އިންޑިއާގެ މޯހަން މުތާ ގްރޫޕުން ރާއްޖޭގައި ރިސޯޓެއް ވެސް ތަރައްގީކުރަނީ

އިންޑިއާގެ މޯހަން މުތާ ގްރޫޕުން ރާއްޖޭގައި ރިސޯޓެއް ވެސް ތަރައްގީކުރަނީ

ހިލައާއި ހިލަވެލި އަދި އެހެން ގިނަ ބާވަތްތަކެއް ރާއްޖެއަށް ފުޅާދާއިރާ އެއްގައި އެތެރެކޮށް ވިއްކަމުން އަންނަ އިންޑިއާގެ މޯހަން މުތާ(އެމްއެމް އެކްސްޕޯޓްސް) އިން ރާއްޖޭގައި ރިސޯޓެއް ވެސް ހަދަން ތައްޔާރުވަމުންދާ ކަމަށް ބުނެފި އެވެ.

އެމްއެމް އެކްސްޕޯޓްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ސުރޭޝް މުތާއާ ހަވާލާދީ 'ދަ ހިންދޫ ބިޒްނަސްލައިން' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކުންފުނިން އަންނަނީ ރާއްޖޭގައި "ވެލްނަސް" ރިސޯޓެއް ހަދަން ބޭނުންވާ އެންމެ ފަހުގެ ހުއްދަތައް ހޯދަމުންނެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން މި ރިސޯޓު ތަރައްގީ ކުރަން އެމްއެމް އެކްސްޕޯޓުން 30 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ނިންމާފައި ވާއިރު، އެކަމަށް ބޭނުންވާ ލޯނު ވެސް ނަގަނީ ރާއްޖޭގެ ބޭންކަކުންނެވެ. އަދި އެ ރަށުގައި ހަދަނީ އޯލް-ވީގަން- ވެޖިޓޭރިއަން ރިސޯޓެއް ކަމަށާއި ރިސޯޓުގައި ބަނގުރާ ވެސް ނުވިއްކާނެ ކަމަށް ވަނީ ބުނެފަ އެވެ.

'ދަ ހިންދޫ ބިޒްނަސްލައިން' އަށް ސުރޭޝް މުތާ ދިން އިންޓަވިއުގައި ބުނެފައިވާގޮތުން މި ރިސޯޓު ތަރައްގީކުރާނީ ވާދޫ ކިޔާ ރަށެއްގަ އެވެ. ނަމަވެސް ރާއްޖޭގައި އޮންނަނީ އެ ނަން ކިޔާ މީހުން ދިރިނޫޅޭ އެންމެ ރަށެކެވެ. އެއީ މާލެ އަތޮޅުގައި "އަދާރަން ޕްރެސްޓީޖް ވާދޫ" ރިސޯޓު މިހާރުވެސް ހިންގަމުން އަންނަ ރަށެވެ. ދެން އޮންނަނީ ރ. ވާދޫ އާއި ގދ. ވާދޫ އެވެ. އެ ދެރަށަކީވެސް މީހުން ދިރުއުޅޭ ރަށްތަކެވެ.

އެމްއެމް އެކްސްޕޯޓަކީ އިންޑިޔާގެ އެންމެ ކުރިއަރާފައިވާ އެއް އެކްސްޕޯޓް ކުންފުންޏެވެ. ރާއްޖެއަށް ހިލަ އެތެރެކުރުމުގެ އިތުރުން އެކުންފުނިން އަންނަނީ ރާއްޖޭގައި ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތައްވެސް ހިންގަމުންނެވެ.

ޖަލުގައި އޮންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާގޮތައް ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައިވާ ކަމަށް ތުހުމަތުވާ އެމްއެމް އެކްސްޕޯޓުގެ ޓަގު ބޯޓާއި ބާޖުތައް އެކިފަހަރު މަތިން ރާއްޖޭގެ ފަރުތަކަށް އަރައިގެން އީޕީއޭ އިން އެކުންފުނި ބޮޑެތި އަދަދުތަކުންް ޖޫރިމަނާ ވެސް ކުރި އެވެ. އަދި ދާދި ފަހުން އެކުންފުނީގެ ބާޖެއް ފުވައްމުލަކު ފަރަށް އުރި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެ މައްސަލަ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ތަހުގީގު ނުކުރަނީސް އެ ބާޖު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox