މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް ދިޔަވެ، އަޑިއަށް ގޮސްފި އެވެ.
ފުލުހުން ބުނިގޮތުގައި އެ ދޯނި އަޑިއަށް ދިޔައީ ބ. ދަރަވަންދޫއާއި ދިމާ ބޭރުންނެވެ. މިއަދު ހެނދުނު 10:40 ހާއިރު ލިބުނު ރިޕޯޓާއި ގުޅިގެން ދޯނި އޮތް ސަރަހަށްދަށް ގޮސް ދޯނީގައި ތިބި 13 މީހުން ފުލުހުންގެ ލޯންޗަކަށް ނަގާފައިވާ ކަމަށް ވެސް ބުންޏެވެ.
އަޑިއަށް ދިއައިރު ދޯނީގައި ތިބީ އެއް ދިވެއްސަކާއި 12 ބިދޭސީންނެވެ. އެ އެންމެންގެ ވެސް ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މެދުރާއްޖެތެރޭގެ ރަށްތަކަށް މިއަދު ވެސް ވަނީ ހުދު ސަމާލު ނެރެފަ އެވެ.
ގައުމީ މޫސުމާއި ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ރޭ ދަންވަރު 2:00 އިން ފެށިގެން މިއަދު ހެނދުނު 8:00 އާއި ހަމައަށް ކ. އަތޮޅުން ތ. އަތޮޅާއި ހަމައަށެވެ. މިގޮތުން ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފަ އެވެ.













