ރިޔާސީ އިންތިހާބު: މާލޭގައި 176 ފޮށި، ރަށްރަށުގައި 319 ފޮށި

ރިޔާސީ އިންތިހާބު: މާލޭގައި 176 ފޮށި، ރަށްރަށުގައި 319 ފޮށި

ސެޕްޓެމްބަރު 9, ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ބަހައްޓާނީ ޖުމްލަ 574 ވޯޓުފޮށި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އެ ކޮމިޝަނުން ނިންމީ މި އިންތިހާބުގައި 609 ވޯޓް ފޮށި ބެހެއްޓުމަށެވެ. ނަމަވެސް, ފޮށީގެ އަދަދު 574 މަދުކޮށްފައިވާކަން އީސީން ވަނީ އިއްޔެ ހާމަކޮށްފަ އެވެ.

އީސީން ބުނި ގޮތުގައި ރީ ރެޖިސްޓްރޭޝަންގެ އަދަދުތަކަށް ބަލައި އެ ކޮމިޝަނުން ވަނީ މާލޭ ސިޓީގެ އެކި ސަރަހައްދުތަކުގަ އާއި ރާއްޖޭން ބޭރުގައި ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ 40 ވޯޓު ފޮށްޓަކަށް ބަދަލު ގެނެސްފަ އެވެ. އަދި ބައެއް ފޮށިތަކަށް ވޯޓުލުމަށް ރީ ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އެތަން ތަނުގައި އިތުރު ހަތް ވޯޓުފޮށި ބެހެއްޓުމަށް ނިންމީ ކަމަށްވެސް ބުންޏެވެ.

އިންތިހާބަށް ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން މާލޭގައި ބަހައްޓާނީ ޖުމްލަ 176 ވޯޓްް ފޮށްޓެވެ. އަތޮޅު ތެރޭގައި 319 ފޮށި ހުންނައިރު ރާއްޖެއިން ބޭރުގައި އަށް ފޮށި ބެހެއްޓުމަށް އިސީން ވަނީ ނިންމަވާފައެވެ. އޭގެއިތުރުން 65 ރިސޯޓަކާއި ޖަލުތަކުގައި ފަސް ފޮއްޓަކާއި ހުޅުލޭގައި އެއް ފޮށި ހުންނާނެ ކަމަށް ވެސް އީސީން ބުންޏެވެ.

މާލޭ ސަރަހައްދުގައި ބަހައްޓާ ފޮށިތައް ބެހިފައިވާ ގޮތް

  • މާލޭގައި 142 ފޮށި
  • ހުޅުމާލެ ފޭސް 1ގައި 21 ފޮށި
  • ހުޅުމާލެ ފޭސް 2ގައި 6 ފޮށި
  • ވިލިމާލޭގައި 7 ފޮށި

ވޯޓް ފޮށި ބަހައްޓާ ގައުމުތައް

ސްރީލަންކާ/ކޮލަމްބޯ 2 ފޮށި

  • އިންޑިއާ/ޓްރިވެންޑްރަމް 1 ފޮށި
  • އިނގިރޭސިވިލާތް/ލަންޑަން 1 ފޮށި
  • މެލޭޝިޔާ/ކުއަލަލަމްޕޫރް 3 ފޮށި
  • ޔޫއޭއީ/އަބޫދާބީ 1 ފޮށި

އޭގެ އިތުރުން މާފުށީ ޖަލުގައި ދެ ފޮށި، ހުޅުމާލެ ޖަލުގައި އެއް ފޮށި އައްސޭރި ޖަލުގައި އެއް ފޮށި އަދި ދޫނިދޫ ޖަލުގައި އެއް ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފަ އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 280،000 މީހުނަށް ލިބެ އެވެ. ފުރަތަމަ ބުރުގެ ވޯޓު ލުން ސެޕްޓެމްބަރު 9، ގައި އޮންނަ އިރު ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ.

އަށް ކެންޑިޑޭޓުންގެ ވާދަވެރި މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް އީސީން މިހާރު ވަނީ ހުޅުވާލާފަ އެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅޭނީ މިއަދު 15:00 ގެ ނިޔަަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox