ހުލާސާކޮށް އިއްޔެ: ރައީސް ސޯލިހު ގެނެސްދޭ "އުފާވެރި މާލެ"

Sep 2, 2023, 1:08 AM
ރޭ ބޭއްވި ބޮޑު ޖަލްސާ -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރޭ ބޭއްވި ބޮޑު ޖަލްސާ -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ހުށަހެޅުއްވީ މާލޭގެ ރައްޔިތުންނަށް އެތައް ދަހަރެއް ވަންދެން މަހުރޫމުވެފައި އޮތް ގޯތިގެދޮރުގެ މައްސަލައަށް ހައްލެއް ގެނެސް ދިނުމުން މި ސަރަހައްދުން ބިން ހިއްކައި، އިންވަކިކޮށް ގޯތި ދޭނެ ކަމަށެވެ. އެ ބަދަލު މިހާރު ފެންނަމުން ދާއިރު، ރޭ ބޭއްވި އެމްޑީޕީގެ ބޮޑު ޖަލްސާގައި "އުފާވެރި މާލެ" މެނިފެސްޓޯއިން ގެންނަ އިންގިލާބީ ބަދަލު ވަނީ ހުށަހަޅައިދީފަ އެވެ.

ރިޔާސީ ދެ ވަނަ ދައުރެއް ހޯއްދެވުމަށް ކެމްޕޭނު ކުރައްވަމުން ގެންދަވާ ރައީސް ސޯލިހުގެ އެ މެނިފެސްޓޯއިން ހުށަހަޅައި ދެނީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލާއި، ކާރޫބާރޫ މަގުތަކަށް ހަމަޖެހި ނޭވާލެވޭނެ ގޮތާއި ވިޔަފާރީގެ މަރުކަޒުތައް ބިނާކުރުން ހިމެނެ އެވެ.

އުފާވެރި އަމާން މާލެއެއް ގެނެސްދިނުމަށްޓަކައި އަޅާ ފުރަތަމަ ބިންގަލަނީ 19،000 މީހުންނަށް ކަށަވަރު ކޮށްދޭ ގޯއްޗެވެ. އަދި މާލޭގެ މަގުތަކަކީ ޕާކިން ޒޯނެއްގެ ބަދަލުގައި، ހާއްސަ ޕާކިން ހައުސްތައް ގާއިމުކުރާނެ އެވެ. މޮނަ ރޭލް އަޅައި، ބްރިޖިކްގެ ތޮއްޖެހުން ހައްލު ކުރާނެ އެވެ. މި ނޫނަސް މުހިންމު އެތައް ބަދަލެއް ވަނީ ހުށަހަޅާދެ އެވެ.

މެނިފެސްޓޯގެ މުހިންމު ބައިތައް

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޭޓް، ރައީސް ސޯލިހަށް ތާއީދު ހޯދަން މާލޭ ކާނިވާ ސަރަހައްދުގައި އެޕާޓީން މިރޭ ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވީ މުއިއްޒަކީ ޕީއެންސީގެ ކެންޑިޑޭޓް ނޫން ކަމަށާއި އެއީ "ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުގެ ކެންޑިޑޭޓް" ކަމަށެވެ. އެއީ ރާއްޖޭގައި އުފެދިފައިވާ ކުށުގެ ވިއުގަތަކާ ގުޅުފައިވާ ބޭފުޅެއް ކަމަށް ވެސް ފައްޔާޒު ތުހުމަތުކުރެއްވި އެވެ.

އަޅުގަނޑުމެންގެ ވާދަކުރާ ކެންޑިޑޭޓަކީ ޕީއެންސީގެ ކެންޑިޑޭޓެއް ނޫން. އެއީ މިގައުމުގައި އުފެދިފައިވާ ހައްދުފަހަނައަޅާފައިވާ ޕާޓީތަކާއި އަދި ނުވިތާކަށް މި ގައުމުގައި އޮތް ކްރިމިނަލް ނެޓްވޯކްތަކާ ގުޅިފައި އޮތް ކެންޑިޑޭޓެއް،"

ދުވަހުގެ ފޮޓޯ

އެމްޑީޕީން ރޭ ބޭއްވި ބޮޑު ޖަލްސާގައި ބައިވެރި ފަރާތްތަކުން ކުޑަތައް ނަގައިގެން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އެމްޑީޕީން ރޭ ބޭއްވި ބޮޑު ޖަލްސާގައި ބައިވެރި ފަރާތްތަކުން ކުޑަތައް ނަގައިގެން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެމްޑީޕީން ރޭ ބޭއްވި ބޮޑު ޖަލްސާގައި ބައިވެރި ފަރާތްތަކުން ކުޑަތައް ނަގައިގެން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox