އަމިއްލަ ގޮތުން ވާދަކުރަން އުމަރުގެ ކެންޑިޑެސީ ފޯމު ހުށަހަޅައިފި

އުމަރުގެ ކެންޑިޑޭންސީ ފޯމު ހުށަހެޅުން -- ފޮޓޯ: އަދަދު

އުމަރުގެ ކެންޑިޑޭންސީ ފޯމު ހުށަހެޅުން -- ފޮޓޯ: އަދަދު

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.

ކެންޑިޑެސީ ފޯމު އީސީގެ ރައީސް ފުއާދު ތައުފީގާއި ހަވާލުކުރެއްވީ އުމަރު އަދި އޭނާގެ ރަނިން މޭޓް މާޒް ސަލީމްގެ އިތުރުން އޭނާއަށް ތާއީދުކުރާ ލީޑަރުންނެވެ.

ފޯމު ހަވާލުކުރުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މަސްތުވާތަކެތި، މީހުން މެރުން އަދި އެހެން ގައުމުތަކުގެ ސިފައިން ރާއްޖޭގައި ތިބުން ފަދަ ގޮންޖެހުންތައް ހައްލުކުރާނެ ކަމަށެވެ. އަދި މުޅިން އާ މިސްރާބަކަށް ދިވެހިރާއްޖެ ގެންގޮސްދޭނެކަމަށެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނު ބުނާ ގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރުމުގެ ބަދަލުގައި އަމިއްލަ ގޮތުން އެ އިންތިހާބަށް ވާދަކުރާނަމަ މަދުވެގެން 1،500 މީހުންގެ ސޮއި ހިމެނޭ ތާއީދު ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން ޖެހެ އެވެ.

އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ތާއީދު ސޮއި ހޯދުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން 2،000 ސޮއި ހަމަކުރެވިފައިވާ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.

ދެހާސް އަށްވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އުމަރު ވާދަކުރެއްވި އެވެ. އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި އުމަރު އިސްވެ އުފެއްދެވި ޕާޓީގެ ޓިކެޓުގައި ވާދަކުރައްވައިގެން އޭރު ލިބިވަޑައިގަތީ 2,472 ވޯޓެވެ. އެއީ ޖުމުލަ ވޯޓުގެ އެންމެ 1.4 ޕަސެންޓެވެ.

ދެހާސްތޭރަ ވަނަ އަހަރު، ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އުމަރު ވާދަކުރެއްވި އެވެ. ޕްރައިމަރީގައި އުމަރަށް 7،000 އެއްހާ ވޯޓު ލިބިވަޑައިގަތް އިރު އެ ޕްރައިމަރީގެ އިތުރުން އެ އަހަރުގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޕްރައިމަރީގައި 13،000 އެއްހާ ވޯޓު ލިބިވަޑައިގަތެވެ.

އެ ދެ ނާކާމިޔާބީއަށް ފަހު 2018 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވާނެ ކަން އުމަރު އިއުލާން ކުރެއްވި އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަން ހުށަހަޅަން ޖެހޭ 1،500 ސޮއި ހަމަކުރި ކަން ވެސް އިއުލާން ކުރުމަށް ފަހު، އެންމެ ފަހު ވަގުތު ނިންމެވީ ވާދަނުކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox