މުއިއްޒުގެ ޓީމުން ބުނަނީ ގޯތި ދިނުމަކީ އޮޅުވާލުންގަނޑެއް ކަމަށާއި ބޭނުމަކީ ވޯޓަށް ނުފޫޒު ފޯރުވަން ކަމަށް

މުއިއްޒުގެ ޓީމުން ބުނަނީ ގޯތި ދިނުމަކީ އޮޅުވާލުންގަނޑެއް ކަމަށާއި ބޭނުމަކީ ވޯޓަށް ނުފޫޒު ފޯރުވަން ކަމަށް

މާލޭ ރައްޔިތުންނަށް ވެރި ރަށް މާލޭ ސަރަހައްދުން ގޯތި ދިނުމަށް މިހާރު ކުރިއަށްގެންދާ ޕްރޮގްރާމަކީ އޮޅުވާލުމެއް ކަމަށާއި އޭގެ ބޭނުމަކީ ވޯޓަށް ނުފޫޒު ފޯރުވުން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން ޓީމުން ބުނެފި އެވެ.

ޕީޕީއެމް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނުގެ އެސިސްޓެންޓް މެނޭޖަރު މުއާޒް ރަޝީދު ވިދާޅުވީ، ހިކިފަސްތަންތަނުން ގޯތި ދިނީ ސަރުކާރުގެ ވެރިންނަށް ކަމަށެވެ.

"މި ސަރުކާރުގެ ބޮޑެތި ބޭފުޅުންނަށް، މި ސަރުކާރަށް ނިސްބަތްވާ ސަރުކާރުގެ ބޭފުޅުންނަށް އެކަނި ބިން އޮތް ތަނަކުން ގޯތި ދީފަ އާންމު ރައްޔިތު މީހުންނަށް ވުޖޫދުގައި ނުވެސް ނެތް ތަންތަނުން އެ އޮތީ ގޯތި ދިން ކަމަށް ހަދާފައި. މިއީ ވަރަށް ބޮޑު އޮޅުވާލުމެއް،" އޭނާ ވިދާޅުވި އެވެ.

"ހަމައެއާ އެކީގައި އަދިވެސް އިތުރު އެތައް ކަންތައްތަކެއް އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ދަނީ ކުރަމުން. އޭގެ ތެރޭގައި ތިޔަ ބޭފުޅުންނަށް ފާހަގަވާނެ، އޭގެ ތެރޭގައި ތިޔަ ބޭފުޅުންނަށް ފާހަގަވާނެ މާލޭގެ ރައްޔިތުންނަށް ގޯތިތަކެއް."

އޭގެ އިތުރުން، ސެޕްޓެމްބަރު 9، ގައި ބާއްވާ އިންތިހާބާ ދިމާކޮށް ސަރުކާރުން ވަޒީފާތައް އިތުރު ކުރަމުންދާ ކަމަށް ވެސް މުއާޒް ތުހުމަތު ކުރެއްވި އެވެ.

"ސަރުކާރު ކުންފުނިތައް ބޭނުންކޮށްގެން މި އިންތިހާބަށް ނުފޫޒު ފޯރުވުމަށް އެތައް ވަޒީފާތަކެއް އެ ދަނީ ހަމަޖައްސަމުން. ހަގީގަތުގައި ނެތް ފައިސާއަކަށް، ދަރަންޏަށް ނަގައިގެން، އިންތިހާބަށް ނުފޫޒު ފޯރުވަން،" އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ، ގައުމު ތަރައްގީ ކުރުމުގައި ބޮޑެތި އާބާދީތަކަށް އިސްކަންދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި ނަމަވެސް ތަރައްގީ ގެނައުމުގައި އެއްވެސް ތަފާތެއް ނުގެންގުޅޭނެ ކަމަށެވެ.

"މައިގަނޑު ގޮތެއްގައއި ވަކި ރަށަކަށް ނިސްބަތް ކުރައްވާ ވާހަކަ ދެއްކެވި ނަމަވެސް އަޅުގަނޑުމެން، ޕީޕީއެމް/ޕީއެންސީ މެނިސފެސްޓޯގައި ހިމެނިފައި އެ ވަނީ މުޅި ރާއްޖެއަށް ކޮށްދެއްވާނެ ކަންކަން. އެއީ އަޅުގަނޑުމެން ވަކި ރަށެއް ތަފާތު ކުރުމެއް ނެތި، ބޮޑު އާބާދީއެއް، ކުޑައާބާދީއެއް ތަފާތު ކުރުމެއް ނެތި، ހުރިހާ ރަށަކަށް އަޅުގަނޑުމެން ކޮށްދޭނެ ކަންކަން،" ތޮލާލް ވިދާޅުވި އެވެ.

ޑރ. މުއިއްޒަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދެއް ނެތް ކަމަށް ވިދާޅުވާތީ އެކަމަށް ވެސް ތޮލާލް ރައްދު ދެއްވި އެވެ.

"ރައީސް ޔާމީންގެ ފުރިހަމަ ތާއީދު ޑރ. މުއިއްޒަށް އޮތްކަން ރައީސް ޔާމީނު ވަނީ އަޅުގަނޑުމެންނަށް އަންގަވާފަ. އަދި ޑރ. މުއިއްޒު ހޮވާދިނުމުގައި ދިވެހި ރައްޔިތުން އެކަތިގަނޑެއްގައި މަސައްކަތް ކުރުމަކީ ރައީސް ޔާމީންގެ އެދިވަޑައިގަތުމެއް،" އޭނާ ވިދާޅުވި އެވެ.

މުއިއްޒުގެ އިތުރުން އިންތިހާބުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި އެމްއެންޕީގެ މުހައްމަދު ނާޒިމެވެ.

އޭގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި އުމަރު ނަސީރާއި ހަސަން ޒަމީލް ވެސް އެ އިންތިހާބުގައި ވާދަ ކުރައްވަ އެވެ. އެ ތިން ބޭފުޅުން ވާދަ ކުރައްވަނީ އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox