ކުދިކުދި ހާދިސާތައް ފިޔަވައި ވޯޓުލުން ކުރިއަށްދަނީ އަމާންކޮށް: ހަބީބު

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވާހަކަދައްކަވަނީ --

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވާހަކަދައްކަވަނީ --

ބައެއް ރަށްރަށުގައި ހިނގާފައިވާ ކުދިކުދި ހާދިސާތައް ފިޔަވައި މިއަދު މުޅި ރާއްޖޭގައި ވެސް ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ އަމާންކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހަބީބު ވަނީ މިހާތަނަށް ވޯތުލާ މަރުކަޒުތަކުގައި ހިނގި ބައެއް ހާދިސާތައް ހިއްސާކޮށްފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ކުދިކުދި ހާދިސާތައް ފިޔަވައި ވޯޓުލުން ކުރިއަށްދަނީ އޮމާންކޮށެވެ.

"މިއަދު ވޯޓުލުން ފެށިގެންދާއިރު ހަމަ ރަނގަޅަށް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްއެބަދޭ. އެހެންނަމަވެސް، ބައެއް ތަންތަނުގައި ބައެއް ކުދިކުދި ހާދިސާތައް އެބަ ހުރި ހިނގާފައި،" ހަބީބު ވިދާޅުވި އެވެ.

މިއަދުގެ އިންތިހާބުގައި ހަމަނުޖެހުމެއް ހިނގައިދިޔަ އެއް ރަށަކީ ރަސްދޫ އެވެ. ހަބީބު ވިދާޅުވިގޮތުގައި އެރަށުގައި އެ ހާދިސާ ހިނގީ ދެ ވޯޓު ފޮށްޓެއް ކައިރީގައި ތިބި އޮބްޒާވަރުން އިގުރާރާ ހިލާފުވުމުންނެވެ. އިގުރާރާ ހިލާފުވި ކަމަށް ދެ ބޭފުޅުން ވެސް އެއްބަސްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް، އެ މައްސަލަ ހައްލުކޮށް މިހާރު ރަސްދޫގައި ވޯޓުލުން ކުރިއަށް އެބަގެންދެ އެވެ.

ތުޅާދޫގައި ވެސް ވޯޓުލާން އައި މީހަކު ވޯޓު ކަރުދާހުގެ ފޮޓޯ ނެގި ކަމުގެ މައުލޫމާތު ލިބިގެން އެކަން އޮފިޝަލުން ބަލާފައި ވަރަށް އަވަހަށް އެ ރަށުގައި ވެސް ވޯޓުލުމުގެ ކަންކަން ފެެށިގެން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެެ.

އޭގެ އިތުރުން، ކ. ގުރައިދޫގައި ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ވޯޓު ނުލެވުނު މައްސަލައެއް ފެންމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމާ ގުޅިގެން ހަބީބު ވިދާޅުވީ، ވޯޓުލާން ރަޖިސްޓްރީކޮށްފައި ތިބި އެންމެންނަށް ވޯޓުލެވޭނެ ކަމަށެވެ.

ވޯޓުލާ މަރުކަޒުތަކުން ދިމާވާ ބައެއް މީހުން، ވޯޓިން ބޫތުތައް ބަހައްޓާފައި ހުންނަ ތަނާ މެދު ކަންބޮޑުވުންފާޅުކުރާ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

އެގޮތުން، މީހަކު ވޯޓުލާގޮތް ފެންނަ ގޮތަށް ފޮޓޯ ނެގުމަށްފަހު ބޫތުތައް ހުންނަ ގޮތުން ވޯޓުލާތަން ފެންނަ ކަމަށް ނޫސްވެރިއަކު ބުނި ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ. ހަބީބު ފާހަގަކުރެއްވީ އެގޮތަށް ފޮޓޯ ނެގުމަކީ ޖިނާއީ ކުށެއް ކަމެވެ.

މި އިންތިހާބުގައި ވޯޓިންގ ބޫތުތައް ބަހައްޓާފައި ހުރީ އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ ލަފައާ އެއްގޮތަށެވެ. އެގޮތަށް ވޯޓު ފޮށި ބެހެއްޓީ ވޯޓު ކަރުދާހުގެ ފޮޓޯ ނެގުން ފަދަ ކަންކަން ކުރުމުގެ ފުރުސަތު ހަނިކުރުމުގެ ގޮތުންނެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،395 މީހަކަށެވެ. ޖުމްލަ 574 ވޯޓުފޮށި ބެހެއްޓުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަ ފޮއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox