ރިޔާސީ އިންތިހާބަށް ބޭނުންވާ އޮފިޝަލުން އަދިވެސް ހަމަނުވާތީ އީސީގެ ކަންބޮޑުވުން

ރިޔާސީ އިންތިހާބަށް ބޭނުންވާ އޮފިޝަލުން އަދިވެސް ހަމަނުވާތީ އީސީގެ ކަންބޮޑުވުން

އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ބޭނުންވާ އޮފިޝަލުން އަދިވެސް ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އީސީން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އުއްމީދުކުރިވަރަށް ވުރެ އިންތިހާބުގެ އޮފިޝަލުންނަށް ވުމަށް ލިބޭ ތަރުހީބު ކުޑަ ކަމަށެވެ. އެގޮތުން އިންތިހާބަށް ހަތަރު ހަފްތާއަށް ވެެފައިވާއިރު އީސީން އުއްމީދުކުރިވަރާ ގާތަށްވެސް އޮފިޝަލުންގެ އަދަދު ހަމަނުވާ ކަމަށް ހަބީބު ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބަށް ވަރަށް ބޮޑު އޮޕަރޭޝަނެއް ހިނގާއިރު ހަގީގަތުގައިވެސް އޮފިޝަލުންނަކީ ވަރަށް މުހިއްމު ބައެއް. ބައެއް ރަށްރަށުން އަދިވެސް ދަތިތަކެއް އެބަހުރި އޮފިޝަލުން ލިބުމުގެ. މިހާރުވެސް ފުރުސަތު ހުޅުވާލާފަ ވަނީ، ހާއްސަ ގޮތެއްގައި ރިސޯޓުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ބޭނުންވޭ" ހަބީބް ވިދާޅުވި އެެވެ.

ހަބީބު ވިދާޅުވި ގޮތުގައި އިންތިހާބަށް ބޭނުންވާ އޮފިޝަލުން ހަމަނުވާއިރު އީސީއަށް އެންމެ ބޮޑަށް ދަތިވެފައިވަނީ އެ ކޮމިޝަނުގެ އޮފިޝަލުންގެ ގޮތުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ނުލިބުމުގެ ދަތިކަމެވެ. އެކަމަށްޓަކައި ސިވިލް ސާވިސް މުވައްޒަފުންނާއި މިނިސްޓްރީ ތަކުގެ މުވައްޒަފުންނަށްވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި, އިންތިހާބުގެ މޮނީޓަރުންނާއި އޮބްޒާވަރުންގެ އަދަދުތައް އިތުރުުކުރުމުގެ ގޮތުުން މޮނީޓަރުންނާއި އޮބްޒާވަރުންނަށް ވުމަށް އެދި ހުށަހެޅުމުގެ މުއްދަތުވެސް އަންގާރަ ދުވަހުގެ ހަވީރު 15:00 އާ ހަމަޔަށް މިހާރު އިތުރުކޮށްފައިވާ ކަމަށާއި އެ މުއްދަތު އިތުރަށް އިތުރު ކުރުމުގެ ވިސްނުމެއް ކޮމިޝަނުން ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ މި އިންތިހާބުގެ ކަންކަން އަޅުގަނޑުމެން ކުރަނީ ރަނގަޅަށްތޯ ބެލުމަށް ވަރަށް ބޮޑަށް މީޑިއާ އާއި އޮބްޒާވަރުންނާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ކަމާއި ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި އިންޓަނޭޝަނަލް އޮބްޒާވަރުން ވަރަށް ބޮޑަށް ފާރަވެރިވާން" ހަބީބް ވިދާޅުވި އެވެ.

ހަބީބް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ހަރަކާތެތްތެރިވާ ބައިނަލްއަގުވާމީ އޮބްޒާވަރުންގެ އަދަދު އުއްމީދުކުރި ވަރަށްވުރެ އިތުރު ކަމަށެވެ. އެގޮތުން 150 އަށްވުރެ ގިނަ އިންޓަނޭޝަނަލް އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށް ބެލެވޭ ކަމަށާއިި ރާއްޖޭގެ އޮބްޒާވަރުންނާއި މޮނީޓަރުންގެ ގޮތުގައި ގާތްގަނޑަކަށް 5،000 ފަރާތްތަކުން ހަރަކާތްތެރިވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox