ހުލާސާކޮށް އިއްޔެ: ޔާމީނު ގެއަށް ބަދަލުކުރަން އީޔޫގެ ވަފުދުން މަސައްކަތެއް ނުކުރާނެ

Aug 18, 2023, 1:18 AM
އީޔޫ ވަފުދުގެ ޗީފް އޮބްޒާވަރު ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، ނާޗޯ ސަންޗޭޒް އަމޯރް : ވިދާޅުވީ ނަޝީދު އެދުނަސް އީޔޫއިން ޔާމީނު ގެއަށް ބަދަލުކުރާކަށް ނޫޅޭނެ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އީޔޫ ވަފުދުގެ ޗީފް އޮބްޒާވަރު ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، ނާޗޯ ސަންޗޭޒް އަމޯރް : ވިދާޅުވީ ނަޝީދު އެދުނަސް އީޔޫއިން ޔާމީނު ގެއަށް ބަދަލުކުރާކަށް ނޫޅޭނެ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނު ގެއަށް ބަދަލުކޮށްދޭން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ވަފުދަށް އެކަން ހުށަހެޅި ނަމަވެސް، އެ ވަފުދުން އެފަދަ މަސައްކަތެއް ނުކުރާނެ އިއްޔެ ހާމަކުރި އެވެ.

އީޔޫއިން މި އަހަރުގެ އިންތިހާބު އޮބްޒާވްކުރަން ފޮނުވި ވަފުދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވަފުދުގެ ޗީފް އޮބްޒާވަރު ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، ނާޗޯ ސަންޗޭޒް އަމޯރް ވިދާޅުވީ، ޔާމީނުގެ މައްސަލަ މިހާރު އޮތީ ކޯޓުތަކުގައި ކަމަށާއި، އެއްވެސް ހާލަތެއްގައި ޝަރުއީ ދާއިރާގެ ކަންކަމުގައި ތެރެއަށް ވަދެ އެ ވަފުދުން ބަސްނުބުނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އޮބްޒާވްކުރަން އައި ބަޔެއް، އެއްވެސް ހާލެއްގައި ރާއްޖޭގެ ދާހިލީ ކަންކަމާމެދު ބަހެއް ނުބުނާނަން، ރައުޔެއް ނުދޭނަން، ހާއްސަކޮށް ރައީސް ޔާމީނުގެ މައްސަލަ އޮތީ ކޯޓުގައި، ޖުޑީޝަރީގެ ކަންކަމާ އަޅުގަނޑުމެން ބަހެއް ނުބުނާނަން" ނާޗޯ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އަދި ޑިމޮކްރެޓްސް ޕާޓީގެ އިސްކޮށް ހަރަކާތްތެރިވާ ނަޝީދު ނާޗޯ އާ ބައްދަލުކުރެއްވީ މި މަހު 15 ގަ އެވެ. އެ ބައްދަލުވުމަށްފަހު މަޖިލީހުގެ އިދާރާއިން ބުނީ ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބު އިންސާފުވެރި އިންތިހާބަކަށް ވާނީ ޔާމީނު ގެއަށް ބަދަލުކޮށްގެން ކަމަށް ނަޝީދު ވިދާޅުވި ކަމަށެވެ. އަދި އެކަމުގައި އީޔޫގެ އެހީތެރިކަމަށް އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށްވެސް ބުނެފައިވެ އެވެ.

ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ޖަލްސާތަކުގައި ވެސް އެމަނިކުފާނު ގެންދަވަނީ ޔާމީން މިނިވަންކުރުމަށް ގޮވާލަމުންނެވެ. އަދި ޑިމޮކްރޭޓްސްގެ ވެރިކަމެއްގައި ފުރަތަމަ އެއް ހަފްތާ ތެރޭގައި ޔާމީން މިނިވަންކުރާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ޕީޕީއެމް މެންބަރުންނަށް ޔަގީންކޮށް އަރުވަން، ތި ބޭފުޅުން އަޅުގަނޑުމެންނާއެކު މަސައްކަތް ކުރުމަށް އެއްބަސްވެ ސޮއި އަޅާތާ، އިރާދަކުރެއްވިއްޔާ ހަފުތާއެއްގެ ތެރޭގައި، މާލެ މަގުމަތީގައި އަޅުގަނޑު އަބަދު ހުރެގެން ވެސް، ރައީސް ޔާމީން ގެއަށް ގެނެސްދޭނަން، އަދި ރައީސް ޔާމީން ދޫވެސްކޮށްލާނަން،" މިފަހުން ގދ. ގައްދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޔާމީން ޖަލުން މިނިވަން ކުރަން ބޭނުންވާ ހަގީގީ މަސައްކަތް ޕީޕީއެމްގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުން ނުކުރާ ކަމަށެވެ.

ޔާމީން ޖަލަށް ލާފައި ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ހިފާފައިވާ ކަމާއި އެ ފައިސާ ލޯންޑަކުރިކަމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހު އެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި 11 އަހަރަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރި އެވެ. އެ ހުކުމް އިސްތިއުނާފުކޮށްފައިވާއިރު، އަޑުއެހުންތައް ވަނީ ހައިކޯޓުގައި ފަށައިފަ އެވެ.

މުހިންމު ހަބަރުތައް

ދުވަހުގެ ކޯޓޭޝަން

ސިއްހަތު ތަންދޭ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިފަހަރުގެ ރިޔާސީ ކެމްޕެއިންގައި ވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕެއިންގެ ސްޕޯކްސްޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިއްޔެ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ އަމާޒެއް ހުރިހާ ރަށަކަށް ރައީސް ސޯލިހު ވަޑައިގަތުމަކީ. އެކަމަކު މިކަހަލަ ކަމެއް ދިމާވެގެން އެހެން ހުއްޓުން އެރުން ފިޔަވައި ހަމަ ގައިމުވެސް ރައީސް ސޯލިހު ހުރިހާ ރަށަކަށް ދަތުރުފުޅު ކުރެއްވޭތީ މަސައްކަތް ކުރައްވާނެ،"

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox