އަވައްޓެރި ދެގައުމެއްގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއަކާ ގުޅޭ ތިން މީހެއްގެ ޑިވައިސްތައް އަތުލައިފި

މީގެ ކުރިން ޓެރަރިޒަމްގެ މައްސަލައަކާ ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މީގެ ކުރިން ޓެރަރިޒަމްގެ މައްސަލައަކާ ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ދެހާސްސަތާރަ ވަނަ އަހަރު ފަހުކޮޅު އަވައްޓެރި ގައުމެއްގައި ޓެރަރިސްޓް ހަމަލާއެއް ދޭން ހަތަރު ދިވެއްސަކު ރާވައި ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާލީ އެހީތެރިކަން ފޯރިކޮށްދީ އެ އަމަލު ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ބުނާ މައްސަލައަކާ ގުޅިގެން މާލޭގައި އޮޕަރޭޝަނެއް ހިންގައި ތިން މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓައިފި އެވެ.

އެ އޮޕަރޭޝަނާ ބެހޭގޮތުން މިރޭ ނޫސްތަކަށް ފޮނުވި ކުރު ބަޔާނެއްގައި ފުލުހުން ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގެ އަވައްޓެރި ދެ ދައުލަތަކުން ފޯރުކޮށްދީފައިވާ ތަހުގީގީ މައުލޫމާތާއި ހެކީގެ އަލީގައި ކަމަށެވެ.

މިރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މާލޭގެ ތިން ތަނެއް ބަލައި ފާސްކޮށް ތިން މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ތަހުގީގީ ބޭނުމަށް ހިފަހައްޓާފައިވާ ކަމަށް އެ ބަޔާނުގައި ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮންކޮން ތަންތަނެއް ކަމެއް ނުވަތަ ހިފެހެއްޓި ޑިޖިޓަލް ޑިވައިސްތައް ހިފެހެއްޓީ ކޮންކޮން ބައެއްގެ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންދީފައިވާ ގައުމުތަކަށް ރާއްޖޭގެ ފަރާތުން ވެސް މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށެވެ.

ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި މިއަދު މާލޭގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާއިރު މިމަހުގެ އެއްވަނަ ދުވަހު ޔޫއެސް ޑިޕާޓްމަންޓް އޮފް ޓްރެޝަރީޒް އޮފީސް އެންޑު ފޮރެއިން އެސެޓްސް (އޯފެކް) އިން ވަނީ 29 ދިވެއްސަކު ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅައި ދިވެހި 30 ކުންފުންޏަކަށް ފިޔަވަޅު އަޅަން ނިންމައިފަ އެވެ. ނަމަވެސް އެ ނިންމުމާ ގުޅިގެން މިހާތަނަށް ރާއްޖޭގެ ސަރުކާރުން ވެސް އަދި ތަންފީޒީ އިދާރާއަކުން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox