ވޯޓު ސިއްރު ނުވެދާނެތީ ޕާޓީތަކުން ހުށަހެޅި މައްސަލަ އީސީން ބަލަނީ

މީގެ ކުރިން ބޭއްވި އިންތިހާބެއްގެ ތެރެއިން ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ؛ އެމްއެންޕީ އަދި ޕީޕީއެމް/ޕީއެންސީއިން އީސީއަށް ހުށަހެޅި މައްސަލަ ބަލާނެ ކަމަށް އެ ކޮމިޝަނުން ބުނި -- ފޮޓޯ: މިރާޝް/އަދަދު

މީގެ ކުރިން ބޭއްވި އިންތިހާބެއްގެ ތެރެއިން ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ؛ އެމްއެންޕީ އަދި ޕީޕީއެމް/ޕީއެންސީއިން އީސީއަށް ހުށަހެޅި މައްސަލަ ބަލާނެ ކަމަށް އެ ކޮމިޝަނުން ބުނި -- ފޮޓޯ: މިރާޝް/އަދަދު

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ލާ ވޯޓުގެ ސިއްރުކަން ގެއްލުވާލަން ބަޔަކު މަސައްކަތް ކުރާކަމަށް ބުނެ އެމްއެންޕީ އާއި ޕީޕީއެމް/ޕީއެންސީން އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅި ޝަކުވާ ބަލަމުންދާކަމަށް އެކޮމިޝަނުން ބުނެފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް "އަދަދު"އަށް މިއަދު ވިދާޅުވީ، ވޯޓުގެ ސިއްރުކަން ގެއްލުވާލަން ބަޔަކު މަސައްކަތް ކުރާ ކަމަށް ބުނެ އެ ކޮމިޝަނަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޝަކުވާ ހުށަހަޅާފައި ވާކަމަށެވެ. ހަމަ އެފަދަ ޝަކުވާއެއް އިއްޔެ އެމްއެންޕީން ވެސް ހުށަހަޅާފައި ވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން[ވޯޓު ސިއްރުކަން ގެއްލޭކަމަށް ބުނެ ޕާޓީތަކުން ހުށަހެޅި މައްސަަލަ] ޖަލްސާއަށް ހުށަހަޅައިގެން ކޮމިޝަނުން ތިކަމާ މަޝްވަރާކުރާނެ. އެބޭފުޅުން [ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން] ހުށަހަޅާފަ އޮތީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގަ އެޖެންޑާކުރަން އެ މައްސަަލަ. ދެން އެންމެ އަވަހަށް ބާއްވާ ކޮމެޓީ ބައްދަލުވުމެއްގައި އެޖެންޑާކުރާނެ" ހަބީބް ވިދާޅުވި އެވެ.

އެމްއެންޕީއިން ޝަކުވާ ހުށަހަޅަން އީސީއަށް ފޮނުވި ސިޓީ އެޕާޓީން އާއްމުކުރި އެވެ. އެ ސިޓީގައި ތުހުމަތުކޮށްފައިވާ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަންނަނީ އެކުންފުނީގެ އިސްވެެރިން ބުނާ ވަކި ކުލައެއްގެ ގަލަމެއް ނުވަތަ މާކަރަކުން ވޯޓުލާން މުވައްޒަފުންނަށް އަންގަމުންނެވެ.

"އެ ކުންފުނިތަކުގެ އިސްވެރިން އެދޭ ވަކި ކުލައެއްގެ މާކަރެއް ނުވަތަ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް މަޖުބޫރުކުރަމުންދާކަމުގެ ޝަކުވާ އެކުންފުނިތަކުގެ މުވައްޒަފުން އަންނަނީ ކުރަމުންނެވެ" އެމްއެންޕީއިން ހުށަހެޅި ޝަކުވާގެ ސިޓީގައި ބުންޏެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި 282،395 މީހުންގެ ނަން އެބަ އޮތެވެ. އޭގެ ތެރޭގައި އަލަށް ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ އަދަދަކީ 27,006 އެވެ.

މިއީ ފެހި ގާނޫނު އަސާސީއާ އެކު 2008 ގެ ފަހުން ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ ފަހަރެވެ. މީގެ ކުރިން 2008 ގައި ހަ ކެންޑިޑޭޓުން، 2013 ގައި ހަތަރު ކެންޑިޑޭޓުން، އަދި 2018 ގައި ދެ ކެންޑިޑޭޓުން ވާޑަދަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox