އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފެހެއްޓި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބިފައިވާތީ ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެނެވެ. ހިޔާނާތުގައި ވަގަށް ނެގި ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ހަތަރު މިލިއަނެއްހާ ރުފިޔާ ލުތުފީއަށް ލިބުނު ކަމަށް ބެލެވެ އެވެ.
ލުތުފީގެ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން އަމުރެއް ހޯދާފައި މި ވަނީ އޭނާ ވަރަށް ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ދިރިއުޅުމަށްފަހު ރާއްޖެ ވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. މެލޭޝިޔާގައި އަހަރުތަކެއް އުޅުމަށްފަހު އޭނާ އެނބުރި ރާއްޖެ ވަޑާއިގަތީ މިދިޔަ ހޮނިހިރު ދުވަހެވެ.
ހަސަން ލަތީފު ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ ކުށަކީ މަނީ ލޯންޑަރިން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭނާގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނީ ފެބްރުއަރީ، 2019، ގަ އެވެ.
ލުތުފީ ދިވެހިރާއްޖެއަށް ވަޑައިގެން މިހާރު ދިރިއުޅުއްވަނީ އުފަން އަތޮޅު އައްޑޫ ސިޓީގަ އެވެ. އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އައްޑޫއަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ދެންނެވުމަށް ލުތުފީ ނުކުމެވަޑައިގަތެވެ.

އޭސީސީއަށް ލުތުފީ އައްޔަން ކުރީ 2009 ވަނަ އަހަރެވެ. މަގާމުން އިސްތިއުފާ ދެއްވީ ޖޫން، 2019، ގަ އެވެ. އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމުން މެލޭޝިޔާ ފުރުމަށްފަހު އޮފީހަށް ނުނިކުމެ މުސާރަ ނަގާތީ ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ލަފާ ދެއްވާފައި އޮއްވަ އެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
ރ. އަތޮޅު ދުވާފަރުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް، އެރަށުގައި އެއާޕޯޓު އެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވި އެވެ.
ތިޔަބޭފުޅުންގެ ތިޔަ އެދުމާ އެކީގައި އަޅުގަނޑު ޕްލޭނިން މިނިސްޓްރީ އާއި، ޕޮލިސީ ޓީމު އަދި ފައިނޭންސް މިނިސްޓްރީއާ އެކު އަދި އިށީންނާނަން. ތިޔަބޭފުޅުން އުންމީދު ގެއްލުވާނުވާ. އަޅުގަނޑުމެން ތިޔަބޭފުޅުންނަކަށެއް ދެރަގޮތެއް ނުހަދާނަން,"












