ބޭންކުން ފައިސާ ނެގޭ ލިމިޓެއް އޮންނާތީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފި

ބޭންކުން ފައިސާ ނެގޭ ލިމިޓެއް އޮންނާތީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފި

ރިޔާސީ އިންތިހާބުގެ ހަރަދުތަކަށް ކޮންމެ ކެންޑިޑޭޓަކު ވަކި ބޭންކް އެކައުންޓެއް ހުޅުވަންޖެހޭއިރު ބޭންކު އެކައުންޓުތަކުން ދުވާލަކަށް ފައިސާ ނެގޭ ލިމިޓުގެ ސަބަބުން ހަރަދުކުރަން ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ ތިންވަނަ ބައްދަލުވުން މިއަދު ބޭއްވިއިރު އެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ފަރާތުން ބައިވެރިވި މަންދޫބު ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ، އެކައުންޓުތަކުން ދުވާލަކަށް ފައިސާ ނެގޭ ވަކި ލިމިޓެއް ބޭންކުތަކުން ކަނޑައަޅާފައިވާތީ އޭގެ ސަބަބުން ކެމްޕެއިން ހަރަދުތައް ކުރުމަށް ދަތިތަކަކާއި ކުރިމަތިވާނެ ކަމަށް ވިދާޅުވެ އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ރިޔާޒުގެ އެ ހުށަހެޅުމާ ގުޅޭގޮތުން އީސީގެ ނާއިބު ރައީސް ހަބީބް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންގެ ހަރަދުތައް ބެލެހެއްޓުމަށް އެ ކޮމިޝަނާއި އޮޑިޓާ ޖެނެރަލް އޮފީހާއި އެމްއެމްއޭ ގުޅިގެން ވަރަށް ރަނގަޅު އުސޫލުތަކެއް ކަނޑައަޅައި ރަނގަޅު މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި ހަރަދުކުރާ މިންވަރު ބެލުމަށް ކެންޑިޑޭޓުން ވަކި އެކައުންޓެއް ހުޅުވުމުގެ އުސޫލަކީ އޭގެ އެއް މިސާލު ކަމަށެވެ.

ނަމަވެސް ރިޔާޒު ފާހަގަކުރެއްވި ގޮތަށް ރިޔާސީ ކޮންމެ ކެންޑިޑޭޓަކަށް ހަރަދުކުރެވޭނެ ވަކި އަދަދެއް ކަނޑައަޅާފައިވާއިރު ބޭންކު ތަކުން ދުވާލަކަށް ދެ ލައްކަ ރުފިޔާ ދޫކުރާ އުސޫލު އޮންނަ ނަމަ އެކަމުގެ ސަބަބުން ކެންޑިޑޭޓުންނަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

"އެކަމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން އަޅުގަނޑުމެންނަށް ކޮށްދެވެން އޮތް ކަމެއް ވިއްޔާ ކޮށްދޭނަން" ހަބީބު ވިދާޅުވި އެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަ ކުރައްވަ އެވެ. އޭގެ ތެރެއިން ޕާޓީތަކުން ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމް އާއި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒާއި އެމްއެންޕީގެ މުހައްމަދު ނާޒިމެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވަނީ ފާރިސް މައުމޫނާއި އުމަރު ނަސީރާއި ހަސަން ޒަމީލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox