އޮންލައިންކޮށް ރީރެޖިސްޓްރީ ވާން ހުޅުވާލި ފުރުސަތު ހަމަވިއިރު، ހުށަހެޅީ 22،882 ފޯމު

އޮންލައިންކޮށް ރީރެޖިސްޓްރީ ވާން ހުޅުވާލި ފުރުސަތު ހަމަވިއިރު، ހުށަހެޅީ 22،882 ފޯމު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމީހެއްގެ ރަށް ނޫން އެހެން ތަނަކަށް އޮންލައިންކޮށް ރެޖިސްޓާ ވުމަށް އިލެެކްޝަންސް ކޮމިޝަން (އީސީ)އިން ހުޅުވާލި ފުރުސަތުގައި 22،882 ފޯމު ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އީސީން މިއަދު ބުނީ ރޭ މެންދަމު 12:00 އާ ހަމައަށް ރީރެޖިސްޓުރޭޝަން ކުރުމުގެ މުއްދަތު ހަމަވިއިރު، ހުށަހަޅާފައިވާ ޖުމުލަ ފޯމުތަކުގެ ތެރެއިން ރެޖިސްޓާ ކޮށްފައި ވަނީ 18،088 ފޯމަ ކަމަށެވެ. އަނެއްބައި ބާތިލުކުރީ ފުރިހަމަ ކުރަންޖެހޭ މައުލޫމާތުތައް ފުރިހަމަ ނުވާ ފޯމުތައް ކަމަށް އެކޮމިޝަނުގެ ނަިއބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި އެވެ.

"ބާތިލު ކުރި ފޯމުތަކުގެ ތެރޭގައި ހިމެނެނީ ކުރިން ރެޖިސްޓާ ކޮށްފައި އޮތް ތަނަށް ރެޖިސްޓާވުމަށް ހުށަހެޅި ފޯމުތަކާއި ފޯމާއެކު ހުށަހަޅާ ފޮޓޯއާއި އައިޑީ ކާޑުގައި އިންނަ ފޮޓޯއާ ދިމާނުވުން ފަދަ މައްސަލަތައް،" ހަބީބް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އަންދާޒާ ކޮށްފައި ވަނީ މިފަހަރުގެ ރިޔާސީ އިންތިހާބަށް ރީރެޖިސްޓަރީ ކުރާ މީހުންގެ އަދަދު 100،000 އަށްވުރެ މައްޗަށް ދާނެ ކަމަށެވެ. ނަމަވެސް ކަރުދާހުން ރީރެޖިސްޓާ ކުރުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހަށް ހަމަވާއިރު އެ އަދަދު އަދި ހުރީ ތިރީސް ހާހުގަ އެވެ.

ރިސޯޓުތަކާއި ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށިތަކުގެ އަދަދު ކަނޑައެޅޭނީ ރީ ރެޖިސްޓްރޭޝަންގެ މުއްދަތު ހަމަވުމުންނެވެ. މިހާތަނަށް ރެޖިސްޓަރީ ކޮށްފައިވާ މީހުންގެ އަދަދަށް ބެލުމަށްފަހު ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސްއިން ވަނީ ނިންމައިފަ އެވެ.

އެހެން ފަހަރުތަކާ ހިލާފަށް ރީ ރެޖިސްޓަރީވާ މީހުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން މިފަހަރު އާންމު ކުރާނެ އެވެ. އެއީ ވީހާވެސް އިންސާފުވެރިކޮށް ދެފުށް ފެންނަ ގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް އެ ކޮމިޝަނުން މީގެ ކުރިން ބުނެފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު، 9 ގަ އެވެ. ދެވަނަ ބުރަކަށް ގޮސްފި ނަމަ އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައި ވަނީ ސެޕްޓެމްބަރު، 30 އެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 282،395 މީހުންނަށެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި ހަ ސަތޭކައަށް ވުރެ ގިނަ ވޯޓުފޮށި ބަހައްޓަން ޖެހޭނެކަމަށް އިލެކްޝަންސްއިން ލަފާ ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox