ހުލާސާކޮށް އިއްޔެ: މުއިއްޒު ވިދާޅުވީ ޔާމީން އަނިޔާވެރިއެއް ނޫން ކަމަށް، ނެގެހެއްޓީ ގާނޫނު ކަމަށް

Aug 30, 2023, 1:40 AM
ކޯޓުގައި ބޭއްވި އަޑުއެހުމަކަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކަރެކްޝަނަލް ސާވިސްގެ ލޯންޗަށް އަރާވަޑައިގަންނަވަނީ. -- ފޮޓޯ: އަދަދު

ކޯޓުގައި ބޭއްވި އަޑުއެހުމަކަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކަރެކްޝަނަލް ސާވިސްގެ ލޯންޗަށް އަރާވަޑައިގަންނަވަނީ. -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއް ނޫން ކަމަށާއި އިދިކޮޅު ސިޔާސީ ލީޑަރުން އޭރު ހައްޔަރު ކުރީ ކުށެއް ނެތި، ގާނޫނާ ހިލާފަށް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމުގައި ވެސް ހުންނެވި މުއިއްޒު އެހެން ވިދާޅުވީ "އަދަދު" ނޫހުން ގެނެސްދޭ "އެތެރެފުށް" ޕްރޮގުރާމުގައި، ރައީސް ޔާމީނަކީ އަނިޔާވެރި، ގާނޫނާ ހިލާފު އަމަލުތަކެއް ހިންގެވި ބޭފުޅެއްތޯ ސުވާލު ކުރުމުންނެވެ.

"ގަބޫލެއް ނުކުރަން އެނގޭތޯ. އެ މަނިކުފާނު ކުރީ ގާނޫނީ ވެރިކަމެއް. ގާނޫނު އަސާސީއާ ގާނޫނުތަކުން ބޭރުން އެއް ކަމެއް ވެސް ނުކުރައްވާ އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވީ އެ ވެރިކަމުގައި އެއްވެސް ބޭފުޅަކަށް ސިޔާސީ ގޮތުން، ސިޔާސީ މީހަކަށް ވީތީއޭ ކިޔާފައި ގެންގޮސް ހައްޔަރުކޮށްފައި ނުވާ ކަމަށާއި މުޅީން ވެސް އަދަބު ދީފައި ހުރީ، އޮންނަ އިޖުރާތުގެ ތެރެއިން އެކަން ކުރަން އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

"ކުށްކޮށްގެން އޮންނަ ޕްރޮސީޖާގެ ތެރެއިން ކަމާބެހޭ ފަރާތްތަކުން، [އޮންނަ] އުސޫލުގެ ތެރެއިން ނޫނީ ނެތް އެއްވެސް ފަރާތަކަށް ފިޔަވަޅެއް އަޅާފައެއް. އެ ފިޔަވަޅު އެޅިގެން ދިޔަ ފަރާތްތަކާއި އެފަރާތްތަކާ ގުޅިފައި ހުރި ފަރާތްތަކުން އެ ވާހަކަ ދައްކާ. ދެއްކިޔަސް ހަމަ ބެއްލެވީމާ ފެނިވަޑައިގަންނަވާނީ ހަމަ އިޖުރާއަތްތަކުގެ ތެރެއިން ގާނޫނީ ހަމަތަކުގެ މަތިން ގާނޫނީ ވެރިކަމެއް ކުރެއްވީ،" ރައީސް ޔާމީން ދިފާއު ކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެހެން ވިދާޅުވި ނަމަވެސް ޔާމީނުގެ ވެރިކަމުގައި ވަނީ އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު، ރައީސް މައުމޫންއާއި ބޮޑުބޭބެ ވިދާޅުވާ، ފާރިސް މައުމޫން ވެސް ހިމެނިވަޑައިގަންނަވާހެން އޭރުގެ ސިޔާސީ ހުރިހާ ލީޑަރުން ޖަލަށް ލައްވައި އެ ބޭފުޅުންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވެ އެވެ. އޭރުގެ ސަރުކާރުން ހިންގަމުން ގެންދިޔަ އެ އަމަލުތައް ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން ދިޔަ ހުރިހާ ޕާޓީއަކުންނާއި ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ކުށްވެރި ކުރި އެވެ

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު މަޝްވަރާ ކިހާ މިންވަރަށް ހޯދާނެތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، ގައުމު ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅުންނާ މަޝްވަރާ ކުރަންވާނެ ކަމަށާއި އަމިއްލަ އަމިއްލައަށް ކަންތައްތައް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ގައުމުގެ ކަންކަން ހިންގުމުގައި، އެއްވެސް މީހަކަށް އެކަނި ވެރިކަމެއް ނުކުރެވޭނެ. ގައުމުގެ ކަންކަން ހިންގުމުގައި ތަޖުރިބާ ހުރި، ގައުމުގެ ކަންކަމުގައި ލަފާ ދެވޭ ވަރުގެ މީހުުންނާ މަޝްވަރާ ކުރަން ވާނެ. އަމިއްލަ އަމިއްލައަށް ކަންކަން ކުރަން އުޅުމަކީއެއް އެންމެ އެެދެވޭ ނަތީޖާ އެކަކަށް ވެސް ނުނެރެވޭނެ ކަމެއް،"

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox