުދާސް ނޫން ކަރުދާސް ބޭނުންކުރުން ހުއްޓުވުމަށް ވޯޓުލާ ބޫތު ބަހައްޓާ ގޮތް މި އިންތިހާބުގައި ބަދަލުކޮށްފައި ހުރުމެވެ.

ޓްރާންސްޕޭރެންސީން ބުނީ މަރުކަޒުތަކުގެ ލޭއައުޓްތައް އެއްގޮތަކަށް ހުރި ނަމަވެސް އެކި މަރުކަޒުތަކުގެ ކުޑަބޮޑުމިން ތަފާތުވުމުން ބައެއް މަރުކަޒުތަކުގައި މަންދޫބުންނާއި އޮބްޒާވަރުން އަދި މޮނީޓަރުން ތިބެންޖެހުނީ ބޫތާ ކައިރީގައި ކަމަށާއި އޭގެ ސަބަބުން ވޯޓުކަރުދާހުގައި ފާހަގަޖަހާ މަންޒަރު ފެނުމުގެ ފުރުސަތު އޮތް ކަމަށެވެ.

ޓްރާންސްޕޭރެންސީން ފާހަގަކޮށްފައިވާ ގޮތުގައި ގިނަ ދާއިރާތަކުގައި ވޯޓުލުމަށް ހޭލުންތެރިކުރުން އިތުރުކުރުމުގެ ހަރަކާތްތައް ވެސް އެންމެ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންގޮސްފައި ނުވެ އެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އީސީން ފޯރުކޮށްދިން އެފަދަ މައުލޫމާތުތައް ލިބެންޖެހޭ ފަރާތްތަކަށް ލިބުނުކަން ޔަގީން ނުވާކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.

ބައެއް ސިޔާސީ ހަރަކާތްތަކުގައި އާއްމުންގެ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އަޅާފައިވާތީ ކަންބޮޑުވުން ފާޅުކޮށް އެ ރިޕޯޓުގައި ބުނީ ކެމްޕެއިން އުސޫލުތަކާ ހިލާފުވެ ހަމަނުޖެހުން ހިންގައި މުދަލާއި ތަކެއްޗަށް ގެއްލުންދިނުމުގެ އެކި ހާދިސާތަކާއި ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ކެންޑިޑޭޓަކަށް ހަމަލާދިނުމާއި ސޯޝަލް މީޑިއާގައި ކެންޑިޑޭޓަކަށް މަރުގެ އިންޒާރު ދިންކަމުގެ މައްސަލައެއް ވެސް ފާހަގަކުރެވުނު ކަމަށެވެ.

މީގެ އިތުރުންވެސް ރަސްމީ މަސްއޫލިއްޔަތާއި ކެމްޕޭނު ހަރަކާތްތައް ވަކިކުރެވޭނެ ގޮތެއް ރަނގަޅަށް ބަޔާންކޮށްފައި ނުވާތީ ކެމްޕޭނަށް ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ލިބޭ ކަމަށާއި އޭގެ ސަބަބުން ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެފައިވެ އެވެ.

ޓްރާންސްޕޭރެންސީގެ މި ރިޕޯޓުގައި ވަނީ މިފަދަ މައްސަލަތައް ހައްލުކުރަން އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފަ އެވެ. އަދި ދެ ވަނަ ބުރުގެ އިންތިހާބުގައި ވޯޓު ކަރުދާހުގެ ސިއްރު ނުގެއްލޭނެ ގޮތަކަށް ވޯޓު މަރުކަޒުތަކުގެ ލޭއައުޓް ބަދަލުކޮށް ޖާގަ ތަނަވަސް ތަންތަނަށް މަރުކަޒުތައް ބަދަލުކުރުމަށާއި ކަރުދާހުގައި ފާހަގަޖަހާ ވަގުތު ފޮޓޯ އަދި ވީޑިއޯ ނުނަގާކަން ކަށަވަރުކުުރުމަށް ޓްރާންސްޕޭރެންސީން ވަނީ ލަފާދީފަ އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ 100،691 ވޯޓު ހޯއްދެވި އެވެ. އެއީ ވޯޓުލީ އާބާދީގެ 45.1 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 85،260 ވޯޓެވެ. އެއީ 38.2 ޕަސެންޓު ވޯޓެވެ.

އިލްޔާސްއަށް ލިބިވަޑައިގަތީ 15،528 ވޯޓެވެ. އެއީ ވޯޓުލީ އާބާދީގެ ހަތް ޕަސެންޓެވެ. އިލްޔާސް ވަޑައިގަތީ އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ތިން ވަނައަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox