މިވަގުތާ ހަމައަށް 46 ޕަސެންޓް ޕަސެންޓް މީހުން ވޯޓުލައިފި

ރިޔާސީ އިންތިހާބުގައި ވޯޓްލާން ބަޔަކު ކިއު ގައި. މެންދު 12:00 އާ ހަމައަށް 39 ޕަސެންޓް މީހުން ވޯޓުލި. ފޮޓޯ: އަދަދު

ރިޔާސީ އިންތިހާބުގައި ވޯޓްލާން ބަޔަކު ކިއު ގައި. މެންދު 12:00 އާ ހަމައަށް 39 ޕަސެންޓް މީހުން ވޯޓުލި. ފޮޓޯ: އަދަދު

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި މިވަގުތާ ހަމައަށް ވޯޓުލާ މީހުންގެ ތެރެއިން 46 ޕަސެންޓު މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 129,975 މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 46.03 ޕަސެންޓެވެ. އޭގެ ތެރެއިން 23.63 ޕަސެންޓު މީހުންނަކީ ފިރިހެނުންނެވެ. އަދި, އަންހެނުންގެ ނިސްބަތަކީ 22.41 ޕަސެންޓެވެ.

"މާލޭގެ ވޯޓުލާ ބައެއް މަޒުކަޒުތަކަށް އަޅުގަނޑުމެން ޒިޔާރަތްކުރިން. ކުރި އިރު ހުރިހާ މަރުކަޒުތައް ވެސް ހަމަ މީހުން ފުރިފައި އޮތީ. ކިއުގައި ވެސް ހަމަ ވަރަށް ގިނަ އަދަދަކަށް މީހުން ތިބި ހެނދުނު ހެނދުނާ،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ ކިއުގައި މީހުން ތިބެން ޖެހޭ ވަގުތު ގިނަ ވެގެން ޝަކުވާ އައުމުން އިތުރު އޮފިޝަލުން މަރުކަޒުތަކަށް ފޮނުވާފައިވާ ކަަމަށެވެ. އެހެންވެ ވޯޓުލުމުގެ ޕްރޮސެސް މެންދުރުފަހުން އަވަސްވާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވޯޓުލުމުގެ ޕްރޮސެސް އަވަސްކުރުމަށް ޓަކައި އީސީން ވަނީ އެއް ފޮއްޓަށް ވޯޓުލާ މީހުންގެ އަދަދު މީގެ ކުރިން ބޭއްވި އިންތިހާބުތަކަށް ވުރެ މަދުކޮށްފައިވާ ކަމަށެވެ. ކުރީގެ އިންތިހާބުތަކުގައި އެއް ފޮއްޓަށް 1200 މީހުން ވޯޓު ލި ކަަމަށާއި މިފަހަރު އެއް ފޮށްޓަށް އެންމެ ގިނަވެގެން ވޯޓުލާނީ 750 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް މަރުކަޒުތަކުގައި ކުދިކުދި ހާދިސާތައް ހިނގި ނަމަވެސް، ވޯޓުލުން ކުރިއަށް ދަނީ އަމާންކަމާ އެކުގައި ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox