ހުލާސާކޮށް އިއްޔެ: ގޭންގުތަކުން މުއިއްޒަށް ފަންޑުކުރާ ކަމުގެ ތުހުމަތާއި ކެމްޕޭނު ހަރަދު ހާމަނުކުރުން!

Sep 8, 2023, 1:57 AM
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު. -- ފޮޓޯ: ޕީޕީއެމް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު. -- ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ފަންޑުކުރަނީ ރާއްޖޭގައި ހަރަކާތްތެރިވާ ކުށްކުރާ ގޭންގުތަކުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ތުހުމަތު ކުރެއްވި އެވެ.

ރިޔާސީ ކެމްޕޭނުގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ބާއްވާ އެންމެ ފަހު ބޮޑު ޖަލްސާގެ ގޮތުގައި އައްޑޫގައި ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އިމްރާން ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެމްޕޭނަށް ގޭންގުތަކުން ސީދާ ފަންޑުކުރާ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުން ވިސްނާވަޑައިގަންނަވާ، މިސާލެއްގެ ގޮތުން ޕީއެންސީގެ ކެންޑިޑޭޓު ކާމިޔާބު ކުރައްވައިފިނަމަ ނައިބު ރައީސް އުޅޭ ހިލާލީގެ ވާނީ ގޭންގުތައް އޮޕަރޭޓުކުރާ ކޮމާންޑު ސެންޓަރަކަށް،"

މުއިއްޒުގެ ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފަށް ނިސްބަތްކޮށް އެ ތުހުމަތު ކުރެއްވުމަށް ފަހު އިމްރާން ވަނީ، މުއިއްޒުގެ ވެރިކަމެއްގައި ކޮމިޝަނާ އޮފް ޕޮލިސް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެވޭނީ ގޭންގު ލީޑަރުން ކަމަށް ވެސް ވިދާޅުވެފަ އެވެ.

"މިއީ އަޅުގަނޑު ހަދައިގެން ދައްކާ ވާހަކައެއް ނޫން. ސަލާމަތީ ބާރުތަކުގެ ބޭފުޅުންނަށް މިކަން ވަރަށް ރަނގަޅަށް އިނގިވަޑައިގަންނަވާނެ، އަޅުގަނޑަށް އިނގޭ އަޅުގަނޑު މި ދައްކަނީ ކިހާ ނުރައްކާތެރި ވާހަކައެއްކަން" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެ ދެއްކެވި ވާހަކައިގެ ސަބަބުން އޭނާ އަދި އާއިލާ ނުރައްކަލަށް ލެވުނު ނަމަވެސް ގައުމާއި ރައްޔިތުންގެ ހައްގުގައި އެ ވާހަކަ ހިއްސާ ކުރަންޖެހޭ ކަން ގަބޫލުކުރާ ކަމަށެވެ.

ރިޔާސީ ކެމްޕޭނަށް ހިނގަމުންދާ ހަރަދާއި ފަންޑު ލިބޭ ފަރާތްތަކުގެ ތަފުސީލަށް "އަދަދު" އިން ދަނީ ހުރިހާ ކެންޑިޑޭޓުން އަދި ޕާޓީތަކުގައި އެދެމުންނެވެ. އެގޮތުން އިއްޔެ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާ އެ ސުވާލު ކުރުމުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ކެމްޕޭން ހަރަދު މީޑިއާތަކަށް ހާމަކުރުމަށް އިންކާރުކުރައްވާފަ އެވެ.

"ކެމްޕޭނު ހަރަދާ އެދޭ މައުލޫމާތު އަޅުގަނޑުމެން ނޫސް ކޮންފަރެންސްގައި ހާމަކުރާކަށް ބޭނުމެއް ނުވޭ. އެ ނުވެސް ޖެހޭނެ ދެއްތޯ. އެއީ ކެމްޕޭނަށް ކުރާ ހަރަދުގެ ތަފްސީލު ދޭން ޖެހޭނީ އިލެކްޝަން ކޮމިޝަނަށް އެކަނި. އެހެންވީމަ އެއީކީ އަޅުގަނޑުމެން ނޫސްވެރިންނާ ހިއްސާކުރަން ޖެހޭ މައުލޫމާތެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކެމްޕޭނަށް ލިބޭ ފައިސާ އާއި ހަރަދު ހޯދުމަށް ހުރިހާ ކެންޑިޑޭޓުންނަށް ސިޓީ ވެސް ވަނީ ފޮނުވާފަ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި މަހުލޫފު ވިދާޅުވީ އިންތިހާބުގެ ވާހަކަ މިދިޔަ ދެތިން ދުވަހު މުޅިން ދީނީ ވާހަކައަކަށް ބަަދަލުވެއްޖެ ކަމަށެވެ. ކުއްލިއަކަށް ބޮޑެތި ލިސްޓް ހަދައިގެން އިލްމުވެރިންގެ ނަމުގައި ސޮއިކުރަން ވެސް ކުރަން ފަށައިފި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއް ބަޔަކު ބުނަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބިއްޖެއްޔާ މިގައުމުން އިސްލާމްދީން ފުހެވޭނެޔޯ. ބަލަގަ އަޅުގަނޑުމެންގެ މި ފަސް އަހަރުގެ ދައުރު ނިމުނިއްޔޭ މިއޮއް. އެކަމަކު ރައީސް ސޯލިހު މިގައުމުން އިސްލާމްދީން ފޮހެއެއް ނުލައޭ. މިގައުމުގެ މިސްކިތްތަކުން ބަންގި އެބަ ގޮވާ. މިއަދު ދީނީ ކާޑެއް އިތުރަކަށް މިގައުމުގައި ނުކުޅެވޭނެ،"

ދުވަހުގެ ފޮޓޯ

އައްޑޫގައި ރޭ ބޭއްވި އެމްޑީޕީގެ ބޮޑު ޖަލްސާ -- ފޮޓޯ: މިރާން ނާޝިމް/ އަދަދު
އައްޑޫގައި ރޭ ބޭއްވި އެމްޑީޕީގެ ބޮޑު ޖަލްސާ -- ފޮޓޯ: މިރާން ނާޝިމް/ އަދަދު

އައްޑޫގައި ރޭ ބޭއްވި އެމްޑީޕީގެ ބޮޑު ޖަލްސާ -- ފޮޓޯ: މިރާން ނާޝިމް/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox