ކިޔު ދިގު ފޮށިތަކަށް އިތުރު އޮފިޝަލުން ފޮނުވައި ވޯޓުލުމުގެ ކަންތައްތައް އަވަސްކުރާނަން: އީސީ

ކިޔު ދިގު ފޮށިތަކަށް އިތުރު އޮފިޝަލުން ފޮނުވައި ވޯޓުލުމުގެ ކަންތައްތައް އަވަސްކުރާނަން: އީސީ

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން ކިޔުތައް ދިގު ވޯޓު ފޮށިތަކުގެ ވޯޓުލުމުގެ ކަންކަން އަވަސްކުރަން އިތުރު އޮފިޝަލުން ފޮނުވަން ރާވާފައިވަ ކަަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންތިހާބާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި ކިޔުތައް ދިގު ކަމުގެ ޝަކުވާ ލިބޭ މިންވަރު އިތުރު ކަމަށާއި އެފަދަ ފޮށިތައް ފާހަގަކޮށް ވޯޓުލުމުގެ ކަންތައްތައް އަވަސްކުރުމަށް އިތުރު އޮފިޝަލުން މިހާރު ފޮނުވާފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވީ މިއަދު މެންދުރު 12:00 ހަމަޔަށް ވޯޓުލީ، ވޯޓުުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 46 ޕަސެންޓު ކަމަށެވެ. އަދި މެންދުރު ފަހު ވޯޓުލާން ނުކުންނަ މީހުން އިތުރުވެ ކިޔުތައް ދިގުވެދާނެތީ އެކަމަށް އީސީން ތައްޔާރަށް އޮތް ކަމަށް ހަބީބު ވިދާޅުވި އެވެ. އެގޮތުން ކިޔު ނެތް ފޮށިތައް ކައިރީގައި ހަރަކާތްތެރިވާ ބައެއް އޮފިޝަލުން ކިޔުތައް ދިގު ފޮށިތަކަށް ފޮނުވަން ރާވާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެގޮތައް ފާހަގަކުރެވުުނު ހަތަރު ފަސް ތަނަކަށް ވާނީ އޮފިޝަލުން ފޮނުވާފަ މަސައްކަތް އަވަސްކުރަން. އަދިވެސް ބަލާފަ އިތުރު އޮފިޝަލުން ބޭނުންވާ ތަންތަނަށް ފޮނުވާނަން،" ހަބީބް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުުލުން މިއަދު ހެދުނު 8:00 އިން ފަށައިގެން ކުރިއަށްދާއިރު މާލޭގެ ބައެއް ވޯޓިން ސްޓޭޝަންތަކުގައި ދިގު ކިޔުތައް ހަދާފައިވާކަން ފާހަގަކުރެވެ އެވެ. ކިޔު ދިގުވުމުގެ ސަަބަބުން ވޯޓުލާން ދާ މީހުން ގިނައިރު ތިބެންޖެހެނީ ކޮޅަށެވެ.

ކުރީގެ އިންތިހާބުތަކަށް ބަލައި މި އިންތިހާބުގެ ވޯޓުލުމުގެ ޕްރޮސެސް އަވަސްކުރުމަށް ޓަކައި އީސީން ވަނީ އެއް ފޮއްޓަށް ވޯޓުލާ މީހުންގެ އަދަދުވެސް މަދުކޮށްފަ އެވެ. އެގޮތުން ކުރީގެ އިންތިހާބުތަކުގައި އެއް ފޮއްޓަށް 1200 މީހުން ވޯޓުލެވޭ ގޮތައް ހަދާފައިވީ ނަމަވެސް މިފަހަރު އެއް ފޮށްޓަށް އެންމެ ގިނަވެގެން ވޯޓުލާނީ 750 މީހުން ކަމަށް އީސީން ބުންޏެވެ.

މިއަދުގެ އިންތިހާބުގައި ޖުމްލަ އަށް ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް، ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް، އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމު އަދި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު، ފާރިސް މައުމޫނު އަދި ހަސަން ޒަމީލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox