ޒަމީލް ވެސް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅައިފި، ރަނިން މޭޓަކީ އަނބިކަނބަލުން މަރިޔަމް

ޒަމީލް ވެސް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅައިފި، ރަނިން މޭޓަކީ އަނބިކަނބަލުން މަރިޔަމް

ސެޕްޓެމްބަރު 9، ގައި އޮންނަ އިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ހަސަން ޒަމީލާއި އޭނާގެ އަނބިކަބަލުން ފޯމު ހުށަހަޅައިފި އެވެ.

ހަސަން ޒަމީލް (މއ. މާވެޔޮ ވިލާ)ގެ ރަނިން މޭޓަކީ އޭނާގެ އަނބިކަަބަލުން މަރިޔަމް އަލީމް (ގ. ދާސްތާން) އެވެ. އަދި ޒަމީލްގެ އިންތިހާބީ އޭޖެންޓަކީ އޭނާގެ ދަރިކަލުން އަހްމަދު މަހްރާން ޒަމީލެވެ.

ޒަމީލުގެ ފޯމާއި އީސީގެ ފަރާތުން ހަވާލުވެވަޑައިގަތީ ރައީސް ފުއާދު ތައުފީގެވެ. އޭނާ ހުށަހެޅުއްވީ 1,670 ތާއީދު ސޮޔާއެކު އެވެ.

ފޯމު ހަވާލުކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޒަމީލް ވިދާޅުވީ ކޮންމެ ބޭފުޅަކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް، އެދެނީ އެބޭފުޅަކީ ގައުމަށް ރަނގަޅު މަސައްކަތްތަކެއް ކޮށްދެއްވާ ފަރާތަކަށް ވުން ކަމުގަ އެވެ.

"އަޅުގަނޑު މި މަސައްކަތް ފެށީ، ރާއްޖޭގެ ސިޔާސީ މަސްރަހް މިވަތުގު އޮތް ގޮތުން، ޕާޓީ ކޯލިޝަނަކުން އުފައްދާ ސަރުކާރަކުން ޤައުމުގެ ކަންކަން ރަނގަޅު ނުކުރެވޭނެތީ. ވީމާ، ޕާޓީ ކޯލިޝަނަކާ އަޅުގަނޑު ނުގުޅޭނެކަމުގެ ޔަޤީންކަން އަރުވަން," ޒަމީލްގެ ރަސްމީ ކެމްޕޭން ފޭސްބުކް ޕޭޖުގައި ބުނެފައިވެ އެވެ.

އޭނާ މި ސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ ނައިބުގެ މަގާމަށް ރައީސް އައްޔަނު ކުރެއްވީ ފެބްރުއަރީ 20, 2019 ގަ އެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ ޖުލައި 13, 2023 ގަ އެވެ. އޭގެކުރިން އޭނާ ވަނީ ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމާއި އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުކަން ވެސް ކުރައްވާފަ އެވެ. އޭނާ ވަނީ ގާނޫނީ ދާއިރާއިން މާސްޓާސް ފުރިހަމަ ކުރައްވާފަ އެވެ.

ޒަމީލްގެ ރަނިން މޭޓް މަރިޔަމް އަލީމް ވަނީ 21 އަހަރުގެ ދިގު މުއްދަތަކަށް މިނިސްޓްރީ އޮފް އެޓޯލް ޑިވެލޮޕްމެންޓުގައި މަސައްކަތް ކުރައްވާފަ އެވެ. އަދި އޭގެފަހުން 11 އަހަރު ޕީޖީ އޮފީހުގައި ވެސް މަސައްކަތް ކުރައްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox