ހުލާސާކޮށް އިއްޔެ: ޔާމީނުގެ ކެންޑިޑެސީ މައްސަލަ

Aug 5, 2023, 1:07 AM
ހުލާސާކޮށް އިއްޔެ: ޔާމީނުގެ ކެންޑިޑެސީ މައްސަލަ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަ ކުރެއްވުމުގެ ޝަރުތު ހަމަ ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުން ނިންމާލައި، ސާފު ކުރަން އިތުރު ކަމެއް ނެތް ނަމަ، ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ރޭ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ކަނޑައެޅުއްވި އެވެ.

އީސީގެ ނިންމުން ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައީސް ޔާމީން މިހާރު ތަންފީޒު ކުރަމުން ގެންދާ 11 އަހަރުގެ ޖަލު ހުކުމް، ޝަރުއީ ދާއިރާގެ ތިން މަރުހަލާއިން ނިންމާފައި ނުވާތީ އެ މަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ހައްގު ލިބިވަޑައިގަންނަވަންޖެހޭ ކަމަށް ގަބޫލުކުރައްވައިގެންނެވެ.

އެ މައްސަލައިގައި ޔާމީންގެ ވަކީލުންނާއި، ޕީޕީއެމްގެ ފަރާތުންނާއި، އިލެކްޝަންސް ކޮމިޝަން އަދި ބަންޑާރަ ނައިބުގެ ފަރާތްޕުޅުން އިއްޔެގެ އަޑުއެހުމުގައި ވާހަކަ ދެއްކެވި އެވެ.

ހަވީރު 4:00 އިން ފެށިގެން ހަތް ގަޑިއިރަށް ވުރެ ދިގުކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ މައްސަލަ ހުށަހެޅުއްވި ފަރާތަށާއި، ރައްދުވާ ފަރާތަށް ހޫނު ސުވާލުތަކެއް ކުރައްވައިފަ އެވެ.

ގާނޫނީ އަސާސީގެ އެ މާއްދާގައި އެ ބުނާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.

މި މާއްދާގެ ބަހުސް އާއި، ޔާމީނު ދައްކަންޖެހޭ ގޮތަށް ކޮށްފައިވާ ފަސް މިލިއަން ރުފިޔާގެ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއްތޯ ނޫންތޯގެ ބަހުސް ވެސް އިއްޔެގެ އަޑުއެހުމުގައި ކުރިއަށް ދިޔަ އެވެ.

މި މައްސަލައިގެ ހުކުމް ކުރާނެ ވަގުތެއް ސުޕްރީމް ކޯޓުން ހާމަ ނުކުރެއްވިޔަސް، ހުކުމް ކުރުން ވަރަށް އަވަހަށް ތާވަލް ކުރާނެ ކަމަށް ބެލެވެ އެވެ. އެއީ މިހާރު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތުން އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ކެންޑިޑެސީ ފޯމް ހުށަހެޅުމުގެ ފަހު ދުވަހަކީ ހޯމަ ދުވަހަށް ވާތީ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ޕީޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަ ކުރެއްވުމަށް ސުޕްރީމް ކޯޓުން ފުރުސަތު ނުދެއްވައިފި ހާލަތެއްގައި، ޕީޕީއެމްއިން ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

ޕްލޭން ބީ އެ އޮތީ ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިފައި. ރައީސް ވެސް ބޭނުންފުޅު ވަނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެން. އެކަމަކު، އެ ޕްރޮސެސް ދާނީ ކޮންމެ ގޮތެއް ވިޔަސް ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެންތާ. ޕްލޭން ސީ މިދިޔައީ އޭގެ ކުރީގައި. ޕްލޭން ސީގަ ވާ ގޮތަކީ ޕީއެންސީގެ ކެންޑިޑޭޓެއް ޕްލޭން ސީގައި މި އޮތީ. އެނގިވަޑައިގަންނަވާނެ ޕީއެންސީއާ ޕީޕީއެމްއާ އެއްކޮށް މި މަސައްކަތް ކުރީ މިހާ ހިސާބަށް އެކަމަކު ކޮންމެ ގޮތެއް ވިޔަސް ޕީއެންސީން ކެންޑިޑޭޓެއް ނެރޭ ހިސާބުން އަޅުގަނޑުމެން ހެދިފައި އޮތް އަންޑަސްޓޭންޑިން އެ ދިޔައީ ޕީޕީއެމްއާ ޕީއެންސީއާ،"

ދުވަހުގެ ފޮޓޯ

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އީސީން ނިންމި ނިންމުން ބާތިލު ކުރަން ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން އިއްޔެ ބޭއްވި އަޑުއެހުމުގައި ޔާމީން ވާހަކަ ދައްކަވަނީ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އީސީން ނިންމި ނިންމުން ބާތިލު ކުރަން ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން އިއްޔެ ބޭއްވި އަޑުއެހުމުގައި ޔާމީން ވާހަކަ ދައްކަވަނީ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އީސީން ނިންމި ނިންމުން ބާތިލު ކުރަން ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން އިއްޔެ ބޭއްވި އަޑުއެހުމުގައި ޔާމީން ވާހަކަ ދައްކަވަނީ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox