އިންތިހާބަށް ބޭނުންވާ އޮފިޝަލުން ހަމަވެ، ތަމްރީނުތައް ނިމިއްޖެ: އީސީ

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: އިޔާން/އަދަދު

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: އިޔާން/އަދަދު

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ބޭނުންވާ އަދަދަށް އޮފިޝަލުން ހަމަވެފައިވާ ކަމަށާއި، އޮފިޝަލުން ތަމްރީނުކޮށް ވެސް ނިމިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިހާބަށް ބޭނުންވާ އޮފިޝަލުން ފައިނަލްވެފައިވާ ކަމަށެވެ.

"ވޯޓުލުމުގެ ކަންކަމުގަ ހަރަކާތްތެރިވާ އޮފިޝަލުންގެ ކަންކަމަށް ބަލާއިރު، މިހާރު މިހިރީ ހުރިހާ އޮފިޝަލުން ތަމްރީނުކޮށް ނިމިފަ. އަތޮޅުތަކުގެ އޮފިޝަލުން ވެސް ފައިނަލްކޮށް ނިމިފަ އޮތީ،" ހަބީބް ފާހަގަކުރެއްވި އެވެ.

އެގޮތުން މިދިޔަ އޮގަސްޓް 20، ވަނަ ދުވަހުން ފެށިގެން 27 ގެ ނިޔަލަށް އަތޮޅުތަކުގައި އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަސްގެންގޮސްފައިވާ ކަމަށް ހަބީބް ވިދާޅުވި އެވެ. އަދި, މާލޭގައި ވެސް އޮފިޝަލުން ތަމްރީނުކޮށް ނިމިފައިވާކަން ފާހަގަކުރެއްވި އެވެ.

އަދި ރިޒާވް ޕޫލަށް ބޭނުންވާ އޮފިޝަލުން ތަމްރީނުކުރުމުގެ އެއް ޓްރެއިނިން މާލޭގައި ބާއްވާނެ ކަމުގައި ހަބީބް ވިދާޅުވި އެވެ.

ހަބީބް އިތުރަށް ވިދާޅުވީ، ލިސްޓުތަކާއި ވޯޓު ކަރުދާސް ފަދަ އިންތިހާބަށް ބޭނުންވާ ހުރިހާ ތަކެތި ކ. އަތޮޅު ފިޔަވާ ރާއްޖޭގެ އެހެން ހުރިހާ އަތޮޅަކަށް ފޮނުވާ ނިމިއްޖެ ކަމަށެވެ. އަދި, އަންނަ ހޯމަ ދުވަހު ކ. އަތޮޅުގެ ހުރިހާ ރަށަކަށް މި ތަކެތި ފޮނުވާނެ ކަމުގައި ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖެއިން ބޭރަށް ގެންދާ ވޯޓު ކަރުދާސް އަދި އެ ގައުމުތަކަށް ދާ އޮފިޝަލުން އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު ފުރާނެ ކަމުގައި ހަބީބް ފާހަގަކުރެއްވި އެވެ. ރިސޯޓުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ފުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 8، ގަ އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި 282،395 މީހުންގެ ނަން އެބަ އޮތެވެ. އޭގެ ތެރޭގައި އަލަށް ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ އަދަދަކީ 27,006 އެވެ.

މިއީ ފެހި ގާނޫނު އަސާސީއާ އެކު 2008 ގެ ފަހުން ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ ފަހަރެވެ. މީގެ ކުރިން 2008 ގައި ހަ ކެންޑިޑޭޓުން، 2013 ގައި ހަތަރު ކެންޑިޑޭޓުން، އަދި 2018 ގައި ދެ ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox