ސްކޫލުތައް ފެށުން އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

މިރޭ މުއިއްޒު ކުޑަހުވަދޫއަށް ވަޑައިގަންނަވަނީ. ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކަށް ފާޑުވިދާޅުވި --- ފޮޓޯ: މިރާން ނާޝިމް/އަދަދު

މިރޭ މުއިއްޒު ކުޑަހުވަދޫއަށް ވަޑައިގަންނަވަނީ. ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކަށް ފާޑުވިދާޅުވި --- ފޮޓޯ: މިރާން ނާޝިމް/އަދަދު

އަހަރުގެ މެދު ތެރޭގައި ދިރާސީ އަހަރު ފެށުމަށް މި ސަރުކާރުން ގެނައި ބަދަލު އަނބުރާ ގެންގޮސް 2025 އިން ފެށިގެން ޖެނުއަރީ މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ފަށާ ގޮތަށް ކަންކަން ބަދަލުކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީގަ އެވެ. އެކަމަކު ކޮވިޑާ އެކު ސްކޫލްތަކަށް ގޮސްގެން ދަރިވަރުންގެ ކިޔެވުން މެދުކެނޑި، ދިމާވި އުނދަގޫ ހާލަތާ ގުޅިގެން ސަރުކާރުގެ ނިންމުމަކަށް ވީ، ދަރިވަރުންގެ ކިޔެވުން ދަންމާލައި ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް ބަދަލުކުރުމަށެވެ.

ނަމަވެސް, މުއިއްޒު ވަނީ އެގޮތަށް ބަދަލުކުރުމުން ބޮޑެތި ތަކުލީފުތަކާއި ބެލެނިވެރިންނާއި ދަރިވަރުން އުފުލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"މި ސަރުކާރުން ސްކޫލު ބަންދު ބަންދު ގެނައުމުން ހުޅަނގު މޫސުމުގެ އެންމެ ނުބައި ދުވަސްވަރަށް މި ބަދަލުވަނީ. އެ ބަދަލުގެ ސަބަބުން ބޮޑު ބަންދުގެ ބޭނުމެއް ނުހިފޭ. އާއިލާތަކަށް އޭގެ ބޭނުމެއް ނުހިފޭ. އޭގެ ސަބަބުން ބަންދުގެ ބޮޑު ބައެއް ގެއްލޭ. މިނިވަން ދުވަހުގެ ކުޅިވަރުގައި ބައިވެރިވާ ހުރިހާ ކުދިން މަޑުކުރަން ޖެހޭ," އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގައި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އަލުން އަނބުރާ ދިރާސީ އަހަރު ކުރިން ފަށާ ތާރީހުތަކުގައި ފަށާނެ އެވެ.

"ޑިސެމްބަރަށް އަނބުރާ ގެންނަން ވަގުތު ބޭނުންވާނެ. ނަގަން ޖެހޭ ފިލާވަޅުތައް ނަގައިގެން އަނބުރާ ގެންދެވޭނީ 2025 ގެ ޖެނުއަރީގައި ފެށިގެން އަހަރު ކުރިން އޮތް ގޮތަށް ބަދަލު ކުރެވޭނީ. 2025 އިން ފެށިގެން ޖެނުއަރީން [ދިރާސާ] އަހަރު ބަދަލުކުރީމާ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފައިދާވާނެ,"

އެއީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންނަށް އެ މީހުންގެ ދަރިންނާއެކު ޗުއްޓީ ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރިސޯޓުތަކުގެ އޮފް ސީޒަނާ ގުޅުވައި ގެނައި ބަދަލެކެވެ. ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު 2021 އިން ފެށިގެން ދަރިވަރުންގެ ކިޔެވުން ތަރުތީބުކޮށްފައި އޮތީ އެހެންނެވެ.

"ބޮޑު ބަންދު އޮތީ ނުބައިކޮށޭ ބަަދަލުކޮށްފައި. އޭގައި އެބަ އޮތް އެއް ސަބަބު. ޓޫރިޒަމް ސެކްޓަރު މީހުންނަށް ޗުއްޓީ ނަގައިގެން ބޭރަށް ދާން ދަތިވާނެ. އެ ބޭފުޅުންނަށް ވެސް ބޭރަށް ދެވެނީ އެއް ނޫން. މި ބަދަލަކީ ރައްޔިތުން ބޭނުންވި ކަހަލަ ބަދަލެއް ނޫން," މުއިއްޒު މިރޭ ވިދާޅުވި އެވެ.

މުއިއްޒު ވަނީ މި ބަދަލު ގެންނަނީ ޓޫރިޒަމު އިންޑަސްޓްރީގައި އުޅޭ މުވައްޒަފުންނަށް ވެސް ގެއްލުން ނުވާނެ ފަދަ ގޮތަކަށެވެ. އަދި, މަޝްވަރާގެ ތެރެއިން އެކަމަށް ހައްލެއް ހޯދޭނެ ކަމަށް ވިދާޅުވި އެވެ.

މިރޭ ކުޑަހުވަދޫގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ކުޑަހުވަދޫ އޮތީ ރާއްޖޭގެ ވަރަށް މުހިންމު ސަރަހައްދެއްގައި ކަމަށާއި އެ ރަށް ތަރައްގީ ކުރަން ޖެހެނީ ސަރަހައްދީ ތަރައްގީގެ ވިސްނުމަކުން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް, މި ސަރުކާރުން ކަންކަން ކުރަމުންދަނީ ކުޑަހުވަދޫގެ ރައްޔިތުން އެދިފައިވާ ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ބައްޓަން ކުރާނީ މި ރަށު ރައްޔިތުން ބޭނުންވާ ގޮތަށް. އެ ބަނދަރަކީ މި ސަރަހައްދަށް ކޮމާޝަލް ޑެވެލޮޕްމަންޓަށް ވަރަށް ދެކޮޅު ޖެހޭ ކަމަކަށް ވާނެ. ވަޒީފާ އުފެދޭނެ. ވިޔަފާރި އެތައް ގުނައެއް އިތުރުވާނެ. ރައްޔިތުންގެ ޖީބަށް ގިނަ ފައިސާ ވަންނާނެ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިންގާނީ," އޭނާ މިރޭ ވިދާޅުވި އެވެ.

އޭގެ އިތުރުން މުއިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާނެ ކަމަށާއި ރާއްޖޭން ބޭރުގައި ސިއްހީ ފަރުވާ ހޯދާއިރު ހޮސްޕިޓަލް ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި ހިނގާ ހަރަދުތައް އާސަންދައިގެ ތެރޭގައި ހިމެނުމަށް ވައުދުވެވަޑައިގެންފަ އެވެ.

ހަމައެހެންމެ, އާސަންދައިގެ ތެރޭގައި ދަރިމައިނުވުމުގެ ފަރުވާ ހިމަނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ކަންކަން ކުރަން ޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox