މީހެއްގެ ސިކުނޑީގެ ތެރެއިން އަށް ސެންޓިމީޓަރުގެ ދިރޭ ފަންޏެއް ނަގައިފި

މީހެއްގެ ސިކުނޑީގެ ތެރެއިން އަށް ސެންޓިމީޓަރުގެ ދިރޭ ފަންޏެއް ނަގައިފި

އޮސްޓްރޭލިއާ އަންހެނެއްގެ ސިކުނޑީގެ ތެރެއިން އަށް ސެންޓިމީޓަރުގެ ދިރޭ ފަންޏެއް ނަގާފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

މިއީ މީގެ ކުރިން ދުވަހަކު ވެސް ދިމާވެފައިވާ ކަމެއް ނޫނެވެ. އަންހެން މީހާގެ ސިކުނޑީގައި ގެއްލުން ލިބިފައިވާ "ފްރަންޓަލް" ލޯބް" އިން ފަނި ނެގީ މިދިޔަ އަހަރެވެ.

އަންހެން މީހާގެ ސާޖަރީ ހެދި ޑރ. ހަރީ ޕްރިޔާ ބަންދީ ވިދާޅުވީ އެއީ ވެދާނެ ކަމަށް ހީކޮށްގެން ތިބި ގޮތެއް ނޫން ކަމަށާއި ފަނި ފެނުމުން އެންމެން ސިހުނު ކަމަށެވެ.

Advertisement

އުމުރުން 64 އަހަރުގެ އަންހެން މީހާ ސިކުނޑީގެ ސާޖަރީ ހެދުމުގެ ކުރިން ތަފާތު އެކި އުނދަގޫތައް ވަމުން ދިޔަ އެވެ. އެގޮތުން ބަނޑުގައި ރިއްސައި، ކެއްސައި، ރޭގަނޑު މާބޮޑަށް ދާހިތްލައި، ހަނދާން ނެތި، ޑިޕްރެޝަން ކުރިމަތިވި އެވެ.

އަންހެން މީހާ އެޑްމިޓް ކުރީ ޖެނުއަރީ 2021 ގަ އެވެ، ސިކުނޑީގެ ސްކޭނެއް ހެދި އިރު، ކަނާތް ފަރާތަށް ގެއްލުން ލިބިފައި ހުރި މަންޒަރު ފެނުނެވެ.

އެގޮތަށް ދިމާވީ ކީއްވެގެންކަން ޔަގީންކުރެވެނީ ޖޫން 2022 ގައި ސާޖަރީ ހެދުމުގެ ތެރެއިން ސިކުނޑީގެ ތެރެއިން ރަތްކުލައިގެ ފަނި ފެނުމުންނެވެ.

ޑޮކްޓަރުން ބުނީ ސާޖަރީއަށް ފަހު އަންހެން މީހާގެ ހާލު ރަނގަޅު ކަމަށެވެ. ސައިންސްވެރިން ބުނީ މި ކޭސްއިން އެނގެނީ ޖަނަވާރުންގެ ގައިން އިންސާނުންނަށް ބަލިތައް ފޯރުމުގެ ނުރައްކާ ކަމަށެވެ.

އަންހެން މީހާގެ ސިކުނޑިން ފެނުނު އޮފިޑަސްކެރިސް ރޮބޭޓްސީ ފަންޏަކީ ހަރުފައިގެ ބާވަތްތަކުގެ ހަށިގަނޑުން އާއްމުކޮށް ފެންނަ އެއްޗެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox