އަންހެނުންނަށް ހާއްސަ ހޮސްޕިޓަލެއްގެ ވައުދާއެކު މުއިއްޒުގެ "ކަނބަލުންގެ މެނިފެސްޓޯ" ލޯންޗުކޮށްފި

މުއިއްޒުގެ ކަނބަލުންގެ މެނިފެސްޓޯ ލޯންޗުކުރުމަށް މިރޭ ބޭއްވި ހަރަކާތް

މުއިއްޒުގެ ކަނބަލުންގެ މެނިފެސްޓޯ ލޯންޗުކުރުމަށް މިރޭ ބޭއްވި ހަރަކާތް

އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ކަނބަލުން ބާރުވެރިކޮށް ކުރިއެރުވުމުގެ ގިނަ ވައުދުތަކަކާއެކު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ މިރޭ ލޯންޗުކޮށްފި އެވެ.

ރިޔާސީ އިންތިހާބަށް މުއިއްޒު ހުށަހަޅާ "ދިވެހީންގެ ރާއްޖެ ކަނބަލުންނަށް" މެނިފެސްޓޯ ލޯންޗުކުރީ މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ ކެމްޕެއިން ހަރަކާތުގަ އެވެ. މި ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މުއިއްޒުގެ "ދިވެހީންގެ ރާއްޖެ ކަނބަލުންނަށް" މެނިފެސްޓޯގައި ހިމަނާފައިވާ ފާހަގަކޮށްލެވޭ ބައެއް ކަންކަން;

  • ސިވިލް ސާވިސްގެ ވެރިންގެ ލެވެލްގައި މަސައްކަތްކުރާ ކަނބަލުންގެ ނިސްބަތް އިތުރުކުރުން
  • ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މެމޯގްރަފީ އާއި އެކްސްރޭގެ ހިދުމަތް
  • އަންހެނުންނަށް ހާއްސަ ހޮސްޕިޓަލެއް
  • އެންޑޯމެޓްރިއޯސިސް އާއި ޕީސީއޯއެސްގެ ފަރުވާ އާސަންދައިން
  • ރިސޯޓު މާހައުލު ކަނބަލުންނަށް ރައްކާތެރި ތަންތަނަށް ހެދުން
  • އައިޓީ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން އިތުރުކުރުން

މީގެ އިތުރުންވެސް އެކަނިވެރި މައިންނާ އެކަނިވެރި ބަފައިންނަށް ދޭ އިނާޔަތް 12،000ރ އަށް ހަމަޔަށް ބޮޑުކޮށް ކޮންމެ ދަރިއަކަށް ދޭ މިންވަރު 3،000ރ އަށް އިތުރުކުރުމަށް ވަނީ ވައުުދު ވެފަ އެވެ.

އަދި, އަލަށް ފަށާ ސޯޝަލް ހައުސިން ސްކީމު ތަކުގައ ޒުވާން އާއިލާތަކަށް ހާއްސަ ދެ ކޮޓަރީގެ 3،000 ޕްލެޓާއި އެކަނިވެރި މައިންނާ އެކަނިވެރި ބަފައިންނަށް ހާއްސަ 1،000 ފްލެޓާއި އަންހެނުން ވިޔަފާރި ދާއިރާއަށް ނެރުމަށް ލުއިލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާގެ ސްކީމެއް ތައާރަފްކުރުމަށްވެސް މި މެނިފެސްޓޯގައި ވަނީ ވައުދުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox