ލޯފަން މީހުންގެ ވޯޓު އަމިއްލަ ބާރުގެ ދަށަށް: "ހީވީ އަލަތު ވޯޓު ލެވުނުހެން"

ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަރެއް: ލޯފަން މީީހުންނަށް އެހީއަކާ ނުލައި ވޯޓުލެވޭނެ ގޮތް ހަމަޖެއްސުމުން ބޮޑު ފަސޭހައެއް ލިބިފައިވޭ

ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަރެއް: ލޯފަން މީީހުންނަށް އެހީއަކާ ނުލައި ވޯޓުލެވޭނެ ގޮތް ހަމަޖެއްސުމުން ބޮޑު ފަސޭހައެއް ލިބިފައިވޭ

މީގެ ކުރިން ރާއްޖޭގައި ބޭއްވި އިންތިހާބުތަކުގައި ލޯފަން މީހުން ވޯޓުލަނީ، އާއިލާ މީހެއްގެ އެހީތެރިކަމާއެކު އެވެ. އެކަމަކު، ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ގެނައި ބަދަލުތަކާއެކު ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުން ގެންދަނީ އެހީއަކާ ނުލައި އަމިއްލައަށް ރިޔާސީ އިންތިހާބުގައި އިހްތިޔާރު ކުރާ ކެންޑިޑޭޓުންނަށް ވޯޓުލުމުންނެވެ.

ލޯފަން މީހުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ބޭނުންވާ ނަމަ އެކަމަށް ބޭނުންވާ ޓެމްޕްލޭޓެއް މެދުވެރިކޮށް އެ މަގު ފަހިކޮށްދޭންޖެހޭ ގޮތަށް އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖޫން 19, ގަ އެވެ.

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) ގެ ކުރީގެ ރައީސް މުހައްމަދު މާޒިން "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ލޯފަން މީހުންނަށް ސިއްރު ވޯޓެއް ލުމުގެ ފުރުސަތު ލިބިގެންދިޔުމަކީ ލޯފަން މީހުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ލޯފަން މީހުންނަށް އެހީތެރިކަމަކާ ނުލާ ވޯޓު ލެވޭނެ ގޮތް ހެދުމަށް ބީވީއައިއެސްއެމް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނާ ގުޅިގެން ފާއިތުވި ދެތިން ހަފްތާގެ ތެރޭގައި އެ އެސޯސިއޭޝަނުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ލޯފަން މީހުން އާ ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލާން ތަމްރީނުކޮށްފަ އެވެ. އެ ތަމްރީނުތަކުގައި މާޒިން ވެސް ހަރަކާތްތެރިވި އެވެ.

އެ ތަމްރީނުތައް އދ. މާމިގިލި, ފެންފުށީގައި އަދި އޮމަދޫ އަދި ހއ. ގދ. އަދި އދ. އަތޮޅުގެ ބައެއް ރަށްތަކުގައި ކުރިއަށް ގެންދިޔަ އެވެ.

މާޒިން ވިދާޅުވީ، އަމިއްލައަށް ވޯޓުލުމުގެ ފުރުސަތު ލިބުމުން ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުން އެކަމުގެ އުފާ ފާޅުކުރަމުންދާ ކަމަށެވެ. އަދި ލޯފަން ބައެއް މީހުން އުފަލުން "އަލަތު ވޯޓެއް ލެވެގެން" އުޅޭހެން ހީވާ ކަމަށް މާޒިން ވިދާޅުވި އެވެ.

ލޯފަން މީހުންނަށް އާ ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލާނޭ ގޮތް ކިޔައިދެނީ
ލޯފަން މީހުންނަށް އާ ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލާނޭ ގޮތް ކިޔައިދެނީ

ލޯފަން މީހުންނަށް އާ ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓުލާނޭ ގޮތް ކިޔައިދެނީ

އެ ޖަމިއްޔާގެ ނައިބު ރައީސް ހުސެއިން ޝަރީފު ވިދާޅުވީ، މީގެ ކުރިން އިތުބާރު ކުރެވުނަސް ނުކުރެވުނަސް ވޯޓުލާން ޖެހެނީ ކޮންމެވެސް އާއިލާ މީހެއްގެ އެހީތެރިކަމާއެކު ކަމަށެވެ. އެހެންވެ، ކުރިން ވޯޓުލާން އެކުގައި ދާ މީހާގެ ގޮތުން ވެސް އަމިއްލަ ވޯޓާ މެދު އެހެން މީހުން ޝައްކު އުފައްދާ ކަމަށް ވިދާޅުވި އެވެ.

"ކުރީގައި ވެއްޖެއްޔާ އެހެން މީހެއްގެ އެހީތެރިކަމާއެކު ވޯޓުލަންޏާ ވޯޓުލާން އަޅުގަނޑުމެން ގެންދާ މީހާގެ ގޮތުން އަޅުގަނޑުގެ ވޯޓާ މެދު ދެކެވޭ ވާހަކަތަކާއި ދެކެވޭ ވާހަކަތައް ތަފާތުވޭ، އިނގިލި ދިއްކުރުން އެބަ އާދޭ. ފެމިލީގައި ވެސް އެކި ފިކުރުގެ މީހުން ތިބޭއިރު، ބައެއް ކުދިންނަށް އުނދަގޫތައް ދިމާވޭ، މިސާލަކަށް ކާކާއެކުތޯ ދާނީ،" ޝަރީފު ވިދާޅުވި އެވެ.

އެހީއާ ނުލައި ވޯޓުލުމުގެ ފުރުސަތު ލިބުމުން މިއަދު ގިނަ ލޯފަން މީހުން ވޯޓުލަމުން ދަނީ އެ ފުރުސަތުގެ ބޭނުންކޮށް، އަމިއްލަ އިހްތިޔާރުގައި މިނިވަންކަމާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.

"އިތުރު މީހަކަށް ޑިޕެންޑު ނުވެ، އަޅުގަނޑުމެން އެދޭ ގޮތަށް ސިއްރު ވޯޓެއް ލުމުގެ ފުރުސަތު ލިބިގެން މިދިޔައީ. އެހެންވީމަ މިއީ އަޅުގަނޑުމެންގެ ކުދިންނަށް ލިބިގެންދިޔަ ވަރަށް ތާރީހީ ވަރަށް ބޮޑު ހިތްހަމަޖެހުމަށް. ޖަމިއްޔާއަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެނީ،" ހުސެއިން ޝަރީފު ވިދާޅުވި އެވެ.

އެހީއާ ނުލައި ވޯޓުލާން ބޭނުން ލޯފަން މީހުންނަށް އިލެކްޝަންސް ކޮމިޝަނުން ދޭނީ ވޯޓު ކަރުދާހާ އެއްވަރަށް ޕްލާސްޓިކުން ތައްޔާރުކޮށްފައި އޮންނަ ބެލޮޓް ޕޭޕާ ޓެމްޕްލޭޓެކެވެ. ބޭރުގެ ގިނަ ގައުމުތަކުގައި ވެސް ބޭނުން ކުރާ އެ ޓެމްޕްލޭޓުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ހުންނަ ގޮޅިތަކާ ދިމާލުން ކެންޑުމެއް ހުންނާނެ އެވެ. އެ ކެންޑުންތައް ފަރުމާ ކޮށްފައި ހުންނާނީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް އަތްލައިގެން ނަންބަރު ދެނެގަނެވޭ ގޮތަށެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،395 މީހަކަށެވެ. ޖުމްލަ 574 ވޯޓުފޮށި ބެހެއްޓުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަ ފޮއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox